ކޮވިޑާ ގުޅިގެން ބޭރަށް ނުކުމެ އުޅުން މަދުކުރަން އަންގާފައިވާތީ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މަޝްހޫރު ހާޑްވެއާ ފިހާރަ އެލްބިއަން ސްޓޯރުން ވައިބީ ކޮމިއުނިޓީއެއް ފަށައިފި އެވެ.
ގިނަ ވެރައިޓީތަކާއި ބްރޭންޑްތަކެއްގެ ކޮލިޓީ ކޮންސްޓްރަކްޝަން ސާމާނާއި ހާޑްވެއާ ވިއްކާ އެލްބިއަން ސްޓޯރުގެ ވައިބާ ކޮމިއުނިޓީން އެލްބިއަންގެ ފިހާރަތަކުން ވިއްކާ ޕްރޮޑަކްޓްތަކާއި، ޕްރޮމޯޝަންތަކުގެ އެންމެ ފަހުގެ މައުލޫމާތު ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެލްބިއަން ވައިބާ ކޮމިއުނިޓީ ގްރޫޕާ ގުޅޭގޮތުން އެ ފިހާރައިގެ އޮފިޝަލަކު ވިދާޅުވީ، މި ވައިބާ ކޮމިއުނިޓީގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ކަސްޓަމަރުންނަށް ޕްރޮޑަކްޓުތަކުގެ މައުލޫމާތު ލިބޭނެ މަގުފަހި ކުރުން ކަމަށެވެ.
ވިޔަފާރީގައި 33 އަހަރުގެ ތަޖުރިބާ ލިބިފައިވާ އެލްބިއަން ސްޓޯރުން ޓައިލްސް އާއި ކައުންޓާ ޓޮޕާއި ފާހަނާގައި ބޭނުންކުރާ ފިޓިންސްއިން ފެށިގެން ގޮސް އިމާރާތް ކުރަން ބޭނުންވާ ހުރިހާ ސާމާނެއް ލިބެ އެވެ. އެލްބިއަން ވައިބާ ކޮމިއުނިޓީން އެ ހުރިހާ ޕްރޮޑަކްޓަކާ ބެހޭ ގޮތުން ކަސްޓަމަރުން އެނގެން ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ އެވެ.
މި ކޮމިއުނިޓީގެ ތެރެއިން ބޭނުންވާ މައުލޫމާތު ހޯދައިގެން ވައިބާ ނަމްބަރަށް މެސެޖް ކުރުމުން ޑެލިވަރީގެ ހިދުމަށް ލިބޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެލްބިއަންއިން މާލޭގެ ހުރިހާ ސަރަހައްދަކަށް މުދާ ޑެލިވަރީކޮށްދެ އެވެ.











