ބާކީ 50 ދުވަސް: އޮލިމްޕިކްސް ބޭއްވޭނެކަން ޔަގީނެއް ނޫން!

Jun 3, 2021, 4:43 AM
ބާކީ 50 ދުވަސް: އޮލިމްޕިކްސް ބޭއްވޭނެކަން ޔަގީނެއް ނޫން!

ޓޯކިޔޯ (ޖޫން 3) - ޓޯކިޔޯ އޮލިމްޕިކްސް ފެށެން ބާކީ 50 ދުވަހަށް ވެފައިވާއިރު، މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ޖަޕާނުގައި އެ ގޭމްސް ބޭއްވިދާނެތޯ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށް ޖަޕާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

މިދިޔަ އަހަރު ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރި އޮލިމްޕިކްސް މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރަކީ ކޮވިޑްގެ ނުރައްކާތެރިކަން ވަރަށް ބޮޑުވެ، އަމުދުން އެ ވައިރަހަށް ވެކްސިނެއް ވެސް ނެތް ދުވަސްވަރަކަށްވާތީ އެވެ. އެކަމަކު މި އަހަރު އެތައް ވެކްސިނެއް އޮވެމެ އޮލިމްޕިކްސް ބާއްވަން އޮތް ގޮންޖެހުމަކީ ޖަޕާނުގައި ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތުމެވެ. އެ ގައުމުގައި ވެކްސިންގެ ރޯލްއައުޓް ދިޔައީ ރަނގަޅަށް ނޫން ކަމަށް އެ ގައުމުގެ ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.

އެހެންވެ، ޖަޕާނުގެ ގިނަ ބަޔަކު އަންނަނީ އޮލިމްޕިކްސްއާ ދެކޮޅަށް އަޑުއުފުލައި މި އަހަރު އެ މުބާރާތް ނުބާއްވަން ގޮވާލަމުންނެވެ. ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ހިމެނޭގޮތަށް 6000 އަށް ވުރެ ގިނަ މީހުން ތަމްސީލުކުރާ މެޑިކަލް ގްރޫޕަކުން ވެސް ވަނީ އޮލިމްޕިކްސް ފަސްކުރަން ޖަޕާނު ސަރުކާރަށް ގޮވާލައިފަ އެވެ.

މި ފަހަރު އޮލިމްޕިކްސްގައި ވޮލަންޓިއަރުންގެ ގޮތުގައި އެހީތެރިވާން ރަޖިސްޓްރީކުރި 80،000 މީހުންގެ ތެރެއިން 10،000 މީހުން އިއްޔެ ވަނީ ވޮލަންޓިއަރުކަމުން ވަކިވެފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިތުުރު ވޮލަންޓިއަރުން ވެސް ވަކިވާނެ ކަމަށް ޖަޕާނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޖަޕާނުގެ ގިނަ ޖަމިއްޔާތަކެއް ވެސް ބައިވެރިވެގެން އޮލިމްޕިކްސްއާ ދެކޮޅަށް ހިންގާ އަޑުއުފުލުމުގެ ހަރަކާތްތައް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަސްތެރޭގައި އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެއީ އަންނަ މަހު 23 ވަނަ ދުވަހު އޮލިމްޕިކްސް ފެށުމުގެ އެއް މަސް ކުރިން މުބާރާތް ފަސް ކުރަން ޕްރެޝަރު ކުރުމުގެ ގޮތުންނެވެ.

މި ވަގުތު ޖަޕާނުގައި ކޮވިޑްގެ އެކްޓިވް 54،290 ކޭސް އެބައޮތެވެ. މިހާތަނަށް މުޅި އެއްކޮށް ޖަޕާނުގައި 752،875 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އޮލިމްޕިކްސް ފަސްކުރުމުގެ ވިސްނުމެއް އަދި ނެތް: އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ

ޖަޕާން ސަރުކާރުން މީގެ ކުރިން ވެސް ވަނީ ދެ ވަނަ ފަހަރަށް އޮލިމްޕިކްސް ފަސްކޮށްފިނަމަ މާލީ ގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއް ވާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ހުރިހާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ކަށަވަރުކޮށްގެން އޮލިމްޕިކްސް ޝެޑިއުލާ އެއްގޮތަށް ބާއްވަން ޖަޕާނު ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

މިދިޔަ ހަފްތާގައި ސީއެންއެން އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)ގެ މެމްބަރު ޑިކް ޕައުންޑް ވިދާޅުވީ އޮލިމްޕިކްސް ކެންސަލްކުރުން ނޫނީ ފަސްކުރުމުގެ ވިސްނުން ނެތް ކަމަށާއި މިހާ ގާތްވެފައިވަނިކޮށް އޮލިމްޕިކްސް ފަސްކުރެވޭނެ ގޮތެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.

ޕައުންޑް ވިދާޅުވީ އައިއޯސީން އަންނަނީ ކޮވިޑް ރައްކާތެރިކަން ކަށަވަރުކުރުމަށް އެކި މަސައްކަތްތައް ކުރަމުން ކަމަށެވެ.

އެގޮތުން އައިއޯސީ އިން ވަނީ އެތުލީޓުންނާއި ކޯޗިން ސްޓާފުން އަދި ޑެލިގޭޝަން މެމްބަރުން އަމަލުކުރަން ޖެހޭ ގޮތަށް ކޮވިޑް ޕްރޮޓޮކޯލަށް ހާއްސަ "ޕްލޭބުކް" ކިޔާ އަތްމަތީ ފޮތެއް ނެރެފަ އެވެ. އޭގައިވާ ގޮތުން ދުރާލާ ވެކްސިން ދެ ޑޯޒު ފުރިހަމަ ކުރުން އެއީ ލާޒިމް ކަމެކެވެ.

ވެކްސިން ޑޯޒްތައް ފުރިހަމަކޮށް އޮލިމްޕިކްސްގައި ވާދަކުރަން ޖަޕާނަށް ދިޔަ އެންމެ ފުރަތަމަ ޓީމަކީ އޮސްޓްރޭލިއާގެ ސޮފްޓްބޯލް ޓީމެވެ. އެ ޓީމުން ވަނީ މީގެ ދެ ދުވަސް ކުރިން ޖަޕާނަށް ގޮސްފަ އެވެ.

ޖަޕާނުގެ ސިޓީއެއް ކަމަށްވާ ކުރުމޭގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދަން އޮތް ކެންޔާ ޓީމުގެ ދަތުރު ވަނީ އިއްޔެ ކެންސަލްކުރަން ޖެހިފަ އެވެ. އެއީ ކުރުމޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެވެ.

ކުރުމޭ އަށް ކެންޔާ ޓީމު ދާން އޮތީ އަންނަ މަހުގެ ހަތް ވަނަ ދުވަހު އެވެ. ކުރުމޭ އިން ކެންޔާ އޮލިމްޕިކް ކޮމިޓީ އަށް ފޮނުވާފައިވާ ސިޓީގައިވާ ގޮތުން ޕްރީ އޮލިމްޕިކްސް ޓްރެއިނިން ކޭމްޕްތަކަށް ކުރުމޭގައި ގާއިމްކުރި ޓްރެއިނިން ސެންޓަރުތައް މިހާރު ވަނީ ކޮވިޑްގެ ވެކްސިން ސެންޓަރަކަށް ބޭނުންކުރަން ފަށައިފަ އެވެ.

އައިއޯސީގެ ބައެއް މެމްބަރުންނާ ހަވާލާދީ ޔޫރަޕްގެ އެކި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އަދިވެސް އޮލިމްޕިކްސް ބޭއްވޭނެކަމާ މެދު ފުރިހަމަ ޔަގީންކަމެއް ނެތެވެ. އެއީ ގައުމެއްގެ އާންމު ރައްޔިތުންނާ ދެކޮޅަށް ގޭމްސްއެއް ހޯސްޓްނުކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox