ބޭލް ބޭނުމީ އެއް ހަރުފަތް މައްޗަށް ޖައްސާލަން

Jun 12, 2021, 4:54 AM
ޭވޭލްސްގެ މެޗެއްގެ ތެރެއިން ބޭލް.-- ފޮޓޯ: އޭއެފްޕީ

ޭވޭލްސްގެ މެޗެއްގެ ތެރެއިން ބޭލް.-- ފޮޓޯ: އޭއެފްޕީ

ބަކޫ، އަޒަރުބައިޖާން (ޖޫން 12) - މީގެ ހަތަރު އަހަރު ކުރިން ޔޫރޯގައި ފުރަތަމަ ފަހަރަށް ކުޅެ ހޯދި ކާމިޔާބީ އަށް ވުރެ ރަނގަޅު ކަންތައްތަކެއް މި ފަހަރު ހާސިލްކުރަން ބޭނުންވާ ކަމަށް ވޭލްސްގެ ކެޕްޓަން ގެރެތު ބޭލް ބުނެފި އެވެ.

ހަތަރު ފަަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައިވާ ބޭލް އަކީ މި ފަހަރު ވޭލްސްގެ ކެޕްޓަން އެވެ. މީގެ ހަތަރު އަހަރު ކުރިން ބޭލްގެ ގޯލުތަކާ އެކު ވޭލްސް ވަނީ ޔޫރޯގެ ސެމީން ފުރުސަތު ހޯދައިފަ އެވެ. ސެމީގައި ބަލިވީ މުބާރާުތުގެ ޗެމްޕިއަންކަން ހޯދި ޕޯޗުގަލް އަތުންނެވެ.

"ގައުމީ ޓީމުގެ ކެޕްޓަންކަން ކުރެވުމަކީ ވަރަށް ބޮޑު ފަހުރެއް. މިކަން ވާނެ އަހަރެންގެ ކެރިއަރުގެ ވެސް އުސްއައްޔަކަށް. ބޭނުންވަނީ އެންމެ ފަހުން މުބާރާތަށް ވުރެ އެއް ހަރުފަތް މައްޗަށް ޖައްސާލަން،" މި ފަހަރުގެ ޔޫރޯގައި ވޭލްސް ކުޅޭ ފުރަތަމަ މެޗުގައި މިއަދު ސްވިޒަލެންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭލް ބުންޏެވެ.

ވޭލްސް އެންމެ ފަހުން ކުޅުނު 11 މެޗުގައި ބޭލް އަށް ގޯލެއް ޖެހިފައިނުވި ނަމަވެސް އޭނާ އަކީ އެ ގައުމުގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 92 މެޗުން 33 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން ތިން ގޯލަކީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖު ތިން މެޗުގައި ޖެހި ގޯލުތަކެވެ.

"ޓީމަށް އެހީވެދޭން ކުރެވޭ ކޮންމެ ކަމެއް ކުރަން މި ހުރީ ތައްޔާރަށް،" ބޭލް ބުންޏެވެ.

ވޭލްސް އަކީ 1992 ވަނަ އަހަރު ސްވިޑަން އަށް ފަހު ފުރަތަމަ މުބާރާތުގައި ވާދަކޮށް ސެމީން ފުރުސަތު ހޯދި ފުރަތަމަ ޓީމެވެ. ބޭލް ވަނީ ސްވިޒަލެންޑާ ދެކޮޅަށް އެންމެ ފަހުން ވޭލްސް ކުޅުނު ދެ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ.

ވޭލްސް - ސްވިޒަލެންޑް: ކޯޗުންގެ ބަސް

މިއަދުގެ މެޗަކީ ބައިނަލްއަގުވާމީ މުބާރާތެއްގައި ވޭލްސް އާއި ސްވިޒަލެންޑްގެ ފުރަތަަމަ ކުރިމަތިލުމެވެ. މީގެ ކުރިން އެކުވެރިކަމުގެ ހަތް މެޗު ކުޅެފައިވާއިރު، ސްވިޒަލެންޑް ފަސް މެޗުން މޮޅުވި އެވެ. ވޭލްސް މޮޅުވީ ދެ މެޗުންނެވެ. އޭގެ ތެރޭގައި އެންމެ ފަހުން 2011 ވަަނަ އަހަރު މި ދެ ޓީމު ކުޅުނު މެޗު ހިމެނެ އެެވެ.

ވޭލްސްގެ ކޯޗުގެ ޒިންމާ މި މުބާރާތުގައި ވެސް އަދާކުރާނީ ކުރިން އެ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި އަދި ޒުވާން ޓީމުގެ ކޯޗު ރޮބާޓް ޕޭޖް އެވެ. އޭނާ އެ ޓީމާ ހަވާލުވާން ޖެހުނީ ގެވެށި އަނިޔާގެ މައްސަލައެއްގައި ވޭލްސްގެ ކޯޗު ރަޔާން ގިގްސް ހައްޔަރުކޮށް އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމުންނެވެ.

ފުރަތަމަ މެޗަށް ނުކުންނައިރު ޕޭޖަށް އޮތް ހިތްހަމަ ޖެހުމަކީ އަނިޔާގެ އެއްވެސް މައްސަލައެއް ނެތުމެވެ.

"މީގެ އެންމެ ބޮޑު ކްރެޑިޓެއް ދެން މެޑިކަލް ޓީމަށް. އުނދަގޫ ސީޒަނަކަށް ފަހު މުބާރާތެއްގެ ފުރަތަމަ މެޗަށް ހުރިހާ ކުޅުންތެރިން ފިޓްކޮށް ބަހައްޓައިދިނީމަ. ސްވިޒަލެންޑާ ދެކޮޅަށް ނެރޭނެ ފުރަތަމަ އެގާރަ އަހަރެން ވަރަށް ކުރިން ނިންމައިފިން. ސްވިޒަލެންޑަކީ މުބާރާތްތަކުގައި ނަތީޖާ ނެރެފައިވާ ޓީމެއްކަން ގަބޫލުކުރަން ޖެހޭ،" ޕޭޖް ބުންޏެވެ.

ސްވިޒަލެންޑްގެ ކޯޗު ޕެޓްކޮވިޗް: ވޭލްސްއާ މެދު ސަމާލުވާން ޖެހޭ ކަމަށް ވަނީ ބުނެފައި.

ޔޫރޯގެ ތާރީހުގައި ސްވިޒަލެންޑަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2016 ވަނަ އަހަރުގެ މުބާރާތުގަ އެވެ. އެ ޓީމުގެ ކޯޗުކަމާ 2014 ވަނަ އަހަރު ހަވާލުވި ވްލަޑިމީރް ޕެޓްކޮވިޗަކީ ޖެހިޖެހިގެން ބޮޑު ތިން މުބާރާތުގައި ސްވިޒަލެންޑަށް ކޯޗުކޮށްދޭ ދެ ވަަނަ ކޯޗެވެ. އެއީ 2016 ގެ ޔޫރޯ އާއި 2018ގެ ވޯލްޑް ކަޕާއި މި ފަހަރުގެ ޔޫރޯ އެވެ.

"ފުރަތަމަ މެޗަށް ނުކުންނައިރު ހާލަތެއް އިދިކޮޅު ޓީމާ މެދު ބުނާނެ އެއްޗެއް އެހާ ރަނގަޅަކަށް ނޭނގޭނެ. އެއީ ފުރަަތަަމަ މެޗަކީ މުބާރާތުގެ ޕްރެޝަރު ތެރެއަށް ނުކުންނަ މެޗު. އެހެންވެ ދެ ޓީމަށް ވެސް ޕްރެޝަރު އޮންނާނެ. އަހަރެން ބެލި ބެލުމުގައި 2016 ވަަނަ އަހަރު ވޭލްސް ދެއްކި ކުޅުމަށް ބަލާއިރު މި ފަަހަރު ވެސް ޓީމު ފަސޭހައެއްނުވާނެ. ރަނގަޅު ސްކޮޑެއް އެބައޮތް،" ޕެޓްކޮވިޗް ބުންޏެވެ.

"އަނެއްކޮޅުން އެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ކްލަބް ލެވަލްގައި ވަރުގަދަ މެޗުތަކެއް ކުޅޭނެ ކުޅުންތެރިން،"

ވޭލްސް އަށް ބޭލްގެ އިތުރުން 2016 ވަނަ އަހަރުގެ މުބާރާތުގައި ތަފާތު ދެއްކި ކުޅުންތެރިއަކީ އާރޮން ރަމްސޭ އެވެ. އޭނާ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ސްވިޒަލެންޑްގެ ފޯވާޑް ޒެރްޑަން ޝަގީރީގެ ވިދުން ގަދަ އެވެ. އެ ގޮތުން 2014 ގެ ފަހުން ބޮޑެތި މުބާރާތްތަކުގައި ސްވިޒަލެންޑްގެ 47 ޕަސެންޓް އެޓޭކްތަކުގައި (ގޯލާއި އެސިސްޓްގައި) ޝަގީރީގެ ހިއްސާ އެބައޮތެވެ.

ސްވިޒަލެންޑާއި ވޭލްސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 18:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox