އިންކުއަރީއަށް އަޅުގަނޑު ހުރަސް ނާޅާނެކަން ނަޝީދަށް ވެސް އެނގޭނެ: ރައީސް

ރައީސް ސޯލިހު އާއި ނަޝީދު: ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީއަށް ހުރަސްނާޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ/ރައީސް އޮފީސް

ރައީސް ސޯލިހު އާއި ނަޝީދު: ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގާ އިންކުއަރީއަށް ހުރަސްނާޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވި. -- ފޮޓޯ/ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ ގޮތުން މަޖިލީހުން ހިންގާ އިންކުއަރީއަށް ހުރަސް އަޅަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވާފައިވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްދު ދެއްވައިފި އެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވާން ވަކިވަކި ސިފައިންނަށް އަންގާފައިވީ ނަމަވެސް، ޑިފެންސް މިނިސްޓްރީން ވަނީ އެކަމަށް ދެކޮޅު ހެދި އެވެ. އެކަން އެގޮތަށް މަޖިލީހަށް އެންގި ސިޓީގައި ސޮއި ކުރެއްވި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސްލޫކާ ބެހޭ ކޮމެޓީއަށް ހުށަހެޅި އެވެ. ނަމަވެސް, އެ ކޮމެޓީން އެމްޑީޕީގެ ހަތަރު މެންބަރެއްގެ ވޯޓާއެކު ބޭރުކޮށްލި އެވެ.

އެއާއެކު، އެމްޑީޕީގެ ތެރޭގައި ނުތަނަވަސްކަން ބޮޑުވި އެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕް ހޫނުވެފައިވަނިކޮށް ރައީސް ނަޝީދު މެސެޖެއް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މެސެޖެއް ވެސް ފޮނުއްވި އެވެ.

"މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ،" ނަޝީދުގެ އެ މެސެޖުގައިވެ އެވެ.

އޭގެ އިތުރުން ކޮން ކަމެއް ސިއްރު ކުރައްވަންތޯ އުޅުއްވަނީ ކަމަށް ވިދާޅުވެ، ރައީސް ސޯލިހަށް ނަޝީދު ސުވާލެއް ވެސް އަމާޒުކުރެއްވި އެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ރައީސް ސޯލިހު މިއަދު ވިދާޅުވި ގޮތުގައި، އިންކުއަރީ އެންމެ ފުރިހަމައަށް ގެންދިއުމަށް ސަރުކާރުން ވެސް އެދޭ ކަމަށާއި އެކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. އެކަން މައްސަލަ ކުރިއަށް ގެންދާ 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ހުރަސް ނާޅާނެކަން، އެހެން އަދި ވިދާޅުވެފައި އޮތް ނަމަވެސް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ވަކިވަކި ސިފައިންނަށް ފަރުދީ ގޮތުން ޖަވާބުދާރީ ނުވެވޭނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނަކީ ސިފައިންގެ ގާނޫނަށް ރިއާޔަތް ކުރުމަށްފަހު ނެރުނު ބަޔާނެއް ކަމަށެވެ. އެ ބަޔާނަށްފަހު ވެސް ސިފައިން އަންނަނީ އިންކުއަރީއަށް ފުރިހަމައަށް އެއްބާރުލުން ދެމުންކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އިންކުއަރީ ހިންގާ ކޮމިޓީގެ މުގައްރިރު އަސްލަމް އިއްޔެ ވިދާޅުވި ގޮތުގައި ސަރުކާރުން ވެސް އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް އިންކުއަރީއަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް ކުރާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އޭގެ ބަދަލުގައި ހުރިހާ މުއައްސަސާއަކުން ވެސް ކޮމިޓީގެ އިންކުއަރީއަށް ފުރިހަމައަށް އެއްބާރުލުންދެމުންދާ ކަމަށް ވިދާޅުވި އެވެ. އެގޮތުން، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވެސް ކޮމިޓީއަށް ހާޒިރުވެވަޑައިގެން، ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވައި، އެ ދެ މުއައްސަސާގެ ފުރިހަމަ އެއްބާރުލުން ކޮމިޓީއަށް ދޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ސަރުކާރުން މި އިންކުއަރީއަށް ހުރަސް އެޅުމަށް އެއްވެސް މަސައްކަތެއް އެއްވެސް މިންވަރަކަށް ކުރާ ކަމެއްގެ މައުލޫމާތު އަޅުގަނޑަށް ލިބިފައެއް ނެތް، ސަރުކާރުގެ ހުރިހާ މުއައްސަސާތަކަށާއި އަޅުގަނޑުމެން މުއާމަލާތް ކުރަމުންދާ އިދާރާތަކަށް ޝުކުރު ދަންނަވަން ބޭނުން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، ރައީސް ސޯލިހު ވެސް ގުޅުއްވައި، ފުރިހަމައަށް އިންކުއަރީ ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ވެސް އަދި އެހެން ހުރިހާ ބޭފުޅުންނަށް ވެސް އެންމެ ރަނގަޅު ވާނެ ގޮތަކީ މި އިންކުއަރީ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދެވުން ކަމަށެވެ.

"އެހެންވީމަ އެ މަގުގައި ހުރިހާ ބޭފުޅުން ވެސް މަސައްކަތް ކުރީމަ ހުންނާނީ ރަނގަޅަށް،" އަސްލަމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox