އާއިލާއިން ދެއްކި ސާބިތުކަން، ނަބާގެ ހުވަފެން ހަގީގަތަކަށް

 އާއިލާއިން ދެއްކި ސާބިތުކަން، ނަބާގެ ހުވަފެން ހަގީގަތަކަށް

ގައުމީ ބެޑްމިންޓަން ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) މީގެ އަހަރުތަކެއް ކުރިން ހުރީ ދިރިއުޅުމުގެ މުހިއްމު ނިންމުމެއް ނިންމަން ޖެހިފަ އެވެ. ބެޑްމިންޓަނަށް އޮތް ލޯތްބެއްގެ ސަބަބުން އެ ކުޅިވަރުން ކުރިއަށްދާން ވެސް ބޭނުމެވެ. އަނެއްކޮޅުން ކިޔަވައިގެން ރަނގަޅު މުސްތަގުބަލެއް ހޯދުން ވެސް އެއީ ވަރަށް މުހިއްމު ކަމެެކެވެ. އެ އުނދަގޫ ވަގުތުގައި ނަބާ އަތުގައި ހިފީ އަބަދުވެސް އޭނާ އަށް އެންމެ އެހީތެރިވެދޭ އާއިލާ އިންނެވެ.

"އާއިލާގެ ފަރާތުން އަބަދުވެސް ލިބޭ ސަޕޯޓާއި ހިތްވަރުގެ ސަބަބުން އަހަންނަށް ގޮތެއް ނިންމަން ފަސޭހަވި. އެއީ ފުލް ޓައިމް އެތުލީޓެއްގެ ގޮތުގައި ބެޑްމިންޓަން ކެރިއަރު ކުރިއަށް ގެންދަން،" އަންނަ މަހު ޓޯކިޔޯގައި ފަށާ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު މިއަދު ލިބުނު ނަބާ އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

ޒުވާން އުމުރުގައި އާއިލާގެ ސަޕޯޓާ އެކު ދެބެން ކަމަށްވާ ނަބާ އާއި އައިމިނަތު ނަބީހާ (ނަބީ) ބެޑްމިންޓަނަށް އަންނަނީ އެކުއެކީގަ އެވެ. ގައުމީ ޓީމުގައި ވެސް ދެ ކުޅުންތެރިންގެ މަސައްކަތް އެންމެ ފުރަތަމަ ގުޅުނު ޖޫނިއާ ޕޫލުން ފެށިގެން ދިޔައީ ފެންނަމުންނެވެ. ކޮންމެ ކޯޗެއް ކަހަލަ ގޮތަކަށް ދެބެންގެ ހުނަރަށް ތައުރީފުކޮށް ހެދި އެވެ. ކޮންމެ މުބާރާތެއްގައި ވެސް ވާދަކުރާއިރު، ދެބެންގެ ފަރާތުން ފެންނަމުންދިޔައީ މޮޅުވުމާއި ކުރިއެރުމުގެ ރޫހެވެ.

ރާއްޖެ އަށް އެންމެ ފުރަތަމަ ބެޑްމިންޓަނުން ރަން މެޑަލެއް ހޯދައިިދިނީ 2019 ވަަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި އަންހެން ސިންގަލްސް ބައިން ނަބީ އެވެ. އެ އަހަރު ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ގަބޫލުކުރާ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް ހޯދައިދިން ފުރަތަމަ ކުޅުންތެރިންގެ ތެރޭގައި ނަބީ އާއި ނަބާ ހިމެނުނެވެ. އެއީ 2019 ވަނަ އަހަރު ޕާކިސްތާންގައި ބޭއްވި މުބާރާތުގެ އަންހެން ޑަބަލްސް އިން ހޯދި ރަން މެޑަލާ އެކު އެވެ. އެ މުބާރާތުން ނަބާ އާއި ޒަޔާން ޒަކީ ވަނީ މިކްސް ޑަބަލްސް ބައިން ވެސް ރަން މެޑަލް ހޯދައިފަ އެވެ.

2019 ވަނަ އަހަރުގެ އައިއޯއައިޖީ އަށް ފަހު ނަބީ (ކ) އާއި ނަބާ މެޑަލްތައް ދައްކާލަނީ.

ބައިނަލްއަގުވާމީ މުބާރާތްތަކުން މިހާތަނަށް އެތައް މެޑަލްތަކެއް މެޑަލް ނަބާ އަށް ލިބުމުގައި އުނދަގޫ އެތައް ކަމަކާ ކުރިމަތިލާން ޖެހުނަސް ސާބިތުކަންމަތީ ކެރިއަރު ކުރިއަށްގެންދެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. އެއީ ހާއްސަ އެތައް ކަމެއް ހާސިލްކުރަން ވެސް ބޭނުންވާތީ އެވެ. އޭގެ ތެރެއިން އެއް ހުވަފެނެއްގައި ކުލަޖެހުނީ މިއަދު އެވެ. އޮލިމްޕިކްސް އިން ފުރުސަތު ލިބުމުންނެވެ.

"ވަރަށް ބައިވަރު ކާމިޔާބީ ލިބިއްޖެ. އެކަމަކު އަބަދުވެސް ދެކެމުން އައި ހުވަފެނަކީ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރުން. މިއަދު އެ ހުވަފެން ހަގީގަތަކަށް މިވީ،" ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާގެ ޝަރަފް ހޯދި ނަބާ ބުންޏެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ޓޯކިޔޯ އޮލިމްޕިކްސް އަށް އަމާޒުކޮށް ފެށި ޓްރެއިނިން ޕްރޮގްރާމްގައި ނަބާ އާއި ނަބީ އެކުގައި ބައިވެރިވި އެވެ. ބެޑްމިންޓަން ހަޔާތުގައި ވެސް ނަބާއާ އަބަދުވެސް އެންމެ ގާތުގައި ހުންނަނީ ނަބީ އެވެ. ދެ މީހުންގެ ކާމިޔާބީގައި އެކަކު އަނެކަކުގެ ހިއްސާ ނުހަނު ބޮޑެވެ.

"ހާއްސަކޮށް ދައްތަ ނަބީ އަށް ޝުކުރު އަދާކުރަން ބޭނުން އަބަދުވެސް ގާތުގައި ހުންނާތީ،" ނަބާ ބުންޏެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި ބޭރުގެ ކުޅުންތެރިންނާއި ކޯޗުން ނަބީ އާއި ނަބާގެ ނަން ފާހަގަކުރަނީ ވެސް "އަބްދުލް ރައްޒާގް ސިސްޓާސް" މިހެނެވެ. އެއީ ނަބީ އާއި ނަބާގެ ޖޯޒީ ފުރަގަހުގައި ޖަހާފައިވަނީ ބައްޕަގެ ނަން ކަމަށްވާތީ ދެ ކުޅުންތެރިންނާ މުހާތަބުކުރަން ފަސޭހަ އަކަށް ކޯޗުންނާއި ކުޅުންތެރިން ކިޔައި އުޅޭ ނަމެކެވެ.

އޮލިމްޕިކްސް އިން ނަބާ އަށް ފުރުސަތު ލިބުނީ ޓްރައިޕާޓައިޓް ސްލޮޓެއްގަ އެވެ. މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީީއޭއެމް) އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަދި އިންޓަނޭޝަނަލް ފެޑެރޭޝަންތައް ގުޅިގެން ކުރެވޭ މަސައްކަތާއި ކުޅުންތެރިޔާގެ އެހެނިހެން މުހިއްމު ރޭންކިންތަކާއި ބައިނަލްއަގުވާމީ މެޗުތަކުގެ ނަތީޖާ އަށް ބެލުމަށް ފަހު ލިބޭ ފުރުސަތެކެވެ.

މެޗެއްގެ ތެރެއިން ނަބާ ޝަޓްލް ފޮނުވާލަނީ.

ނަބާ ވަނީ ބެޑްމިންޓަން އެސޯސިއޭޝަނާއި އޮލިމްޕިކް ކޮމިޓީން އޭނާ އަށް މިހާތަނަށް ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ. އެއީ ބެޑްމިންޓަން ރޭންކިންގައި ކުރިއަށްދާން ފުރުސަތު ލިބުނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރަން ބެޑްމިންޓަން އެސޯސިއޭޝަނުން ފަހިކޮށްދިން ފުރުސަތުތަކުން ކަމަށާއި އަދި ކެރިއަރުގައި އިތުރު ކަންކަން ހާސިލްކުރަން އޮލިމްޕިކް ކޮމިޓީން ދިން ސްކޮލާޝިޕުން ވަރަށް ބޮޑު ފައިދާއެއް ކުރި ކަަމަށް ނަބާ ބުންޏެވެ.

މި ވަގުތަކީ އޮލިމްޕިކްސް އަށް ތައްޔާރުވާން ޓްރެއިނިން އަށް ބަލާއިރު އެންމެ ފަސޭހަ ވަގުތެއް ނޫނެވެ. ރަނގަޅަށް ޓްރެއިނިންތައް ކުރިއަށްގެންދަން ނަބާ އަށް ވެސް ގޮންޖެހުންތައް އެބަހުއްޓެވެ. އޭނާ ބުނީ މި ހުރި އުނދަގޫތަކުގެ ތެރެއިން ވެސް ރަނގަޅު ކުޅުމެއް އޮލިމްޕިކްސްގައި ދައްކަން ބޭނުންވާ ކަމަށެވެ.

"އެންމެ މޮޅު ކުޅުން އޮލިމްޕިކްސްގައި ދެއްކޭތޯ މަސައްކަތް ކުރާނަން. އަދި މި ތަޖުރިބާގެ އަލީގައި ކުރިއަށް އޮތްތަނުގައި ރާއްޖެ އަށް އިތުރު ކާމިޔާބީތައް ހޯދައިދޭން ބޭނުން،" ނަބާ ބުންޏެވެ.

ނަބާ އަކީ އޮލިޕިކްސްގައި ބެޑްމިންޓަނުން ރާއްޖެ ތަމްސީލްކުރާނެ ދެ ވަނަ ކުޅުންތެރިޔާ އެވެ. އެންމެ ފުރަތަމަ އެކަން ހާސިލްކުރީ 2012 ވަނަ އަހަރު ލަންޑަން އޮލިމްޕިކްސްގައި ވާދަކުރި މުހައްމަދު އަޖުފާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox