ލަލީގާ ޗެމްޕިއަންކަން ހޯދައި ސިމިއޯނީ ޗުއްޓީ އަަކަށް ރާއްޖެ އަށް

May 31, 2021, 6:00 PM
ލަލީގާ ޗެމްޕިއަންކަން ހޯދައި ސިމިއޯނީ ޗުއްޓީ އަަކަށް ރާއްޖެ އަށް

އެތުލެޓިކޯ މެޑްރިޑަށް މި ފަހަރު ސްޕެނިޝް ލީގު (ލަލީގާ) ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޑިއޭގޯ ސިމިއޯނީ ޗުއްޓީ އަކަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ސިމިއޯނީ މީގެ ކުރިން ވެސް ވަނީ ސީޒަން ނިންމާލުމަށް ފަހު ޗުއްޓީ އަކަށް ރާއްޖެ އައިސްފަ އެވެ. މި ފަހަރު އޭނާ ރާއްޖެ އަށް ޗުއްޓީ ހޭދަކުރާނީ ދުނިޔޭގެ އެންމެ މަގުބޫލު ރިސޯޓްތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގަ އެވެ.

މީގެ ފަސް ވަރަކަށް ދުވަސް ކުރިން ސްޕެއިނުގެ އިބީޒާގައި ސިމިއޯނީގެ އާއިލާގެ މެމްބަރެއްގެ ކައިވެނި ކުރިއަށްދިޔައިރު، އެ ޕާޓީތަކަށް ފަހު ސިމިއޯނީ ނިންމީ އޭނާގެ އަންހެނުންނާއި ދަރިންނާ އެކު ޗުއްޓީ އަކަށް ރާއްޖެ އައުމަށެވެ.

އެތުލެޓިކޯ އަށް ކުރިން ކުޅުނު މަޝްހޫރު މިޑްފީލްޑަރު ސިމިއޯނީ އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އެ ފަހުން އެ ޓީމަށް ވަނީ ނުވަ ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު އަދި ޔޫރޮޕާ ލީގު ދެ ފަހަރު ހިމެނެ އެވެ. އެތުލެޓިކޯ އިން މި ފަހަރު ލީގު ޗެމްޕިއަންކަން ހޯދީ ހަތް އަހަރު ފަހުންނެވެ.

ސިމިއޯނީ މީގެ ކުރިން އޮފް ސީޒަނުގައި އެންމެ ފުރަތަމަ އުފަން ގައުމު އާޖެންޓީނާ އަށް ދެ އެވެ. އެކަމަކު މިހާރު އާޖެންޓީނާގައި ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެ ގައުމަށް މި ވަގުތު ދެވޭނެ ގޮތެއް ނެތެވެ.

ލަލީގާ ނިންމާލުމަށް ފަހު ސެލްޓަ ވިގޯގެ މިޑްފީލްޑަރު ޑެނިސް ސުއަރޭޒް ވެސް ވަނީ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފަ އެވެ. އަދި ލިވަޕޫލްގެ ބެލްޖިއަމް ފޯވާޑް ޑިވޮކް އޮރީގީ ވެސް މި ވަގުތު ހުރީ ޗުއްޓީ އަކަށް ރާއްޖޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox