އީސައަށް ހުކުމެއް އައުން އިންސާފެއް ނޫން، މައްސަލަ ހުށަހެޅީ ޖަޒުބާތުގައި: އަސްރާ

އަސްރާ ވަނީ އީސަގެ މައްޗަށް ދައުވާކުރިއަށް ނުގެންދަން ޕީޖީ އޮފީހުގައި އެދިވަޑައިގެންފައި.

އަސްރާ ވަނީ އީސަގެ މައްޗަށް ދައުވާކުރިއަށް ނުގެންދަން ޕީޖީ އޮފީހުގައި އެދިވަޑައިގެންފައި.

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސައާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހަޅައި ބަޔާން ދިނީ ޖެހުނު މައްސަލައެއްގެ ރުޅި އާއި ޖަޒުބާތުގައި ކަމަށް ވިދާޅުވެ ދައުވާ ކުރިއަށް ނުގެންދަން އަނބިކަނބަލުން އަސްރާ ނަސީމް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިވަޑައިގެންފި އެވެ.

އަސްރާގެ ސިޓީއެއް ލިބިފައިވާކަން ޕީޖީ އޮފީހުގެ އޮފިޝަލަކު މިއަދު ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް ތަފްސީލެއް ނުދެއްވަ އެވެ. މީގެ ކުރިން އަސްރާ ވަނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ނުގެންދަން ފުލުސް އޮފީހުގައި ވެސް އެދިވަޑައިގެންފަ އެވެ.

އަސްރާއަށް އީސަ އަނިޔާކުރި ކަމަށް ތުހުމަތުކުރި މައްސަލަ ޕީޖީން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައި އަންނަ ހޯމަ ދުވަހު ޝަރީއަތް ކުރިއަށް ގެންދަން އޮތީ ޝެޑިއުލްކޮށްފަ އެވެ.

ޕީީޖީ އޮފީހުގައި އަސްރާ އެދިވަޑައިގަތީ, އެނގިފައިވާ ގޮތުގައި, މައްސަލަ ކޯޓުގައި ކުރިއަށް ނުގެންގޮސް ނިންމާލުމަށެވެ. ސަބަބަކީ އެ މައްސަލައިގައި އީސަގެ މައްޗަށް ޝަރީއަތުން ހުކުމެއް އައުން އިންސާފުވެރި ނޫން ކަމަށް ވިދާޅުވެ އެވެ.

އެނގިފައިވާ ގޮތުގައި ސިޓީގައި އަސްރާ ވިދާޅުވީ މައްސަލަ ޕޮލިހަށް ހުށަހެޅީ އުފެދުނު ދެބަސްވުމެއްގައި ކަމަށެވެ. މިކަމުގައި ފުލުސް އޮފީހަށް ގޮސް ބަޔާން ދިނީ ޖަޒުބާތުގައި ކަމަށް ވެސް އަސްރާ ވަނީ ޕީޖީ އޮފީހުގައި ވިދާޅުވެފަ އެވެ.

އަސްރާ ވިދާޅުވީ މައްސަލައިގައި ކަން ވީ ގޮތް އެންމެ ފަހުން ފުލުސް އޮފީހަށް ދިން ބަޔާނުގައި ކިޔައިދީފައިވާނެ ކަމަށާއި ދިމާވި މައްސަލަ ދެމަފިރިންނަށް ވާހަކަ ދައްކައިގެން ހައްލުކުރެވޭނެ އެވެ. އަދި މިކަމުގައި އިސްކުރަން ބޭނުންވަނީ ދަރިފުޅުގެ މަސްލަހަތު ކަމަށް ވެސް ވިދާޅުވި އެވެ.

ގެވެށި އަނިޔާގެ ތުހުމަތުކޮށް، ފަހުން އީސަގެ ދިފާއުގައި ތެދުވެވަޑައިގެން މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ބޭނުންވާއިރު، އަނިޔާއާ ގުޅިގެން ފޭސްބުކްގައި ކުރިން ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހާދިސާ އިން އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ކަމަށެވެ. އަދި އެއީ، ދުވަހަކު ވެސް ކުރިމަތިވެދާނެ ކަަމަށް ހީކުރެއްވި ތަޖުރިބާތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް އިންކާރު ކުރައްވައި އީސަ ވިދާޅުވެފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. މި މައްސަލައިގައި ފާޑުކިއުން އަމާޒުވެ ޕްރެޝާ ބޮޑުވުމުން އޭނާ ވަނީ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. އެއީ، އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.

އީސަގެ މައްޗަށް އުފުލާފައިވާ ކުށުގެ އަދަބަކީ، ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ. ޖޫރިމަނާގެ އަދަބު ކަނޑައަޅާ ނަަމަ، އަދަބަކީ 24،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

މި މައްސަލަ ސާބިތުވި ނަމަވެސް އީސަގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެއީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން، މެމްބަރެއްގެ ގޮނޑި ގެއްލޭނީ އެ މީހެއްގެ މައްޗަށް 12 މަހަށް ވުރެން ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox