އިސްލާހުގައި އޮތީ ކައިވެނި ހަދިޔާ ކަމަށް ބަލާނެ ގޮތް، ޓެކްސް ނުނަގާނެ!

ކައިވެނީގެ ހަދިޔާއެއް ދެނީ: ވަކި މުއްދަތެއްގެ ތެރޭގައި ކައިވެނި ހަދިޔާ ނުދޭނަމަ އިންކަމް ޓެކްސް ނެގޭ ގޮތަށް އިސްލާހެއް ވަނީ ހުށަހަޅާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކައިވެނީގެ ހަދިޔާއެއް ދެނީ: ވަކި މުއްދަތެއްގެ ތެރޭގައި ކައިވެނި ހަދިޔާ ނުދޭނަމަ އިންކަމް ޓެކްސް ނެގޭ ގޮތަށް އިސްލާހެއް ވަނީ ހުށަހަޅާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިއްޔެ ސޯޝަލް މީޑިޔާގައި އެންމެ ހޫނުކޮށް ދެކެވުނު ވާހަކައަކީ ކައިވެނީގެ ހަދިޔާއިން އިންކަމް ޓެކްސް ނެގޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހެވެ.

އެއް ބަޔަކަށް އެވީ ވަރަށް ބޮޑު ޖޯކަކަށެވެ. އަނެއް ބަޔަކު އެ އިސްލާހު ސިފަކުރީ ރައްޔިތުންގެ އަތުން ފައިސާ ނެގޭނެ އިތުރު މަގެއް ސަރުކާރުން ކޮށުމުގެ ގޮތުގަ އެވެ. އެ ފާޑުކިޔުން އިއްޔެ ރައްޔިތުންގެ މަޖިލީހުން ވެސް އިވުނެވެ.

ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ އިސްލާހުން ދޭހަވަނީ އާމްދަނީ ހޯދަން ސަރުކާރުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމެވެ.

"....އާމްދަނީ ހޯދުމަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަން އެބަ ދޭހަވޭ. މި މާއްދާގެ މި ނަންބަރުން އިތުރުކުރެވޭ ނަންބަރުގައި މިއޮތީ ކައިވެނި ކުރާ ފަރާތްތަކަށް މަންމައާއި ބައްޕައާ އެދޭ ހަދިޔާއިން ޓެކްސް ނެގޭ ވާހަކަ. މި ހުންނަނީ ސަރުކާރެއް ޑެސްޕަރޭޓްވެފައި އޮތް މިންވަރު،" ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ބިލުގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ޖުމްލަ 53 އިސްލާހު ހުށަހެޅުއްވި އެވެ. އޭގެ ތެރޭގައި ވަރަށް މުހިއްމު އިސްލާހުތަކެއް ހިމެނުނު ނަމަވެސް، މަތިން މަތިން ބަލައިލި ކޮންމެ މީހެއްގެ ލޮލުގައި އަޅައިގަތީ ކައިވެނި ހަދިޔާއިން އިންކަމް ޓެކްސް އިސްތިސްނާ ކޮށްފައި އޮތް މާއްދާއަށް ގެންނަ ބަދަލެވެ.

ދެހާސް ނަވާރަވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮތް ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކުން ޓެކްސް ދެެއްކުން އިސްތިސްނާވެ އެވެ.

ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމަ އެވެ.

އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކީ ލިބުނު އާމްދަނީއެއް ކަމަށް ބަލައި، ޓެކްސް ހިނގާނެ އެވެ.

މިހާރު ވެސް އަދި ދެން ވެސް ކައިވެނީގެ ހަދިޔާއިން ޓެކްސް ނުނަގާނެ

ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް މިއަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި، ކައިވެނި ހަދިޔާއަށް ހުށަހެޅުނު އިސްލާހާ ގުޅުވައި ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ކަމަށެވެ.

އެގޮތުން، މިހާރު ގާނޫނު އޮތް ގޮތުން ވެސް އަދި ދެން ވެސް ކައިވެނީގެ ހަދިޔާއަށް އިންކަމް ޓެކްސް ނުހިނގާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައެއް ނޫސްތަކުން ވެސް ރިޕޯޓުކުރި ގޮތުން ގިނަ ބޭފުޅުންނަށް ހީވެފައިއޮތީ މިއުޅެނީ ކައިވެނި ހަދިޔާއިން ވެސް ޓެކްސް ނަގަންހެން. އެކަމަކު މިހާރު ވެސް އަދި އިސްލާހު ގެނައިމަ ވެސް ކައިވެނި ހަދިޔާ އިންކަމް ޓެކްސްއިން އިސްތިސްނާވާނެ،" ސަރުވަޝް ވިދާޅުވި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވައި ސަރުވަޝް ވިދާޅުވި ގޮތުގައި، ކައިވެނި ހަދިޔާއިން އިންކަމް ޓެކްސް އިސްތިސްނާވާނެ ވަކި މުއްދަތެއް އިސްލާހުގައި ހިމެނީ ގާނޫނުގައި އޮތް ކަމަށް ފާހަގަކުރެވުނު ބާގަނޑެއް ބެއްދުމަށްޓަކައި ކަމަށެވެ.

އެގޮތުން، ގާނޫނުގެ ދަށުން ގަވައިދުތައް ހެދިއިރު، އެ ގަވައިދުގައި ވެސް އެ މުއްދަތު ހިމެނި ނަމަވެސް، އެ އިސްލާހުގައި އެބައި ހިމެނީ، ސީދާ ގާނޫނުގައި އެކަން އޮތުން މުހިއްމުކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން ކުރަން ޖެހުނު ސަބަބު ސާފުކޮށް ދެއްވަމުން ސަރުވަޝް ވިދާޅުވީ، އެ އިސްތިސްނާ ވަކި މުއްދަތެއް ނެތް ގޮތަށް ދީފައި އޮތުމުން، ޓެކްސް ދެއްކުމުން ރެކި ގަތުމަށް އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮންނަ ކަމަށެވެ.

"މިސާލަކަށް ދަންނަވަންޏާ ކައިވެނި ކުރާތާ އެއް އަހަރު ނޫނީ 10 އަހަރު ފަހުން ވެސް، ކައިވެނީގެ ހަދިޔާއެކޭ ކިޔާފަ ދޭންވީ އެއް މިލިއަން ރުފިޔާ ވެސް. އެހެންވީމާ އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ އެއީ ގާނޫނުގައި އޮތް ބޮޑު ލޫޕްހޯލެއް ކަމަށް،" ސަރުވަޝް ވިދާޅުވި އެވެ.

އޭނާ ސީދާ ވިދާޅުނުވި ނަމަވެސް، އެ އިޝާރާތް ކުރެއްވީ ހާއްސަކޮށް މުއްސަނދިންނަށް ޓެކްސް ނުދައްކަންވެގެން، ކައިވެނީގެ ހަދިޔާގެ ނަމުގައި ގާނޫނުގައި އޮތް ބާގަނޑަކަށެވެ.

މިސާލަކަށް ޓެކްސް ދައްކަންޖެހޭ އަދަދު ހަމަވުމުން، ޓެކްސް ނުދައްކަންވެގެން ދަރިއަކަށް ނޫނީ އާއިލާގެ ކޮންމެވެސް މީހަކު މާ ކުރިން ކޮށްފައި އޮތް ކައިވެންޏެއްގެ ހަދިޔާއެކޭ ކިޔާފައި، އެ ފައިސާ ހަދިޔާ ކުރުމުގެ ފުރުސަތު އޮންނާތީ އެވެ.

ނަމަވެސް، ސަރުވަޝް ވިދާޅުވި ގޮތުގައި، އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް ކައިވެންޏެއްގެ 30 ދުވަސް ކުރިން ނޫނީ 30 ދުވަސް ފަހުން ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ކިތަންމެ ބައިވަރު ފައިސާއެއް ނޫނީ މުދަލެއް ދިނަސް، އެ ދޭ އެއްޗެއް ދެން ވެސް އިންކަމް ޓެކްސުން އިސްތިސްނާވާނެ ކަމަށެވެ.

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން، މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އެގޮތުން، މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.

އޭގެ މާނައަކީ، އެ އިސްލާހުގައި ބުނާ މުއްދަތު ފަހަނަ އެޅިޔަސް، ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އާއިލާ މީހަކު ދޭ އެއްޗަކާއެކު އެ މަހަކު ލިބުނު އާމްދަނީ 60،000 ރުފިޔާއަށް ނާރާނަމަ، ޓެކްސް ދައްކަން ނުޖެހޭނެ އެވެ.

ވީ ގޮތް މި އެނގުނީ މަޖިލީހަށް ހުށަހެޅި އިސްލާހު ކިޔާލީމަ އެވެ. ކައިވެނި ހަދިޔާ ނަމަ އެއަކުން ޓެކްސްއެއް ނުނަގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox