ބޮމުގެ ހަމަލާގައި އަނިޔާވުމުން ރަށަށް ބަދަލު ނުވެވުނު އާދަމަށް އެންސްޕާގެ އެހީ

ބޮމުގެ ހަމަލާގައި ފަޔަށް ލިބުނު އަނިޔާ "އަދަދު"ގެ ނޫސްވެރިންނަށް ދައްކަނީ: އޭނާ ރަށަށް ބަދަލުވާނެ އިންތިޒާމް ދައުލަތުން ވަނީ ހަމަޖައްސައިދީފައި. -- ފޮޓޯ/ އަދަދު

ބޮމުގެ ހަމަލާގައި ފަޔަށް ލިބުނު އަނިޔާ "އަދަދު"ގެ ނޫސްވެރިންނަށް ދައްކަނީ: އޭނާ ރަށަށް ބަދަލުވާނެ އިންތިޒާމް ދައުލަތުން ވަނީ ހަމަޖައްސައިދީފައި. -- ފޮޓޯ/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހަރާކޮށްލަން މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ޒަހަމްވެ ފަރުވާއަށް މާލޭގައި މަޑުކުރަން ޖެހުމުން ދިރިއުޅުން ދަތިވި އާދަމް އުމަރު، 41، ރަށަށް ބަދަލުވާން ދައުލަތުން ފައިސާގެ އެހީ ހަމަޖައްސައިދީފި އެވެ.

އެ ހަމަލާގެ މެދަށް އޭނާއަށް ވަދެވި ޒަހަމްވީ މާލެ ދޫކޮށް އަންހެނުންގެ ރަށް، ހދ. ވައިކަރަދުއަށް ބަދަލުވުމުގެ ތައްޔާރީތަކުގައި އުޅެނިކޮށެވެ. މާލެ ދޫކޮށްލަން އޭނާ އޭރު ނިންމައި އެރޭ ވެސް ބޯޓަށް ބައެއް ސާމާނު އެރުވީ ލިބޭ އާމްދަނީން މާލޭގައި ދިރިއުޅުން ދެކޮޅުނުޖެއްސޭތީ އެވެ.

ހަމަލާގައި އޭނާގެ ފަޔަށް ސީރިއަސް ޒަހަމްތަކެއް ލިބި އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އެ އޮޕަރޭޝަނަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުން ދިރިއުޅެމުން އައީ އާއިލާގެ ބައެއްގެ ގާތުގަ އެވެ.

އާދަމް އަށް ރަށަށް ބަދަލު ނުވެވި މާލޭގައި ތާށިވީ އަތުގައި ފައިސާއެއް ނެތުމުން ކަމަށާއި ދައުލަތުގެ އެހީއަށް އެދިގެން ހަމަނުޖެހުނު ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރި އެވެ.

ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ "އަދަދު"އަށް މިރޭ ވިދާޅުވީ އާދަމް އެހީއަކަށް އެދިފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ. މާލޭގައި އުޅެން ދަތިވެގެން ރަށަށް ބަދަލުވާން އެދިފައި އޮތުމުން އޮންނަ އުސޫލުން ފުރަތަމަ އެސެސްމަންޓެއް ހެދި ކަމަށާއި އޭގެއިން، ހަމަލާގެ ކުރިން ވެސް އުޅެމުން އައީ ދަތި އުނދަގޫ ދިރިއުޅުމެއް ކަން އެނގެން އޮތް ކަމަށް ވިދާޅުވި އެވެ.

އެ އެސެސްމަންޓް، ދައުލަތުން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އެހީވާ އެންސްޕާއަށް މިނިސްޓްރީން ފޮނުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެތަނުން ބަލަން ޖެހޭ ކަންކަން ބަލައި މިހާރު އެހީ ހަމަޖައްސައިދީފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ވިދާޅުވި އެވެ.

"އޭނާ އަށް އެހީގެ ފައިސާ ހަމަޖައްސައިދީފައި ވަނީ. މިފަދަ ހާލަތްތަކުގައި ވެދެވެން އޮތް އެހީތެރިކަމެއް ދައުލަތުން ފޯރުކޮށްދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިރިއުޅެން ދަތިވެ ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް މިދިޔަ ޖެނުއަރީމަހުގެ ތެރޭގައި ވަނީ "އަހުލު" ޕްރޮގްރާމް ވެސް ފަށައިފަ އެވެ. މިއީ، ކޮވިޑް-19ގެ ހާލަތާ ހެދި މާލޭގައި ދިރިއުޅެވެން ނެތިގެން ރަށަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ރަށުގައި ދިރިއުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ފަށާފައިވާ ޕްރޮގްރާމެކެވެ. ގާތްގަނޑަކަށް 26 މިލިއަން ހޭދަވާނެ ކަމަށް ބެލެވޭ މި ޕްރޮގްރާމްގައި އަމާޒަކީ ރަށަށް ބަދަލުވުމުގައި މަދުވެގެން 500 އާއިލާ އަށް އެހީވުމެވެ.

މި ޕްރޮގްރާމްގައި ދިގު މުއްދަތަކަށް ބަހާލައިގެން ދެއްކޭ ގޮތަށް ލޯނެއް ދޫކުރެ އެވެ. އެންމެ މަތިން ހަމަޖައްސައިދެނީ 20،000ރ. އެވެ. މީގެ އިތުރުން ދިރިއުޅުން ހަމަޖެހެންދެން ކޮންމެ މަހަކު މާލީ އެހީ ދިނުމާއި އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދެ އެވެ.

މިނިސްޓަރު އައިޝާ ވިދާޅުވީ އާދަމް ރަށަށް ބަދަލުވެ ދިރިއުޅެން ހަމަޖައްސަން ބޭނުންވާ އެހީތަކަށް މި ޕްރޮގްރާމްގައި މިއަދު ރަޖިސްޓްރީ ވެސް ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެވުނު އެހީއެއް ވެދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން އާދަމް "އަދަދު"އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މާލޭގައި އޭނާގެ ދިރިއުޅުން ވަރަށް ހިތްދަތި ކަމަށެވެ. މާލޭގައި އުޅޭ އިރު ލިބޭހާ ފައިސާއެއް ދައްކަން ޖެހެނީ ކުއްޔާއި އެހެނިހެން ހަރަދުތަކަށެވެ. ދަރިއަކު ހޯދަން ކުރަން ޖެހޭ ހޭދައަށް ވެސް އެކަމާ ހެދި ހުރަސް އެޅޭ ކަމަށާއި ރަށަށް ބަދަލުވާން ބޭނުންވީ އެފަދަ ގިނަ ސަބަބުތަކާ ހެދި ކަމަށް ބުންޏެވެ.

ހަމަލާ އަމާޒުވި ރޭ ބޭރުގައި އުޅުމަށް ފަހު ގެއަށް ވަންނަން ސައިކަލް ޕާކުކުރަން ދިޔައިރު އާދަމަށް ފެނުނީ މަޖީދީމަގާއި ނީލޯފަރު ހިނގުމުގެ ކުރިމައްޗަށް ވާގޮތަށް ނަޝީދުގެ ކާރުކޮޅު ޕާކުކޮށްފައި އޮއްވަ އެވެ. އޭރު އެ ކާރުކޮޅާ ފަސްވަރަކަށް ފޫޓު ދުރުގައި ނޫކުލައިގެ ސައިކަލެއް ޕާކުކޮށްފައި ހުއްޓެވެ. އެއީ ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ހަރުކުކޮށްފައި ހުރި ސައިކަލެވެ. އެ ސައިކަލު ކައިރީގައި ޕާކުކުރަން އުޅެނިކޮށް ޒޯނުން ޖާގައެއް ފެނުމުން އޭނާގެ ހިތް ބުނީ އެތަނުގައި ސައިކަލް ބޭންދުމަށެވެ. އެހެންވެ ހިތަށް އެރިގޮތަށް، ސައިކަލް ޕާކުކުރީ ތަންކޮޅެއް ދުރުގަ އެވެ.

އިރުކޮޅެއް ނުވެ ބޮމެއް ގޮއްވާލިއިރު، އޭނާއަށް ނޫކުލައިގެ ސައިކަލް ކައިރީގައި ޕާކު ނުކުރެވުނު ކަން ހަމަ ނަސީބު ކަމަށް ބުންޏެވެ.

"ހަރު ޖައްސާފައި ބަލާލިއިރު ނަޝީދު އާއި ބޮޑީގާޑުން އޭރު އަންނަނީ [ނީލޯފަރުމަގުން ހިންގަވާފައި މަޖީދީ މަގާ ދިމާލަށް]. އެހެންވެ އަޅުގަނޑު އިންގޮތަށް އިނީ ސައިކަލްގައި [ނަޝީދު ހުރަސްކޮށް ދަންދެން]. އަޅުގަނޑު ސައިކަލް ފަހަތުން ނެއްޓިފައި ދެ ތިން ސިކުންތެއް ވާނީ ބާރު އަޑުފައްގަނޑެއް ގޮވައިފި،" އާދަމް އެ ހާދިސާ "އަދަދު" އަށް ކިޔައިދެމުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox