ނީލޯފަރު މަގުން ވެހިކަލް ހުސްނުކުރެވުނު މައްސަލައިގައި އަސްލަމާއި ޝިފާ 241 ކޮމިޓީއަށް

ހައުސިން މިނިސްޓަރު އަސްލަމް (ވ) އަދި މާލޭގެ ކުރީގެ މޭޔަރު ޝިފާ 241 ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. -

ހައުސިން މިނިސްޓަރު އަސްލަމް (ވ) އަދި މާލޭގެ ކުރީގެ މޭޔަރު ޝިފާ 241 ކޮމިޓީއަށް މައުލޫމާތު ދެއްވަނީ. -

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުގައި ޕާކުކުރުން މަނާކުރުން ލަސްވި ސަބަބުގެ މައުލޫމާތު ދެއްވަން ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްގެ އިތުރުން މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު މަޖިލީހުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް މައުލޫމާތު ހިއްސާކުރައްވައިފި އެވެ.

ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއެއް ދިނީ ނީލޯފަރުހިނގުމުގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އެ ހަމަލާގައި ނަޝީދުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.

ނަޝީދުގެ ސެކިއުރިޓީއަށްޓަކައި ނީލޯފަރު ހިނގުން ޕާކު ނުކުރެވޭ މަގަކަށް ހެދުމަށް އެދި މާލޭ ސިޓީ ކައުންސިލުން މިދިޔަ މާޗް މަހުގެ 23 ވަނަ ދުވަހު ވަނީ ޕްލޭނިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފަ އެވެ. ޕްލޭނިން މިނިސްޓްރީއަށް އެ ސިޓީ ފޮނުވީ ޑިފެންސް މިނިސްޓްރީން ސިޓީ ކައުންސިލްގައި އެކަމަށް އެދުމުންނެވެ. ނަމަވެސް އެ ސިޓީއަށް ޕްލޭނިން މިނިސްޓްރީން އޮތީ ޖަވާބު ނުދީ އެވެ.

ނީލ
ނީލ

ނީލޯފަރުމަގުގައި ސައިކަލުތަކެއް ޕާކުކޮށްފަ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މަޖީދީމަގުގައި ހުންނަ ބިއްލޫރިޖެހިގޭގައި ޕާކިން ޒޯނެއް ހެދުމަށް މިދިޔަ އަހަރުގެ އޮގަސްޓް މަހު ޕްލޭނިން މިނިސްޓްރީން އޮތީ ނިންމައިފަ އެވެ. ނަމަވެސް އެކަން ސިޓީ ކައުންސިލަށް ތަންފީޒު ނުކުރެވި އޮތީ ބިއްލޫރިޖެހިގޭ ހުސްބިން އެ ކައުންސިލާ ހަވާލު ނުކުރާތީ އެވެ.

ނަމަވެސް، މިދިޔަ މަހުގެ ތެރޭގައި ނީލޯފަރުހިނގުމުގެ ޕާކިން ޒޯން ބަންދުކޮށް، ބިއްލޫރިޖެހިގޭ ހުސްބިމުގައި 300 ސައިކަލުގެ ޕާކިން ޒޯނެއް މިހާރު ވަނީ ގާއިމުކޮށްފަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ޕާލިމަންޓަރީ އިންކުޔަރީއެއް ހިންގަމުންދާއިރު، ޕާކިންގެ މައްސަލައާ ގުޅޭގޮތުން މިއަދު އަސްލަމްގެ އިތުރުން ޝިފާ ވަނީ ކޮމިޓީއަށް ހާޒިރުކޮށް، އެކަމުގެ މައުލޫމާތު ސާފުކޮށްފަ އެވެ.

އެ ކޮމިޓީގެ ހުރިހާ ބައްދަލުވުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދާތީ އެ ދެ ބޭފުޅުން ހިއްސާކުރެއްވި މައުލޫމާތެއް ނޭނގެ އެވެ.

އަންނަ މަހުގެ ނިޔަލަށް ކޮމިޓީގެ ރިޕޯޓު ނިންމަން އަމާޒު ހިފާފައިވާއިރު، ކޮމިޓީއަށް ދަނީ ކަމާގުޅޭ ގިނަ ބޭފުޅުން ހާޒިރުކޮށް ސުވާލު ކުރަމުންނެވެ.

އެގޮތުން، ކޮމިޓީގެ ލިސްޓުގެ އެންމެ ކުރީގައި އޮތް ފުލުހުންނާއި ސިފައިންގެ ބައެއް އިސް ބޭފުޅުން ވެސް މިހާރު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

ސިފައިންގެ އޮފިސަރުންގެ ތެރެއިން ހާޒިރުވުމަށް މިހާތަނަށް އަންގާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފަށެވެ.

އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ހާޒިރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ޝަމާލް މިއަދު މެންދުރު 1:00 ގައި ކޮމިޓީއަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.

ނަމަވެސް، މާރިޔާއަށް މިހާތަނަށް މަޖިލީހަށް ހާޒިރުކުރަން ވަކި ދުވަހެއް އަންގާފައިނުވެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފް އަށެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ. ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.

އެ ދިގު ބަޔާނުގައި ބުނީ އެންކުއަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާ އެވެ. ގާނޫނު އަސާސީގެ އިތުރުން ސިފައިންގެ ގާނޫނާ ހަވާލާދީ، ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެކަމުގައި މަޖިލީހުގެ ހިޔާލުތަފާތެވެ.

މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

2011، މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

ދިފާއީ ބާރުގެ އިތުރުން، އިންޓެލިޖެންސާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިސް ބޭފުޅުން ވެސް ކޮމިޓީގެ ލިސްޓުގައި ހިމެނެ އެވެ.

އެގޮތުން، އިއްޔެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިތުރުން ކައުންޓަ ޓެރަރިޒަމްގެ ޑިރެކްޓަރު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލް ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދައިފަ އެވެ.

ދިރިއުޅުއްވާ ގެކޮޅު ކައިރިން، ކާރަށް އަރައިވަޑައިގަންނަވަނިކޮށް ބާރުގަދަ އައިއީޑީއެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގަތެވެ. ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށް ފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox