އެކުވެރިޔާ މަރުވި އެކްސިޑެންޓުން ފިލި ކަމަށް އިންކާރުކޮށްފި

އެކްސިޑެންޓްގައި މަރުވި ޔަޒްދާން: އެކުވެރިޔާ ވަނީ ފިލި ކަމުގެ ތުހުމަތަށް އިންކާރުކޮށްފައި

އެކްސިޑެންޓްގައި މަރުވި ޔަޒްދާން: އެކުވެރިޔާ ވަނީ ފިލި ކަމުގެ ތުހުމަތަށް އިންކާރުކޮށްފައި

މާލޭގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ، އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ އެކްސިޑެންޓް ހިނގީ ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް މަގުމަތީ ބާއްވާފައި އޮތް ގާޑިޔަލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި މަރުވީ ސައިކަލް ފަހަތުގައި އިން އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އަލީ އެވެ. އޭޑީކޭ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

Advertisement

މަރުގެ އެކްސިޑެންޓަށްފަހު ވެސް ޔަޒްދާން ކޮޅަށް ތެދުވެ، ހިނގައިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވެ އެވެ. އެ ވީޑިއޯގައި ފެންނަ ގޮތުން ޔަޒްދާން ހިނގައިގަތްތަނާ އެކު ވެއްޓުނެވެ. އޭރު އޭނާގެ ކަރުން ވަރަށް ގިނަ ލޭ ފައިބަމުން ދިޔަ އެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކުރީ ސައިކަލް ދުއްވަން އިން އަހުމަދު އާތިފް އަބްދުﷲ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކުރިމިނަލް ކޯޓުގައި މަޖިލީހެއް ބޭއްވި އެވެ.

އެ މަޖިލީހުގައި އޭނާ ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

އެ ހާދިސާގައި މަރުވީ ރަހުމަތްތެރިއެއް ކަމަށް އެއްބަސްވުމުން ބުނީ އެކަން ހިންގުމުން ފިލީ ނޫން ކަމަށެވެ. އެތަނުން ދާން ޖެހުނު ސަބަބެއްގެ ގޮތުގައި ދެއްކީ ތިން މަހުގެ ދަރިފުޅެވެ.

ބަންދުގެ މަޖިލީހުގައި އޭނާ ބުނިގޮތުގައި، އެ އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް ބަންދުގައި ހުންނަން ޖެހިއްޖެ ނަމަ ތިން މަހުގެ ދަރިއަށް އަޅާލާނެ މީހަކު ނުހުންނާނެ އެވެ.

ނަމަވެސް، މައްސަލާގައި އޭނާގެ މައްޗަށް ކުރެވެނީ މަރުގެ ބޮޑު ތުހުމަތަކަށްވާތީ، އޭނާ ބަންދު އިތުރު ކުރަން ޖެހޭ ކަމަށް ގާޒީ ސަފްއަތު ހަބީބު ނިންމެވި އެވެ.

އޭނާގެ މައްޗަށް 10 ދުވަހުގެ ބަންދެއް ގާޒީ ޖެހީ، އޭނާއަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ މީހެއް ކަމާއި އޭނާ ފިލާފާނެ ކަމަށް ބެލެވޭތީ ކަމަށް ވެސް ގާޒީ ނިންމަވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox