ފިލި މީހާގެ މާބޮޑު އިހުމާލެއް އޮތް ކަމަށް ޔަޒްދާންގެ އާއިލާއިން ނުދެކޭ: ވަކީލް

އިސްމާއިލް ޔަޒްދާން: ފިލި ކަމަށް ތުހުމަތުވާ މީހާގެ މާބޮޑު އިހުމާލެއް އޮތް ކަމަށް އާއިލާއިން ނުދެކޭ ކަމަށް ވަކީލު ބުނި.

އިސްމާއިލް ޔަޒްދާން: ފިލި ކަމަށް ތުހުމަތުވާ މީހާގެ މާބޮޑު އިހުމާލެއް އޮތް ކަމަށް އާއިލާއިން ނުދެކޭ ކަމަށް ވަކީލު ބުނި.

ސައިކަލަކުން ވެއްޓި ގާޑިޔަލެއްގެ މުއްގަނޑުގައި ޖެހި އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ މަރުވި އެކްސިޑެންޓުން ފިލި ކަމުގެ ތުހުމަތުވާ މީހާގެ މާބޮޑު އިހުމާލެއް އޮތް ކަމަށް އާއިލާއިން ގަބޫލު ނުކުރާ ކަމަށް ކޯޓުގައި ބުނެފި އެވެ.

ކާފިއު ގަޑީގައި ބާރުސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލް އެކްސިޑެންޓްވުމަށްފަހު ވެސް ޔަޒްދާން ކޮޅަށް ތެދުވެ، ހިނގައިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވެ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން ޔަޒްދާން ހިނގައިގަތްތަނާ އެކު ވެއްޓުނެވެ. އޭރު އޭނާގެ ކަރުން ވަރަށް ގިނަ ލޭ ފައިބަމުން ދިޔަ އެވެ.

އެ ތަނުން އޭޑީކޭ ހޮސްޕިޓަލަށް ޔަޒްދާން ގެންދިޔައީ ވަނީ މަރުވެފަ އެވެ.

Advertisement

އެކްސިޑެންޓް ހިނގިތާ ދެ ދުވަސް ފަހުން ފުލުހުން ހައްޔަރުކޮށްފައިވަނީ ސައިކަލް ދުއްވަން އިން އަހުމަދު އާތިފް އަބްދުﷲ އެވެ. އޭނާގެ މައްޗަށް މަރުގެ ތުހުމަތު ފުލުހުން އުފުލާފައިވާއިރު، އެ ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

މައްސަލާގައި އެންމެ ފަހުން ބޭއްވި ބަންދު މަޖިލިސްގައި ނެރެފައިވާ ކޯޓު އަމުރުގައިވާ ގޮތުން، އާތިފްގެ ވަކީލް ވިދާޅުވެފައިވަނީ ޔަޒްދާންގެ އާއިލާއިން އޭނާ މަރުވުމުގައި އާތިފްގެ މާބޮޑު އިހުމާލެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. މައްސަލާގެ އިންވެސްޓިގޭޝަން އޮފިސަރު ވެސް ވިދާޅުވި ގޮތުގައި އާތިފް ވަނީ ޔަޒްދާންގެ އާއިލާ ކިބައިން މާފަށް އެދިފަ އެވެ.

ވަކީލް ދެން ފާހަގަ ކުރައްވާފައިވަނީ އާތިފްގެ ތިން މަހުގެ ދަރިފުޅެއް އޮންނަ ކަމެވެ. އެހެންކަމުން އޭނާ ބަންދުގައި ބެހެއްޓުމަކީ އެ ކުއްޖާއަށް އޭގެ ގެއްލުންވާނެ ކަމެއްގެ ގޮތުގަ އެވެ. މީގެކުރިން ބޭއްވި ބަންދު މަޖިލީހުގައި އާތިފް ވެސް އެކަން ފާހަގަކޮށްފައިވެ އެވެ. އެކްސިޑެންޓް ހިނގި ސަރަހައްދުން ދާން ޖެހުނު ސަބަބެއްގެ ގޮތުގައި ވެސް ދެއްކީ ތިން މަހުގެ ދަރިފުޅެވެ.

ބަންދުގެ މަޖިލީހުގައި އޭނާ ބުނިގޮތުގައި، އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް ބަންދުގައި ހުންނަން ޖެހިއްޖެ ނަމަ ތިން މަހުގެ ދަރިއަށް އަޅާލާނެ މީހަކު ނުހުންނާނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަންދު މަޖިލީހުގައި މައްސަލާގެ އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި ގޮތުގައި، އާތިފް ސައިކަލް ދުއްވާފައިދިޔައީ ބާރު ސްޕީޑް ކަމަށެވެ. އެކަން އެނގޭނެ ސީސީޓީވީ ފުޓޭޖްތައް ވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، އެ ވީޑިއޯތައް އެނަލައިޒްކޮށް އަދި ނުނިމޭކަން ފާހަގަ ކުރެއްވި އެވެ.

ވަކީލާއި އައިއޯގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ގާޒީ އާދަމް މުހައްމަދު ނިންމެވީ އާތިފްގެ ބަންދަށް އިތުރު 15 ދުވަސް ޖެހުމަށެވެ. މީގެކުރިން އޭނާ ހުރީ 10 ދުވަހުގެ ބަންދެއްގަ އެވެ.

ބަންދަށް 15 ދުވަސް ޖަހަން ގާޒީ ނިންމެވީ، އާތިފްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވުމާއި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox