ސްވިޒަލެންޑް

ސްވިޒަލެންޑް

މީގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހަތަރު ފަހަރެއްގެ މަތިން ސްވިޒަލެންޑް ވަނީ ވާދަކޮށްފަ އެވެ. އެ ޓީމުން އެންމެ ފުރަތަމަ ޔޫރޯގައި ވާދަކުރީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން 2000 ވަނަ އަހަރުގެ ޔޫރޯ އާއި 2012 ވަަނަ އަހަރުގެ ޔޫރޯ ނޫން ދެން ހުރިހާ މުބާރާތަކުން އެ ޓީމު ވަނީ ފެނިފަ އެވެ. މި ފަހަރުގެ ޔޫރޯ އަށް ސްވިޒަލެންޑް ކޮލިފައިވެފައިވަނީ ގްރޫޕްގެ އެއް ވަަނަ ޓީމުގެ ގޮތުގައި ޑެންމާކާއި އަޔަލެންޑް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ކޮލިފައިންގައި ޖުމްލަ އަށް މެޗު ސްވިޒަލެންޑުން ކުޅުނުއިރު، އެ ޓިމު ބަލިވީ އެއް މެޗުންނެވެ. އެއީ ރަށުންބޭރުގައި ޑެންމާކް އަތުން އެކަންޏެވެ..

ޔޫރޯ އެއްގައި މިހާތަނަށް ސްވިޒަލެންޑްގެ އެންމެ ރެކޯޑް ރަނގަޅު ފަހަރަކީ 2016 ވަނަ އަހަރު ފްރާންސްގައި ކުރިއަށްދިޔަ މުބާރާތުގަ އެވެ. އެ ފަހަރު ދެ ވަނަ ބުރުން ފުރުސަތު ހޯދި ސްވިޒަލެންޑް ކެޓީ ޕެނަލްޓީ ޖަހައިގެން ޕޮލެންޑް އަތުންނެވެ. އެކާވީސް ވަނަ ގަރުނު ފެށުނު ފަހުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ސްވިޒަލެންޑްގެ ގްރޫޕް ސްޓޭޖުތަކުގެ ނަތީޖާ ރަނގަޅެވެ. އެކަމަކު ނޮކައުޓް ބުރުގައި އެ ޓީމަށް ދިމާވާ މައްސަލަ ގިނަ އެވެ

ސްވިޒަލެންޑްގެ ސްކޮޑަށް ބަލާއިރު އެ ޓީމުގައި ތަރިން ގިނަ އެވެ. އާސެނަލްގެ ގްރޭނިޓް ޝާކާ، ލިވަޕޫލްގެ ޒެރްޑަން ޝަގީރީ، ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ބްރީލް އެމްބޯލޯ ފަދަ ކުޅުންތެރިންނަކީ ކޮންމެ ޓީމެއް ކޮޅަށް ވެސް ނަތީޖާ އަނބުރާލެވޭ ފަދަ ކުޅުންތެރިންނެވެ. ގައުމީ ޓީމާއި ކްލަބް ލެވަލްގައި އެ ކުޅުންތެރިން ވަނީ އެކަން ސާބިތުކޮށްދީފަ އެވެ. އެހެންކަމުން ވަކިވަކި ކުޅުންތެރިންގެ ފެންވަރަށް ބަލާއިރު ސްވިޒަލެންޑް އާދައިގެ ގޮތަކަށް ނެގޭނެ ކަމަށް ނުބެލެވެ އެވެ.

ކޯޗު: ވްލަޑިމީރް ޕެޓްކޮވިޗް

ސްވިޒަލެންޑަށް އުފަން ވްލަޑިމީރް ޕެޓްކޮވިޗްގެ ކޯޗުކަމުގައި އެ ޓީމުން ވަނީ ކޮންމެ މުބާރާތެއް ފަށައިގެން ވެސް ތަފާތު ހިތްވަރެއް ދައްކައިފަ އެވެ. ޕެޓްކޮވިޗް ސްވިޒަލެންޑާ ހަވާލުވި ފަހުން އެޓީމުން ކުޅުނު ބައިނަލްއަގުވާމީ ހަތަރު މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ އެވެ. އެއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގެވެ. އެކަަމަކު އެ ހަތަރު މުބާރާތުގެ ނޮކައުޓް ބުރުން އެއްވެސް މޮޅެއް ނުލިބި އެނބުރި ގައުމަށް ދާން ޖެހުނީ އެވެ.

ސްކޮޑު

ކީޕަރުން: ޔެން ސޮމާ (ބޮރޫޝިއާ މުންޗެންގްލަޑްބެކް)، ޔްވޯން މްވޯގޯ (ޕީއެސްވީ)، ޖޮނަސް އޮމްލިން (މޮންޓެޕިއޭ)

ޑިފެންޑަރުން: މެނުއަލް އަކަންޖީ (ބޮރޫޝިއާ ޑޯޓްމަންޑް)، ލޮރިސް ބެނިޓޯ (ބޯޑޯ)، އީރޭ ކޮމާޓް (ބަސެލް)، ނިކޯ އެލްވޭޑީ (ބޮރޫޝިއާ މުންޗެންގްލަޑްބެކް)، ޖޯޑަން ލޮޓޮމްބާ (ނީސް)، ކެވިން އެމްބާބޫ (ވުލްފްސްބާގް)، ބެޝީރް އޮމެރަޖިޗް (ޒިއުރިކް)، ރިކާޑޯ ރޮޑްރިގޭޒް (ޓޮރީނޯ) ފަބިއަން ޝެއާ (ނިއުކާސަލް ޔުނައިޓެޑް) ، ސިލްވަން ވިޑްމާ (ބަސެލް)

މިޑްފީލްޑަރުން: ކްރިސްޓިއަން ފަޝްނަޓް (ޔަންގް ބޯއީސް)، އެޑްމިލްސަން ފެނާންޑޭސް (މައިންޒް)، ރެމޯ ފްރެއުލާ (އެޓަލަންޓާ)، އަދްމީރް މެހްމެދީ (ވުލްފްސްބާގް)، ޒެރްޑަން ޝަގީރީ (ލިވަޕޫލް)، ޖިބްރީލް ސޯ (ފްރޭންކްފާޓް)، ރުބެން ވާގާސް (އޮއުގްސްބާގް)، ގްރޭނިޓް ޝާކާ (އާސެނަލް)، ދެނިސް ޒަކަރިއްޔާ (ބޮރޫޝިއާ މުންޗެންގްލަޑްބެކް)، ސްޓީވެން ޒޫބާ (ފްރެންކްފާޓް)

ފޯވާޑުން: ބްރީލް އެމްބޯލޯ (ބޮރޫޝިއާ މުންޗެންގްލަޑްބެކް)، މާރިއޯ ގަވްރާނޮވިޗް (ޑިނަމޯ ޒަގްރެބް)، ހަރިސް ސެފެރޯވިޗް (ބެންފީކާ)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox