ޖަރުމަނުން ލަޓްވިއާ ކޮޅަށް ހަތް ގޯލު ޖަހައިފި

Jun 7, 2021, 8:47 PM
ލަނޑު ޖެހުމަށް ފަހު ނިއުހައުސް (ކ) އާއި މުލާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ނިއުހައުސް (ކ) އާއި މުލާ އުފާފާޅުކުރަނީ.

ޑޫސުލްޑޯފް، ޖާމަނީ (ޖޫން 7) - ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޖަރުމަނުން ކުޅުނު އެކުވެރިކަމުގެ ފަހު މެޗުން މިރޭ ލަޓްވިއާ އަތުން 7-1 އިން މޮޅުވެއްޖެ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ޖަރުމަނުން ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ ޑެންމާކާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރު ވެގެންނެވެ. އެ މެޗަށް ޖަރުމަނުން ނެރުނު ފުރަތަމަ އެގާރަ އަށް ވަނީ މިރޭގެ މެޗުގައި ބަދަލުތަކެއް ގެނެސްފަ އެވެ. އެންމެ ބޮޑު ބަދަލަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ކުޅުންތެރިން ފުރަތަމަ އެގާރައިގައި ހިމެނުމެވެ.

ޖަރުމަނުން މިރޭ ލަޓްވިއާ ކޮޅަށް ފުރަތަމަ ހާފުގައި ފަސް ގޯލު ޖެހި އެވެ. މެޗުގެ 19 ވަނަ މިނިޓްގައި ކައި ހަވާޓްޒް ދިން ބޯޅައަކުން ޖަރުމަނަށް ލީޑުނަަގައިދިނީ އެޓަލަންޓާ އަށް ކުޅޭ ރޮބިން ގޮސެން އެވެ. އޭގެ ދެ މިނިޓް ފަހުން އިލްކާއި ގުންޑޮގާން ޖަރުމަނަށް ލީޑުފުޅާކޮށްދިނެވެ. އެ ޓީމުގެ ތިން ވަަނަ ގޯލު 27 ވަނަ މިނިޓްގައި ގޮސެން ދިން ބޯޅައަކުން ޖެހީ ތޯމަސް މުލާ އެވެ.

Advertisement

ލަނޑު ޖެހުމަށް ފަހު މުލާ (ކ) އާއި ގުންޑޮގާން (މ) އަދި ގޮސެން އުފާފާޅުކުރަނީ.

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަޓްވިއާގެ ރޮބާޓް އޮޒޮލް އަތުން ބައިކޮޅަށް ވަން ގޯޯލާއި ސާޖް ގްނަބްރީ ޖެހި ގޯލާ އެކު ޖަރުމަނުން މި ހާފުގައި ފަސް ގޯލުގެ ލީޑެއް ނެގި އެވެ. މި ހާފްގައި ލިބުނު ފުރުސަތުތަކަށް ބަލާއިރު، ޖަރުމަނަށް އެ އަށް ވުރެ ގިނަ ގޯލު ޖެހެންދިޔަ އެވެ.

ބޯޅަ ހިފަަހައްޓައިގެން ކުޅެން މަސައްކަތްކޮށް ދެ ވަނަ ހާފްގައި ޖަރުމަނަށް ޖެހުނީ ދެ ގޯލެވެ. އެއީ މެޗުގެ 50 ވަނަ މިނިޓްގައި ޔޯސުއާ ކިމިކް ދިން ބޯޅައަކުން ޓިމޯ ވާނާ ޖެހި ގޯލާއި މުލާ ތަނަވަސްކޮށްދިން ފުރުސަތަކުން ލެރޯއި ސާނޭ ޖެހި ގޯލެވެ. ލަޓްވިއާގެ ހަމައެކަނި ގޯލު ޖެހީ އަލެކްސެއީސް ސަވެލްޔެވްސް އެވެ.

ޔޫރޯގައި ޖަރުމަނު ކުޅޭ ފުރަތަަމަ މެޗުގައި އަންނަ ހަފްތާގެ ހޯމަ ދުވަހުގެރޭ ކުޅޭނީ ފްރާންސާ ދެކޮޅަށެވެ. މި ގްރޫޕްގައި ދެން އޮތީ ޕޯޗުގަލް އާއި ހަންގޭރީ އެވެ.

މިރޭ ކުޅުނު އެހެން އެކުވެރިކަމުގެ މެޗުތަކަށް ބަލާއިރު ޔޫކްރޭނުން ވަނީ 4-0 އިން ސައިޕްރަސް ބަލިކޮށްފަ އެވެ. އަދި ސާބިއާ އާއި ޖެމެއިކާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox