ވަކި ފަރުދަކީ ދައުލަތް ކަމަށް ދެކުމުގެ ޖާގަ ނެތް ކަމަށް ނަޝީދު ވިދާޅުވެއްޖެ

ރައީސް ނަޝީދު ޖަރުމަނުގައި: ވިދާޅުވެފައި ވަނީ ރާއްޖެ ވަޑައިގެންނެވޭނީ ޖުލައި މަހުގެ ނިޔަލަށް ކަމަށް --

ރައީސް ނަޝީދު ޖަރުމަނުގައި: ވިދާޅުވެފައި ވަނީ ރާއްޖެ ވަޑައިގެންނެވޭނީ ޖުލައި މަހުގެ ނިޔަލަށް ކަމަށް --

އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތްތެރިވާނީ ސަރުކާރުގެ އިދާރާތައް ކަމަށާއި ވަކި ފަރުދަކަށް އެ ވާޖިބު އަދާ ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ނަޝީދު އާންމު ކުރެއްވި ލިޔުމެއްގައި ވިދާޅުވެފައި ވަނީ "ވަކި މީހަކީ ލާދީނީ މީހެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރުން" ކަމަށެވެ.

އަދި، އެއީ ޖިނާއީ ތަހުގީގެއް ކުރެވޭނެ ފަދަ ކުށެއް ކަމުން އެފަދަ ކަންކަމުގައި އާންމު ފަރުދުންގެ ވާޖިބަކީ ކަމާގުޅޭ އިދާރާއަށް އެންގުން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

Advertisement

"އިސްލާމް ދީނާއި ދައުލަތުގެ ދިފާއުގައި ހަރަކާތްތެރިވާނީ ވަކި ފަރުދެއް ނޫން. މި ދައުލަތުގެ އިދާރާތަކާއި ވުޒާރާތައް. ތިމަންނާއީ ދައުލަތް ކަމަށް ދެކުމުގެ ޖާގައެއް ނެތް،" ނަޝީދު ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނަށް ލާދީނީއޭ ކިޔާ މައްސަލައިގައި ނަޝީދު ވާހަކަ ދައްކަވާފައި މި ވަނީ މީހުން ކާފަރު ކުރުން މަނާކޮށް ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅައިފަ އޮއްވަ އެވެ.

ކާފަރު ކުރުން ޖިނާއީ ކުށަކަށް ހެދުމަށް އިސްލާހު ހުށަހެޅުމުން ކުރިމަތިވި ޕްރެޝަތުތަކާއެކު އިސްލާމް ދީނާ ދެކޮޅު ވާހަކަ ދެއްކުމާއި ދީނަށް ހަޖޫޖެހުން މަނާކޮށް ވެސް އާ އިސްލާހެއް ވަނީ ހުށަހަޅައިފަ އެވެ.

ލާދިނީއޭ ކިޔަނީ ނަފްރަތު އުފައްދަން: ނަޝީދު

އެ ބަހުސްތައް ކުރަމުން ދަނިކޮށް ނަޝީދު މިއަދު އާންމު ކުރެއްވި ލިޔުމުގައި ވިދާޅުވީ އެމަނިކުފާނަށް ލާދީނީ ބޭފުޅެކޭ ކިޔަނީ މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ކަމަށެވެ.

"އަނެކާއަކީ ގޯސް މީހެއް ގޮތުގައި ދެއްކުމަށް ބުނާ ބުނުމެއް. ބުނެވޭން ހުރި ނުރަނގަޅު ބަސްތައް މަދުކަމުގެ ސަބަބުން ބުނާ ބަސްތަކެއް ކަމަށް ލަފާ ކުރަން،" ނަޝީދު ވިދާޅުވެފައިވެ އެވެ.

އެ ލިޔުމުގައި ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި ވަގުތު "އަޅުގަނޑުގެ ހިތައްވަދެ އަދި ދުލުން ކިޔަމުންގެންދެވުނު ބަސްތަކަކީ ޝަހާދަތުގެ ދެކަލިމައިގެ ބަސްތައް" ކަމަށެވެ.

"އަޅުގަނޑުގެ ނަސީބު ގަދައީ. މިފަދަ ސާފު ސާދާ ގޮތުގައި އީމާންތެރިކަން އިހުނަށްވުރެ ވަރުގަދަވުމަށް މާތް ﷲ އަނެއްކާ ވެސް މެދުވެރިކުރެއްވީ،" ނަޝީދު ވިދާޅުވެފައިވެ އެވެ.

ނަޝީދު އަވަހާރަކޮށް ބޮން ގޮއްވާލީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނާ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސައިކަލެއްގަ ބޮމެއް ހަރުކޮށްގެނެވެ. އެ ހަމަލާގެ ސަބަބުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ.

ބެއަރިން ބޯލްސްތަކެއް އަޅައިގެން ވަރަށް ބާރުގަދަކޮށް ހަދާފައިވާ ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ އެމަނިކުފާނު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ.

އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއްނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox