ގިނަ ފީޗާތަކަކާއެކު ބީއެމްއެލްގެ އާ އެޕް ތަފާތު! ހޮނިހިރު ދުވަހު ލޯންޗުކުރަނީ

ގިނަ ފީޗާތަކަކާއެކު ބީއެމްއެލްގެ އާ އެޕް ތަފާތު! ހޮނިހިރު ދުވަހު ލޯންޗުކުރަނީ

ބީއެމްއެލް މޮބައިލް ބޭންކިންގެ އެޕަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން އާ ހިދުމަތްތަކާއެކު އަންނަ ހޮނިހިރު ދުވަހު ތައާރަފުކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތައްޔާރުވެއްޖެ އެވެ.

ބީއެމްއެލްގެ އާ މޮބައިލް ބޭންކިން އެޕަކީ ބޭންކުގެ މައިގަނޑު ހުރިހާ ހިދުމަތެއް ކަސްޓަމަރުންނަށް ލިބޭ ގޮތަށްފަރުމާކޮށްފައިވާ އެޕެކެވެ.

މި އެޕްގެ ބީޓާ ވާޝަން ބަލާލުމުގެ ފުރުސަތު "އަދަދު"ގެ ނޫސްވެރިންނަށް ލިބުނެވެ؛

އާ އެޕުގައި ބޭންކުގެ ކަސްޓަމަރުން އާންމުކޮށް ޝަކުވާކުރާ ހުރިހާ ކަމަކަށް ހައްލު ލިބޭ ފީޗާތަކާއި ހިދުމަތްތައް އެބަ ހުއްޓެވެ. އަދި، މީގެ ކުރިން މޮބައިލް ބޭންކިން އެޕުން ކަސްޓަމަރުންނަށް ނުކުރެވޭ ގިނަ ކަންތައްތަކެއް އާ އެޕް މެދުވެރިކޮށް ކުރެވެ އެވެ.

ބީއެމްއެލް މޮބައިލް ބޭންކިން އެޕްގެ އަޕްގްރޭޑްގައި ހިމެނޭ ބައެއް ފީޗާތަކުގެ ތެރޭގައި ކޮންމެހެން އެކައުންޓް ނަމްބަރު ސޭވް ނުކޮށް އެޕްގެ މެދުވެރިކޮށް ފައިސާ ފޮނުވާ ކުއިކް ޕޭ ފީޗާ އަދި ފަސޭހައިން ރިސިޓްތައް ރައްކާކުރެވޭ ފީޗާ ހިމެނެ އެވެ.

އޭގެ އިތުރުން ކުރިން އިންޓަނެޓް ބޭންކިންއިން އެކަނި ލިބޭ ގިނަ ހިދުމަތްތަކެއް ސީދާ އެޕުން ލިބޭނެ އެވެ.

މިފަހަރުގެ އެޕްގެ އެންމެ ހާއްސަ އެއް ފީޗާއަކީ ޕާސަނަލް އެކައުންޓާއި، ޖޮއިންޓް އެކައުންޓާއި ވިޔަފާރީގެ ބިޒްނަސް ޕްރޮފައިލްތައް އެޕާ ގުޅާލެވޭތީ އެވެ. އެޕުގެ ތެރެއިން ހުރިހާ އެކައުންޓްތަކެއްގެ މުއާމަލާތްތައް ބީއެމްއެލްގެ ކަސްޓަމަރުންނަށް ކުރެވޭނެ އެވެ.

އަދި، މޮބައިލް ބޭންކިން އެޕުން ކްރެޑިޓް ކާޑް އަދި ޑެބިޓް ކާޑްގެ ހާއްސަ ހިދުމަތްތައް ވެސް ލިބެ އެވެ. އޭގެ ތެރޭގައި ޕިން ބަދަލުކުރުމުން ފެށިގެން ގޮސް ޓެމްޕަރަރީ ކާޑް ސަސްޕެންޝަން އަދި ދާއިމީކޮށް ކާޑު ކެންސަލް ކުރުން ހިމެނެ އެވެ.

ބީއެމްއެލްއިން އަންނަނީ އެ ބޭންކުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން އެޕްގެ ޓީޒާތައް ދޫކުރަމުންނެވެ.

މިއީ ބީއެމްއެލްގެ ހިދުމަތްތައް ޒަމާނީ ޓެކްނޮލޮޖީތަކުން އެ ބޭންކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް އެ ބޭންކުން ކުރި މަސައްކަތެކެވެ. އަދި، ބޭންކުގެ އެންމެ ބޮޑު އަމާޒަކީ ހިދުމަތްތައް ޑިޖިޓަލްކޮށް، ލުއިފަސޭހަ ކަމާއެކު ހިދުމަތް ދިނުމަށާއި ކަސްޓަމަރުން ކޮންމެތާކު ހުރެގެން ވެސް ބޭންކިން ހިދުމަތް ހޯދެނޭ ގޮތް މަގުފަހިކޮށް ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox