އިންޑިއާގެ ކޮންސިއުލޭޓުން އައްޑޫއަށް އޮތީ ފައިދާ: ނަޝީދު

Jun 5, 2021, 9:25 AM
ނަޝީދު: އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވި

ނަޝީދު: އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ނިންމާފައިވާ ނިންމުމަށް މަރުހަބާ ވިދާޅުވި

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ނިންމާފައިވާ ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމް ކުރުމަށް އިންޑިއާ ސަރުކާރުން ފާސްކޮށްފައިވާއިރު ދިވެހި ސަރުކާރުން އެކަމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެކަމަކު އެ މައްސަލަ ހާއްސަކޮށް ސޯޝަލް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

އެއް ކޮޅުން އެއް ބަޔަކު ކޮންސިއުލޭޓް ގުޅުވަނީ ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާ އެވެ. އެ މީހުން އެތަން ސިފަކުރަނީ އިންޑިއާގެ އަތްދަށަށް ރާއްޖެ ދީލައިލުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުގަ އެވެ.

އޭގެ އަނެއް ކޮޅުގައި ތިބީ އެ ކޮންސިއުލޭޓު އައްޑޫގެ ތަރައްގީއާ ގުޅުވާ ބަޔެކެވެ. އޭގެ ތެރޭގައި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން އައްޑޫ ތަމްސީލު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ބަހުސްގެ ތެރެއަށް ވަންނަވާ، ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫގެ ވިސްނުމަކީ އަބަދުވެސް ދުނިޔެއަށް ހުޅުވިފައިވާ ވިސްނުމެއް ކަމާއި އަމިއްލަ ނޭފަތުކުރީގައި ތަޅުލެވިފައިނުވާ ވިސްނުމެއް ކަމަށެވެ.

"އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް ގާއިމްކުރުމުގެ ސަބަބުން އައްޑޫއަށް ވެސް އަދި ރާއްޖެއަށް ވެސް ލިބޭން އޮތީ ފައިދާ،" ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރުން ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ އިންޑިއާއިން، ސަރަހައްދީ ގަދަހިފުމެއްގެ ތެރެއިން ރާއްޖެއަށް އަތްގަދަކޮށް، ދިވެހި ފަސްގަނޑުގައި އެ ގައުމުގެ ހަތިޔާރު އެޅި ސިފައިން ބޭތިއްބުމުގެ ރޭވުމެއްގެ ތުހުމަތު އިދިކޮޅުން އިސްވެ ތަކުރާރުކޮށް ދަނީ ކުރަމުންނެވެ.

އެގޮތުން، އުތުރު ތިލަފަޅުގައި ކޯސްޓުގާޑުގެ ބަނދަރެއް އަޅަން އިންޑިއާ ސަރުކާރުން އެހީދިން މައްސަލަ ވެސް ދާދި ފަހުން ވަރަށް ބޮޑަށް ހޫނުވި އެވެ.

އަދި އެތަނުގައި އިންޑިއާގެ މަނަވަރުތައް ބަނދަރުކުރެވޭއިރު، އެ އުޅަނދުތަކުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ގެންގުޅެވޭ ގޮތަށް ހިމަނާފައިވާ ކަމަށް ބުނާ އެއްބަސްވުމެއް ވެސް ލީކުވި އެވެ.

ނަމަވެސް، އެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށާއި، އެއްވެސް ގައުމެއްގެ ސިފައިން ހަތިޔާރާއެކު ދިވެހި ފަސްގަނޑުގައި ތިބުމުގެ ފުރުސަތު ނުދޭނެކަމަށް ސަލާމަތީ ބާރުތަކުގެ ހުރިހާ އިސްވެރިން އެކުގައި ނުކުންނަވައި ޔަގީންކަން ދީފައިވެ އެވެ.

މީގެ އިތުރުން، އައްޑޫގައި އިންޑިއާ ސަރުކާރުން ގާއިމުކޮށްދޭ ފުލުހުންގެ ތަމްރީނު މަރުކަޒުގެ ބޭނުމަކީ ވެސް ރާއްޖޭގެ ދެކުނަށް އެ ގައުމުން ދީފައިވާ ހާއްސަ އިސްކަމެއްގެ ދަށުން ކޮށްދޭކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

އެގޮތުން، އެ މަރުކަޒުގައި ތަމްރީނުދޭން އިންޑިއާ ސިފައިން ބައިތިއްބާ ކަމަށާއި، ހާރިޖީ ހާއްސަ އިމްތިޔާޒްތަކެއްގެ ދަށުން އިންޑިއާ ކޮންސިއުލޭޓެއް ގާއިމުކުރަނީ އެކަމަށް މަގުފަހިކުރަން ކަމުގެ ތުހުމަތު ވެސް ވަނީ ފެންމަތިވެފަ އެވެ.

ކުރީގެ ސަރުކާރުގައި އިންޑިއާއާ އެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއިން އެކި ނަންނަމުގައި ބޮޑެތި އެހީތައް ދަނީ ދެމުންނެވެ.

އެގޮތުން، އިންޑިއާ އިން ދިން ލޯނުތަކުގެ އަދަދު މިހާރު 1.8 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ވެސް އިންޑިއާ އިން ވަނީ ފަންޑުކޮށްފަ އެވެ. އޭގެ ތެރޭގައި، މާލެ، ވިލިމާލެ އަދި ތިލަފުށި ގުޅުވާލައި ބިޔަ ބުރިޖު މަޝްރޫއު އާއި ގުޅިފަޅަށް މައި ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox