މާލޭގެ މަގެއްގެ މަތީގައި ޒަހަމުތަކަކާއެކު އޮތް މީހެއް ފެނިގެން އޭނާއަށް ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދިން ގޮތުގައި އެމީހާ ފެނިފައިވަނީ މާފަންނު ބިސްބިރު ކައިރިއަށް ވެއްޓިފައި އޮތްވައި ކަމަށެވެ.
ޒަހަމުތަކަކާއެކު އޮތް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައީ އާއްމުންގެ ބައެކެވެ. އެމީހާގެ މައުލޫމާތެއް އަދި އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ނުލިބެ އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އައިޖީއެމްއެޗްގައި އެމީހާއަށް އަންނަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.












