ނަޝީދަށް ދިން ހަމަލާ: "މޭ ހައެއް" ކޮމިޓީ އުފައްދަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް

ނަޝީދަށް ދިން ހަމަލާގެ ކަންކަން ގާތުން ބަލަން އެމްޑީޕީގެ ކޮމިޓީއެއް އުފައްދަން ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅަން ވަނީ ނިންމާފައި. -- ފޮޓޯ/ އެމްޑީޕީ

ނަޝީދަށް ދިން ހަމަލާގެ ކަންކަން ގާތުން ބަލަން އެމްޑީޕީގެ ކޮމިޓީއެއް އުފައްދަން ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅަން ވަނީ ނިންމާފައި. -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާގެ ތަހުގީގުގެ ކަންކަން ހިނގައިދާ ގޮތް ގާތުން ބަލައި ފާރަވެރިވުމަށް "މޭ ހައެއް" ނަމުގައި ކޮމިޓީއެއް އުފެއްދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަރާރެއް ހުށަހަޅަން ނިންމައިފި އެވެ.

މި ގަރާރު ފާސްކުރަން ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހަޅުއްވާ ގަރާރަށް ތާއީދު ކުރައްވަނީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ސައިފް ފާތިހެވެ.

ހަމަލާގެ ތަހުގީގާ ގުޅޭ ކަންކަން ބަލަން އުފައްދާ ކޮމިޓީގައި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރަކާއި ރައީސް ނަޝީދުގެ ފަރާތްޕުޅުން މެމްބަރަކު ހިމަނަން ވަނީ ނިންމައިފަ އެވެ. މީގެ އިތުރުން ކޮމިޓީއަށް ހުށަހަަޅަން ނިންމާފައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު މުހައްމަދު ޝިހާބާއި އަހްމަދު މައުސޫމްގެ ނަމެވެ.

Advertisement

ކޮމިޓީއެއް އުފައްދަން ގައުމީ މަޖިލީހަށް ހުށަހަޅަން ނިންމީ، އެނގިފައިވާ ގޮތުގައި، މަޖީދީ މަގުގައި ބޮން ގޮއްވާލައިގެން ދިން ހަމަލާ ހިނގި ގޮތާއި ހިންގުވި މީހުންނާއި ފައިސާ ހަރަދުކުރި ބަޔަކާއި އެކި ގޮތްގޮތުން ހަމަލާއަށް ހިތްވަރުދީ ވާގިވެރިވި މީހުން ގާނޫނީ އިމުގެ ކުރިމައްޗަށް ގެނައުން ދިގުލައިގެންދާތީ އެވެ.

އެމްޑީޕީގެ މެމްބަރަކު ވިދާޅުވީ ނަޝީދަށް ހަމަލާ އަމާޒުކުރީ އެމްޑީޕީން ވަކާލަތު ކުރަމުން އަންނަ އަނިޔާވެރިކަމާ ދެކޮޅުވުމާއި ހައްދުފަހަނާއެޅި ހަރުކަށި ފިކުރުގެ ވަކި އަނދިރި ދައުލަތުގެ ނިވަލުގައި ހިންގާ ކޮރަޕްޝަނާއި ފަސާދަ ނައްތާލުމާއި ސުލްހަވެރި ސިޔާސީ ހަރަކާތާއި ހެޔޮވެރިކަމުގެ ސިޔާސަތު ނައްތާލާށެވެ. އަދި މި ހަމަލާ އެމަނިކުފާނަށް އަމާޒުވީ ސެކިއުރިޓީ ތްރެޓް އޮތް ކަން އިންތިހާއަށް އެނގިތިބެމެ އެ ހާލަތަށް އެކަށީގެންވާ ފިޔަވަޅު އަަޅާފައި ނުވާތީ ކަމަށް ގަރާރުގައި ހިމަނަން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ހަަމަލާއަށް ފަންޑުކުރި ބަޔަކު ހޯދިފައި ނުވާއިރު، މިކަމުގެ ހަގީގަތް ގެއްލި ޝައްކާއި ވަހުމް އުފެދޭ ގޮތަށް ގާނޫނީ ޒިންމާއަދާކުރާ ފަރާތްތަކުން އަމަލުކުރުން ކަންބޮޑުވުމެއްގެ ގޮތުގައި ހިމަނަން ވަނީ ނިންމައިފަ އެވެ.

ގައުމީ މަޖިލީހުން އިގުރާރުވާން ހުށަހަޅަނީ، އެނގިފައިވާ ގޮތުގައި، ސަރުކާރާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ތަހުގީގުތަކާ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންކަން ގާތުން ބަލައި ފާރަވެރިވުމަށެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެ އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލީ ދިރިއުޅުއްވާ ކެނެރީގެއިން ހިންގަވާފައި ކާރުކޮޅާ އަރާ ހަމަވިތަނުންނެވެ.

އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ރޭޒާ ފުއްތައް ބޭނުންކޮށްފައިވެ އެވެ. އެއީ ގެއްލުން ބޮޑުކުރާށެވެ. ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން އެ އައިއީޑީ ހަދާފައި އޮތް އިރު 2007ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox