މާދަމާ ރޭ ކާޑު ހިދުމަތް މެދުކެނޑޭތީ ބީއެމްއެލްގެ ކަސްޓަމަރުން ސަމާލުވާންވީ ކަންކަން

ބީއެމްއެލްގެ އެމެކްސް ގޯލްޑް ކާޑެއް: ބީއެމްއެލްގެ ހުރިހާ ކާޑު ހިދުމަތެއް 11 ގަޑިއިރަށް މެދުކެނޑޭނެ -- ފޮޓޯ: ބީއެމްއެލް

ބީއެމްއެލްގެ އެމެކްސް ގޯލްޑް ކާޑެއް: ބީއެމްއެލްގެ ހުރިހާ ކާޑު ހިދުމަތެއް 11 ގަޑިއިރަށް މެދުކެނޑޭނެ -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި މާދަމާ ރޭ 10:00 އިން ފެށިގެން ހުކުރު ދުވަހުގެ ހެދުނު 9:00 އަށް، ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލް ހޯދާލުމަށް "އަދަދު"ން ވަނީ ބީއެމްއެލްގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދުއާ ވާހަކަ ދައްކާފަ އެވެ.

ކާޑު ސިސްޓަމް އަޕްގްރޭޑްކުރަނީ ކޮން ބޭނުމަކު؟

މިއީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމަށާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ކުރެވޭ މުހިންމު މަސައްކަތެއް. މި މަސައްކަތް ކުރުމަށް ވަގުތު ކަނޑައެޅިފައި މިވަނީ ކަސްޓަމަރުންނަށް ވީހާވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައ

މެދުކެނޑޭނީ ކޮން ހިދުމަތްތަކެއް؟

މި މަސައްކަތްތައް ކުރެވެމުންދާ ވަގުތުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި އަޅުގަނޑުމެން ދެމުންދާ އެންމެހާ ކާޑުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑޭނެ. އެހެން ކަމުން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މާޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭގެ ހިދުމަތާއި ބީއެމްއެލް އިން ދޫކޮށްފައިވާ ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމާއި ފައިސާ ފޮނުވުމުގެ އިތުރުން ޑިޖިޓަލް ޕިންގެ ހިދުމަތްވެސް މެދު ކެނޑޭނެ.

އެ ގަޑީގައި އިންޓަނެޓް ބޭންކިން ބޭނުން ކުރެވޭނެތަ؟

ކާޑުގެ ހިދުމަތްތައް މެދުކެނޑިގެން ދާ ވަގުތުގައި ވެސް އިންޓަރނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ. އެހެން ކަމުން ކަސްޓަމަރުންނަށް އެކައުންޓް ބެލެންސް ޗެކް ކުރުމާއި، އެކައުންޓުން ފައިސާ ޓްރާންސްފާ ކުރުމާއި އެކައުންޓް ހިސްޓްރީ ވެސް ޗެކް ކުރެވޭނެ. އަދި މީގެ އިތުރުން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތްތަކަށް އެދި ހުށަހެޅުމާއި ބޭންކަށް މެސެޖް ނުވަތަ މެއިލް ވެސް ފޮނުވޭނެ.

ރާއްޖޭން ބޭރުގައި ކާޑުން ހިދުމަތް ހޯދާ ނަމަ ހަދަންވީ ކިހިނެއް؟

ކުރިން ވެސް ދެންނެވިހެން މި މަސައްކަތް ކުރުމަށް ވަގުތު ކަނޑައެޅިފައި ވަނީ ކަސްޓަމަރުންނަށް ވީހާ ވެސް ދަތިތަކާ ދިމާނުވާނެހެން ބަލާފައި. އެހެން ނަމަވެސް މި ވަގުތާ ދިމާކޮށް ކާޑު ބޭނުންކޮށްގެން މުއާމަލާތެއް ކުރަންޖެހޭ ނަމަ އެ މުއާމަލާތެއް ކުރިން ނިންމުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން. މި ގޮތުން ހޮޓަލަކުން ޗެކް-އައުޓް ވާންޖެހޭ ވަގުތު ފައިސާ ދައްކަން ޖެހޭ ހާލަތެއް މެދުވެރިވާ ނަމަ، ނުވަތަ އޭޓީއެމްއިން ފައިސާ ނެގުން ފަދަ ކަންކަން ކުރީބައިގައި ނިންމުމަށް ދަންނަވަން. އަދި މީގެ އިތުރުން އޮންލައިންކޮށް ފައިސާ ދައްކަން ޖެހޭ ފްލައިޓް ޓިކެޓް، ބިލް ނުވަތަ ސަބްސްކްރިޕްޝަނެއްގެ ސުންގަޑި ހަމަވާނަމަ އެކަން ވެސް ކުރިން ނިންމެވުމަށް ދަންނަވަން.

ހުކުރު ދުވަހު ހެނދުނު އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ދެމުންދާނެ ކަމަށް ބޭންކުން މައުލޫމަތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox