ދީނަށް ހަޖޫޖެހުމާއި ފުރައްސާރަކުރުމަކީ މިހާރު ވެސް ގާނޫނުލްއުގޫބާތުގައި ކުށެއް!

ރަސޫލާ އަށް ފުރައްސާރަކުރުމާ ދެކޮޅަށް މީހަކު އަޑުއުފުލަނީ. --ފޮޓޯ: އަހުމަދު ޝުރާއު

ރަސޫލާ އަށް ފުރައްސާރަކުރުމާ ދެކޮޅަށް މީހަކު އަޑުއުފުލަނީ. --ފޮޓޯ: އަހުމަދު ޝުރާއު

މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ފަދަ ނަފުރަތު އުފެދޭ ވާހަކަތައް ދެއްކުން ކުށަކަށް ހަދަން ގާނޫނުލްއުގޫބަތަށް އިސްލާހު ހުށަހެޅުމާއެކު، އެންމެ ގިނަ ބައެއްގެ ސުވާލަކަށްވީ ދީނަށް ފުރައްސާރަ ކުރުން ކުށަކަށް ހަދަން ނޫޅެނީ ކީއްވެތޯ ކަމާ އެވެ.

ނަމަވެސް، މިއީ އާންމުކޮށް ކިޔާ އަޑު ނީވުނަސް ގާނޫނުލްއުގޫބާތުގައި މިހާރު ވެސް ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެކެވެ. އެގޮތުން ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާ ހާއްސަކޮށްފައިވަނީ އިސްލާމް ދީނާ އިދިކޮޅު އަމަލުތަކުގެ ކުށްތަކަށެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުން، މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރުކުރުމަކީ ކުށެކެވެ.

އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، އެކިއެކި ލިޔުންތައް ތައްޔާރުކުރުމާއި، ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ ވެސް ކުށެކެވެ.

އޭގެ އިތުރުން، އަޅުކަންކުރަން ގެންގުޅޭ ބުދު އުފެއްދުން ނުވަތަ އަތުގައި ބެހެއްޓުން ނުވަތަ ގެންގުޅުން، ނުވަތަ ދިނުން ނުވަތަ ވިއްކުން ނުވަތަ ފެތުރުން ނުވަތަ ރާއްޖެއަށް ގެނައުމަކީ ވެސް އެ މާއްދާގައިވާ ގޮތުން ކުށެކެވެ.

މާއްދާގައިވާ ގޮތުން، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް އަމަލުކުރުމަކީ ވެސް ކުށެވެ.

މި މާއްދާގައި ހިމެނޭ ކުށްތަކަކީ، ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. މާނައަކީ، އެ ކުށުގެ އަދަބުގެ ގޮތުގައި އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލެވުމެވެ. ނުވަތަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.

ގާނޫނުލްއުގޫބާތަށް 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލު ކުރަމުން އަންނައިރު، މިހާތަނަށް މި މާއްދާގެ ދަށުން މީހަކަށް ކުށެއް ސާބިތުވި ކަމެއް ނުވަތަ މާއްދާގެ ދަށުން އެއްވެސް ދައުވާއެއް އުފުލި ކަމެއް އެނގިފައެއް ނެތެވެ.

ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަހުމަދު ޝުރާއު
ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަހުމަދު ޝުރާއު

ދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން - ފޮޓޯ: އަހުމަދު ޝުރާއު

ގާނޫނުލްއުގޫބާތަށް އަލަށް ގެންނަ އިސްލާހު

ގާނޫނުލްއުގޫބާތަށް ގެންނަން މަޖިލީހުގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ އިސްލާހަކީ ދީނީ އެއްބައިވަންތަކަން އިތުރަށް ދަމަހައްޓައި، މީހުންނާމެދު ނަފުރަތު އުފެދޭނެ ވާހަކަތައް ހުއްޓުވުމުގެ މަގުސަދުގައި ގެންނަ އިސްލާހެކެވެ.

އިސްލާހުގައިވާ ގޮތުން، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެކެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމެވެ.

މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން

ލާދިނީ އާއި ހަރުކަށި ކަމުގެ ބަހުސް

ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ލާދީނީ ވުމަކީ، ހަރުކަށި ފިކުރަށް ވުރެ ނުރައްކާ ކަމެއް ކަމަށް ހިޔާލުފާޅުކޮށްފަ އެވެ. މިއީ ހިސާން ހުށަހެޅުއްވި އިސްލާހާއެކު އުފެދިގެން ދިޔަ ބޮޑު ބަހުސެވެ.

އެކަމަކު އެއް ބަޔަކު ބުނާ ގޮތުގައި މިއީ ވަކި ކަމެއްގެ ދަރަޖަ މަތިކޮށް، ތިރިކުރަން އޮތް ވަގުތެއް ނޫން ކަމަށައި ދެ ކަމަކީ ވެސް މުޖުތަމައުން ޖާގަ ދެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅައިގެން ގޮސް، މީހުން މެރުމަށް ފަސް ނުޖެހޭ ފަދަ އެތައް ސަތޭކަ ބަޔަކު އުޅެމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު، އެ ފިކުރު ވެސް ހުއްޓުވަން މަޖުބޫރު ކަމަށް އެއް ބަޔަކު ދެކެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މާލޭގެ އާއްމު ތަނެއްގައި ވަރުގަދަ ހަމަލާއެއް ދާދި ފަހުން ދީފައިވާއިރު، ސްކޫލެއްގެ ލައިބްރަރީ ދަރިވަރުންތަކަކާއެކު ގޮއްވާލަން ރޭވި ކަމުގެ ތުހުމަތު ވެސް ބައެއްގެ މައްޗަށް އޮތީ ކުރެވިފަ އެވެ.

އެފަދަ މީހުން، އެ ފިކުރު ފުޅާކުރުމުގެ ގޮތުން މީހުން ކާފަރުކޮށް، ނަފުރަތު އުފެއްދުމުގެ އެތައް ވާހަކައެއް އަމާޒުކޮށްފައިވެ އެވެ. އެމީހުންގެ ނަފުރަތުގެ ބަސްތައް ދީނީ އިލްމްވެރިންނަށް ވެސް އަމާޒުވެ އެވެ. ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސުލްހަވެރިކަމަށްޓަކައި މިއީ ހުއްޓުވަން ޖެހޭ ކަމެއް ކަމަށް ހިޔާލުފާޅުކޮށްފައިވެ އެވެ.

ދެން އޮތީ އަނެއް ކޮޅެވެ. ދީނަށް ފުރައްސާރަކުރުމާއި ހަޖޫ ޖެހުމެވެ. ސޯޝަލް މީޑިއާގައި ދީނަށް ހަޖޫ ޖަހައި ފުރައްސާރަކޮށް ވާހަކަ ދައްކާ މީހުން ވެސް އުޅެ އެވެ. މިފަދަ މައްސަލަތައް ފެންމަތިވުމުން ވެސް އެކަށީގެންވާ ފިޔަވަޅުތައް އެކަމުގައި ނޭޅުމަކީ އާއްމުންގެ ކަންބޮޑުވުމެކެވެ. ގާނޫނުލްއުގޫބާތުގައި ވެސް އެކަން ކުށެއްގެ ގޮތުގައި އޮތްއިރު، އޭގެ ދަށުން އެފަދަ މީހުންގެ މައްޗަށް ދައުވާ ކުރެވޭ ތަނެއް ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox