ސިންގަޕޫރު އެއާލައިންސްގެ ރާއްޖޭގެ ސޭލްސް އެޖެންޓަކަށް އޭސް ޓްރެވަލްސް ހަމަޖައްސައިފި

ސިންގަޕޫރު އެއާލައިންސްގެ ރާއްޖޭގެ ސޭލްސް އެޖެންޓަކަށް އޭސް ޓްރެވަލްސް ހަމަޖައްސައިފި

ދުނިޔޭގެ އެންމެ މަތީ ފަންތީގެ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރު އެއާލައިންސްގެ ރާއްޖޭގެ ޕެސެންޖާ ސޭލްސް އެޖެންޓުކަން އޭސް ޓްރެވަލްސްއަށް ލިބިއްޖެ އެވެ.

ސިންގަޕޫރު އެއާލައިންސްގެ ޕެސެންޖާ ސޭލްސް އެޖެންޓަކަށް އޭސް ޓްރެވަލްސް ހަމެޖެހުމުން މިހާރު އެ އެއާލައިންގެ ޓިކެޓުތައް އޭސް ޓްރެވަލްސްއިން ގަނެވޭނެ އެވެ.

އޭސް ޓްރެވަލްސްއިން މައުލޫމާތުދޭ ގޮތުގައި މިހާރު ކަސްޓަމަރުންނަށް ސިންގަޕޯ އެއާލައިންސްގެ ޓިކެޓު ގަތުމުގެ އިތުރުން އެ އެއާލައިންގެ ޕްރޮމޯޝަންތަކާއި ހާއްސަ އޮފާތައް ލިބޭނެ އެވެ. އަދި ކަސްޓަމާ ސޭލްސް އެޖެންޓަކާ ގުޅައިގެން ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހިދުމަތްތަކެއް 24 ގަޑިއިރު ލިބޭނެ ކަމަށް ބުންޏެވެ.

Advertisement

ސޭލްސް އެޖެންޓުކަން ލިބުމާއި ގުޅިގެން އޭސް ޓްރެވަލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު "އަދަދު"އަށް ވިދާޅުވީ، މިއީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރުކުރުމަށް ފެށި ހިދުމަތެއް ކަމަށެވެ. މިހާރު މާ ބޮޑު ޑިމާންޑެއް ނެތް ނަމަވެސް، ނޮވެމްބަރު ހިސާބުގައި ހިދުމަތަށް ޑިމާންޑު އޮންނާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ވެސް ރާއްޖޭގައި ބައިނަލްއަގްވާމީ ހަތަރު އެއާލައިނަކާއި ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕެސެންޖާ ސޭލްސް އެޖެންޓުކަން ކުރަމުން އަންނަ އޭސް ޓްރެވަލްސްއިން މިހާރު ހަ އެއާލައިނެއްގެ ޓިކެޓް ގަނެވޭނެ އެވެ. އޭގެ ތެރޭގައި ގަތަރު އެއާވޭސް، ކެތޭ ޕެސިފިކް، ސްރީލަންކަން އަދި އިންޑިގޯ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑަކަށް ފުވައްމުލައް

އެމްއައިބީން އަލަށް ތައާރަފުކުރި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް" އެވޯޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށް، އިޖުތިމާއީ މަޝްރޫއެއް ހިންގުމަށް 500,000 ރުފިޔާގެ މާލީ އެހީއެއް ދިން. މި އެވޯޑަކީ ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއަރުވައި، ތަބީއީ މާހައުލު ރައްކާތެރިކުރުމަށް ނަމޫނާ ދައްކާ ރަށްރަށުގެ އަގުވަޒަންކުރުމަށް ދޭ ޝަރަފެއް.

Newsletter

Get the latest news delivered straight to your inbox