ތަޅައިގަތް ޒުވާނާގެ ހާލު ސީރިއަސް، އެވަރުކޮށްލީ ވައްކަމުގެ ތުހުމަތުތަކެއްގައި!

އަނިޔާވި ޒުވާނާ މާލެ ގެނައުމަށް ފުރުވާލަނީ: އަނިޔާކޮށް ތަޅައިގަތީ ވައްކަމުގެ މައްސަލަތަކާ ހެދި ކަމަަށް ވަނީ އަޑު ފެތުރިފައި - ފޮޓޯ: ކުޅުދުއްފުށި ޕިކްޗާސް

އަނިޔާވި ޒުވާނާ މާލެ ގެނައުމަށް ފުރުވާލަނީ: އަނިޔާކޮށް ތަޅައިގަތީ ވައްކަމުގެ މައްސަލަތަކާ ހެދި ކަމަަށް ވަނީ އަޑު ފެތުރިފައި - ފޮޓޯ: ކުޅުދުއްފުށި ޕިކްޗާސް

ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކޮށް އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށް ބޯފަޅާލީ ވައްކަމުގެ ގިނަ މައްސަލަތަކެއްގައި ކުރި ތުހުމަތުތަކަކާ ގުޅިގެން ކަން އެ ރަށުން މިއަދު ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ޒުވާނާ ކާރަކަށް އަރުވައިގެން ގެންގޮސް، އޭނާގެ ގައިގައި ތަަޅައި އަނިޔާކުރީ މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށް ފުލުހުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި، އެ ޒުވާނާއަށް އަނިޔާކުރީ ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދަށް ގެންގޮސްގެންނެވެ. އެއީ، ރޭގަނޑު ވަގުތު ވަރަށް އަނދިރިކޮށް އޮންނަ ސަރަހައްދެކެވެ.

ވަޒީފާއެއް އަދާކުރަމުން ނުދާ އެ ޒުވާނާއަކީ، ކުޅުދުއްފުށީ ގޭގެއަށް އާންމުކޮށް ވަދެ ވައްކަން ކުރުމުގައި އުޅޭ މީހެއް ކަމަށްވެ އެވެ. މި ފަހުން ވެސް އޭނާ ގެއަކަށް ވަދެ ވައްކަން ކުރަން އުޅޭ ތަން ފެންނަ ސީސީޓީވީ ފުޓޭޖެއް ލީކްވެފައިވެ އެވެ.

އެގޮތަށް އޭނާ ވައްކަން ކުރަން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާއިރު، އެ މައްސަލަތައް ފުލުހަށް ރިޕޯޓް ކޮށްފައި ވެސް ވެ އެވެ. ނަމަވެސް، އޭނާ ހުރީ ދޫވެފަ އެވެ.

"އެހެންވެ، އެކަމާ ހިތްހަމަނުޖެހިގެން އުނދަގޫ ބޮޑުވެގެން ބަޔަކު އެ ޒުވާނާގެ ގައިގާ ތަޅައިގަތީ ކަމަށް ބެލެވެނީ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އުނދަގޫބޮޑުވެގެން ވިޔަސް މީހެއްގެ ގައިގައި ތަޅައި އަނިޔާކުރުމަކީ ކުށަކަށްވާތީ އެފަދަ އަމަލުތައް ނުހިންގަން ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އޭނާ ހޮސްޕިޓަލަށް ގެންގޮސް މައްސަލަ ފުލުހަށް ރިޕޯޓްކުރީ އަނިޔާތަކާ އެކު ސަލާމަތްވުމަށް ދަނިކޮށް ފެނުނު ބައެކެވެ.

އޭނަށް އަނިޔާކުރި މީހުން އަދި ނުހޯދެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި، ފުލުހުން ވަނީ އަނިޔާވި މީހާގެ ބަޔާން ވެސް ނަގައިފަ އެވެ.

ކުޅުދުއްފުށި ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް "އަދަދު"އަށް ވިދާޅުވި ގޮތުގައި، ރޭ އެ ސިޓީގައި މާރާމާރީ ހިނގައިދިޔަ ގޮތް ކައުންސިލުން، ފުލުހުން މެދުވެރިކޮށް ސާފުކުރަމުންދާ ކަމަށެވެ. މިހާތަނަށް އެކަމުގެ ތަފްސީލެއް ލިބިފައިނުވާ ކަމަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމާފައިވާ އެ މީހާގެ ހާލު ސީރިއަސް އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާވޫދު "އަދަދު"އަށް ވިދާޅުވި ގޮތުގައި، ޒުވާނާގެ ބޮލުގެ ކަނާތްފަރާތުގެ ނާށިގަނޑު ފެޅި ސިކުނޑިއަށް ވަނީ ލޭ އެޅިފަ އެވެ. އޭނާގެ ހޭވެރިކަން އެބަހުރި ކަމަަށާއި، ހޮސްޕިޓަލަށް ގެންދިޔައިރަށް ވުރެން ހާލު ސީރިއަސް ނޫން ކަމަށް ދާވޫދު ވިދާޅުވި އެވެ.

"އެހެންނަމަވެސް، މިއީ ކޮންމެ އިރަކު ވެސް ހާލަތު ގޯސްވެދާނެ ކޭސްއެެއްގެ ގޮތުގައި ބަލައިގެން ފަރުވާދެމުން ދަނީ،" އޭނާ ވިދާޅުވި އެވެ.

ދާވޫދު ވިދާޅުވި ގޮތުގައި، އޭނާ މާލެ ފޮނުވަން ނިންމީ ލިބިފައި ހުރި އަނިޔާގެ ސީރިއަސްކަމުންނެވެ. ހަނިމާދޫ މަގުން މިއަދު 11:30 ގައި އޭނާ މާލެ ގެންނާނެ އެވެ.

މީގެ އަހަރުތަކެއް ކުރިން ވެސް ކުޅުދުއްފުށީގައި މިފަދަ ކަމެއް ފެންމަތިވި އެވެ. އެގޮތުން، މަސްތުވާތަކެތި ބޭނުން ކުރާ ބައެއްގެ ގައިގައި އާންމުން ނުކުމެ ތަޅައިގަތެވެ. އެކަމަކު ކުޅުދުއްފުށީ ސިޓީއަކީ އާއްމު ގޮތެއްގައި ކުށް މަދު ތަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox