ރާއްޖޭގައި އުޅޭ ބިދޭސީން ޓެރަރިޒަމަށް އެހީވާ ކަމުގެ ތުހުމަތު

ކޮވިޑު ވެކްސިން ޖަހަން ބިދޭސީންތަކެއް ކިޔޫގައި ޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކޮވިޑު ވެކްސިން ޖަހަން ބިދޭސީންތަކެއް ކިޔޫގައި ޖެހިފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖޭގައި އުޅޭ ބިދޭސީން ޓެރަރިޒަމަށް އެހީވާ ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ތުހުމަތު ކުރައްވައިފި އެވެ.

އުއްތަމަ ފަނޑިޔާރަށް ފޯރުކޮށްދެމުންދާ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ދައުލަތުން ގެއެއް ހަމަޖައްސައި ދިނުމަށް ސަރުކާރުގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީން ޓެރަރިސްޓުންނަށް އެހީވާ ކަމަށާއި އެ މީހުންގެ ފަރާތުން ކުރިމަތިވެފައިވާ ނުރައްކާ ބޮޑު ކަމަށެވެ.

އެގޮތުން ޓެރަރިޒަމަށް ވާގިވެރިވާ އެތައް ބިދޭސީންނެއް ރާއްޖޭގައި އުޅޭ ކަމަށް ތުހުމަތު ކުރައްވައި، އެފަދަ ފަރާތްތަކާ މެދު ފާރަވެރިވެ، މިހާރުން މިހާރަށް ފިޔަވަޅުތަކެއް އެޅުމަށް އޭނާ ގޮވާލެއްވި އެވެ.

Advertisement

އޭނާ ވިދާޅުވި ގޮތުގައި އެކަމަށް މިހާރު ފިޔަވަޅު ނޭޅިއްޖެނަމަ ބިދޭސީން ނުކުމެ ސަލާމަތީ ބާރުތަކާ ކުރިމަތިލާން މާގިނަ ދުވަސްތަކެއް ނުނަގާނެ އެވެ.

އާޒިމްގެ މައިގަނޑު ކަންބޮޑުވުން އަމާޒު ކުރެއްވީ ސިނާއީ ރަށެއް ކަމަށްވާ ކ. ތިލަފުށީގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަށެވެ.

މަ
މަ

މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: މަޖިލިސް

އެ ރަށަކީ މިހާރު ބިދޭސީންގެ ކިއްލާއެއްގެ ގޮތުގައި ސިފަކުރައްވަމުން، އެތަނުގައި ބިދޭސީން އިސްވެ ނޭދެވޭ އެތައް ކަމެއް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ތިލަފުއްޓަކީ ބިދޭސީންގެ ބޮޑު ކިއްލާއެއް. ބިދޭސީން އެރަށުގައި ވެރިކަން ކުރަނީ. އެ މީހުން އެތާނގައި ގެ ހަދައިގެން އެތާނގައި ނޭދެވޭ ހުރިހާ ކަންތައްތަކެއް އެދަނީ ކުރަމުން. އަޅުގަނޑަށް ނުފެނޭ ދައުލަތުގެ ކަންކަން ތަންފީޒު ކުރަން ތިބި ފަރާތްތަކުން އެތަންތަނަށް ގޮސް ބަލާލައިގެން އެ ކަމަށް ހައްލެއް ގެންނަން މަސައްކަތް ކުރާ ތަނެއް،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިމަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދެމުންދާ ދައުލަތުގެ އިސް ބޭފުޅުންގެ ސަލާމަތާ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާދިނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނުކުންނަވައިގެން ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާ ދިނުމުގެ އެތައް މަހެއް ކުރިން، އެ ގެ ހުންނަ ނީލޯފަރު މަގު ހަނިކަމުން ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭން ދަތިކަމަށް އެމްއެންޑީއެފުން ބުނެފައިވާކަން ހާމަވުމާ އެކު ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާއެކޭ އެއް ފަދައިން، ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިންނަށް ވެސް ދައުލަތުން ރަސްމީ ގެއަކާއި ސެކިއުރިޓީ ފޯރުކޮށްދޭންޖެހޭ ކަމުގެ އަޑުތައް މަޖިލީހުގެ ތެރެއިން ވެސް ގަދަވި އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން، މަޖިލީހުގެ ރައީސަށް ވެސް ދައުލަތުން ގެއެއް ފޯރުކޮށްދިނުމަށް މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނަށް ވެސް ސަރުކާރުން ވަނީ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން، އާޒިމް އިތުރަށް ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ވެރިންގެ އިތުރުން، ދައުލަތުގެ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ވެސް ދައުލަތުން ފޯރުކޮށްދޭ ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ.

އެގޮތުން، ޕޮލިސް ކޮމިޝަނަރާއި، ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ކަސްޓަމްސް އާއި މީރާގެ ވެރިޔާ އާޒިމް ފާހަގަކުރެއްވި އެވެ.

އެއާއެކު އެކަމަށްޓަކައި ދައުލަތުން ކުރަންޖެހޭ ހަރަދު ކުޑަކުރުމުގެ ގޮތުން، އެފަދަ ބޭފުޅުން ދިރިއުޅުއްވަން ވަކި ސަރަހައްދެއް ތަރައްގީ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox