ނިއު ރޭޑިއަންޓާއި ވިކްޓްރީގެ ސަސްޕެންޝަން ދަމަހައްޓައިފި

ލީގުގައި ނިއު އާއި ވިކްޓްރީ 2018 ވަނަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ލީގުގައި ނިއު އާއި ވިކްޓްރީ 2018 ވަނަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ކުޅުންތެރިންގެ މުސާރަ ނުދޭތީ އެފްއޭއެމުން ރާއްޖޭގެ އެންމެ ބޮޑު ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ދީފައިވާ ސަސްޕެންޝަން މިއަދު އެފްއޭއެމްގެ ކޮންގްރެސް އިން އަނެއްކާ ވެސް ދަމަހައްޓައިފި އެވެ.

އެފްއޭއެމުން އެންމެ ފުރަތަމަ ނިއު ސަސްޕެންޑްކުރީ 2019 ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ނިއު އޭރު ސަސްޕެންޑްކުރީ މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ. މިހާރު އެ ފައިސާ ނުދައްކައި ދިގުލައިދާ ކޮންމެ ދުވަހަކަށް ކަހަލަ ގޮތަކަށް ޖޫރިމަނާއާ އެކު ދައްކަން ޖެހޭ އަދަދު އަންނަނީ އިތުރުވަމުންނެވެ. ނިއުގެ ސަސްޕެންޝަން ދަމަހައްޓަން 2019 އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެފްއޭއެމް ކޮންގްރެސް އިން ފުރަތަމަ ނިންމި އެވެ. އެ ފަހަރު ނިއުގެ ސަސްޕެންޝަނާ ދެކޮޅަށް ވޯޓު ދިނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓްރީންނެވެ.

ނިއު އިން ލޯކަލް އަދި ބިދޭސީ ކުޅުންތެރިންނަށް ނުދީ ހުރި މުސާރައިގެ މައްސަލަތަކެއް ފީފާ އިން ވެސް ބަލައި އޮތީ ފިޔަވަޅު އަޅައިފަ އެވެ.

ވިކްޓްރީ އިން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަން ކޮށްފައިނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

އެ އަހަރު ވިކްޓްރީން ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ އެކަންކަމާ ގުޅޭ ގޮތުން އެފްއޭއެމުން އިންޒާރެއް ދިން ނަމަވެސް ވިކްޓްރީން އެކަންކަން ރަނގަޅު ނުކުރާތީ އެންމެ ފަހުން ނިންމީ ސަސްޕެންޑް ކުރާށެވެ. ވިކްޓްރީން މުސާރަ ނުދޭތީ އެ ޓީމަށް އެންމެ ފަހުން ކޯޗުކޮށްދިން ލާޒްލޯ ކިސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ކޮންގްރެސް އަށް އައިއިރު ވެސް ނިއު އާއި ވިކްޓްރީން މައްސަލަތައް ހައްލުކޮށްފައިނުވާތީ އެއިރު ވެސް ސަސްޕެންޝަން ދެމެހެއްޓީ އެވެ. މިއަދު ހަވީރު ޒޫމް މެދުވެރިކޮށް ބޭއްވި ކޮންގްރެސްގައި ވެސް ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން އުވާލަން ކޮންގްރެސްގައި ބައިވެރިވި 22 ކްލަބްގެ ތެރެއިން އެއްވެސް ކްލަބެއްގެ ތާއީދެއް ނެތެވެ. އެހެންވެ ސަސްޕެންޝަން އަނެއްކާ ވެސް ދެމެހެއްޓީ އެވެ.

ކޮންގްރެސްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ނިއު އާއި ވިކްޓްރީގެ އެ މައްސަލަތަކަށް ހައްލެއް ނުލިބޭތީ ކަންބޮޑުވާ ކަމަަށެވެ.

މިއަދުގެ ކޮންގްރެސްގައި އެފްއޭއެމުން ވަނީ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަށް ފުރިހަމަ މެމްބާޝިޕް ދޭން ކްލަބްތަކުގެ ވޯޓަކަށް އަހައިފަ އެވެ. ސިފައިންގެ ކްލަބަށް އެފްއޭއެމްގެ މެމްބަރުކަން ދޭން ތާއީދުކުރީ ކޮންގްރެސްގައި ބައިވެރިވި 19 ކްލަބަކުންނެވެ. އެކަމާ ދެކޮޅަށް ދެ ކްލަބަކުން ވޯޓު ދިނެވެ. ސިފައިންގެ ކްލަބަށް މެމްބަރުކަން ދިންއިރު، އެ ޓީމުން ފާއިތުވި އަހަރުތަކުގައި އެފްއޭއެމުން ބޭއްވި މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވެފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox