572 ޑޮލަރަށް ޓާކިޝް އެއާލައިނުގައި ތުރުކީއަށް ދާން ބޭނުންތަ؟

ތުރިކީގެ ގައުމީ ކެރިއަރު ޓާކިޝް އެއާލައިންސްގެ ފްލައިޓެއް: ތުރުކީ އެއާލައިނުން ދުނިޔޭގެ 120 ގައުމަކަށް ދަތުރުކުރޭ -- ފޮޓޯ: ޓާކިޝް އެއާލައިންސް

ތުރިކީގެ ގައުމީ ކެރިއަރު ޓާކިޝް އެއާލައިންސްގެ ފްލައިޓެއް: ތުރުކީ އެއާލައިނުން ދުނިޔޭގެ 120 ގައުމަކަށް ދަތުރުކުރޭ -- ފޮޓޯ: ޓާކިޝް އެއާލައިންސް

ތުރުކީއަށް ޒިޔާރަތްކުރަން ބޭނުންވާ ދިވެހިންނަށް ޓާކިޝް އެއާލައިނުގައި ހެޔޮއަގުގައި ޓިކެޓް ލިބޭ "ޑިސްކަވާ ޓާކީ" އޮފާ ކުރިޔަށް އެބަދެ އެވެ.

ޑިސްކަވާ ޓާކީގެ އޮފާގެ ތެރެއިން ޓާކިޝް އެއާލައިނުގައި ތުރުކީގެ އިސްތަންބޫލަށް ދެކޮޅު ޓިކެޓް އެންމެ 572 ޑޮލަރަށް ލިބެ އެވެ. އޮގަސްޓް 10 ވަނަ ދުވަހާ ހަމައަށް ލިބޭ މި އޮފާގެ ދަށުން ޓިކެޓް ގަންނަން ޖެހޭނީ ޓާކިޝް އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އެކްސްޕިޑައިޓް މޯލްޑިވްސް އިންނެވެ.

މި ޕްރޮމޯޝަނާ ގުޅޭގޮ ތުން ޓާކިޝް އެއާލައިންސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ހައްސާން ވިދާޅުވީ މިއީ މި އަހަރުގެ ސްކޫލް ޗުއްޓީ އާއި ބޮޑު އީދު ޗުއްޓީ ދުވަސްވަރަށް ހިންގާ ޕްރޮމޯޝަނެއް ކަމަށެވެ.

Advertisement

ޑިސްކަވާ ޓާކީ ޕެކޭޖުން ނަގާ ޓިކެޓުގެ އަގު ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އެއްހަމަ އެވެ. މި ޕްރޮމޯޝަންގެ ތެރެއިން ނަގާ ޓިކެޓުތަކުގެ މުއްދަތަކީ ހަ މަސް ދުވަހެވެ.

ޓާކިޝް އެއާލައިނުން ތައާރަފުކުރި ޑިސްކަވާ ޓާކީ އޮފާ --
ޓާކިޝް އެއާލައިނުން ތައާރަފުކުރި ޑިސްކަވާ ޓާކީ އޮފާ --

ޓާކިޝް އެއާލައިނުން ތައާރަފުކުރި ޑިސްކަވާ ޓާކީ އޮފާ --

ވެކްސިން ޑޯޒް ހަމަކޮށްފައިވާ ދިވެހިން ޕީސީއާރް ޓެސްޓް ބޭނުމެއް ނުވޭ

ތުރުކީއަށް ދާ ދިވެހިންނަށް ތިން މަސް ދުވަހަށް އޮން އެރައިވަލް ވިސާ ލިބެ އެވެ. އަދި ދެކޮޅު ޓިކެޓާއި ބުކިން ހައްދައިގެން ދަތުރުކުރާ ނަމަ އިމިގްރޭޝަނުން މާ ބޮޑެތި ދަތިތަކާ ކުރިމަތިނުވެ ތުރުކީއަށް އެތެރެވެވޭނެ އެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން ތުރުކީ ސަރުކާރުން އެކުލަވާލާފައިވާ އުސޫލަކީ، އެ ގައުމަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓެއް ހުށައަޅާ އެއްވެސް މީހަކު ކަރަންޓީނުވާކަށް ނުޖެހެ އެވެ. އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ދިވެހިން ޕީސީއާރް ޓެސްޓެއް ހުށައަޅާކަށް ނުޖެހެ އެވެ. ބޭނުންވަނީ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ކަން އެނގޭނެ ރަސްމީ ލިޔުމެކެވެ. ދިވެއްސެއް ނަމަ އެޗްޕީއޭއިން ދޫކުރާ ވެކްސިން ކާޑު ފުދޭނެ އެވެ.

ތާރީހީ ބިނާތަކާއި ތަފާތު ކެއިންބުއިމާއި އާދަކާދަތަކުން މުއްސަނދި ތުރުކީއަށް ގޮސްލަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox