ގޭބިސީތަކަށް 26،000، ވިޔަފާރިތަކަށް 5،000 ޕާމިޓް ދޫކޮށްފި

ލޮކްޑައުން ކުރާތީ އިއްޔެ ގިނަ ބަޔަކު ވިޔަފާރި ކުރަން ނުކުމެ: ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ޕާމިޓް ދޫކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ލޮކްޑައުން ކުރާތީ އިއްޔެ ގިނަ ބަޔަކު ވިޔަފާރި ކުރަން ނުކުމެ: ގިނަ އަދަދެއްގެ ބަޔަކަށް ވަނީ ޕާމިޓް ދޫކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

މިހާތަނަށް ގޭބިސީތަކަށް ދޫކުރާ ޕާމިޓް 26،300 މީހުންނަށް، އަދި ވިޔަފާރިތަކަށް 5،600 ޕާމިޓް ދޫކޮށްފި އެވެ.

މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. ކާފިއު ނޫން ގަޑިތަކުގައި ވެސް ގެއިން ބޭރަށް ނުކުމެވޭނީ ކޮންމެ ގެއަކަށް ދޫކޮށްފައިވާ ދެ ފާހުގެ ތެރެއިން ފާހެއް ހިފައިގެންނެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މިހާތަނަށް ގޭބިސީތަކުން އެދުނު މީހުންގެ ތެރެއިން ހުއްދަ ނުދެވި ވަނީ 6،939 މީހުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ޕާމިޓަށް އެދުމުގެ ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު އެދެމުން ދިޔަ ކަމަށާއި އޭގެ ސަބަބުން ސިސްޓަމްވެސް ޑައުންވި ކަމަށެވެ. ނަމަވެސް މިހާރު އެކަންކަން ހައްލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ، ޝަނާޒް މުހައްމަދު-- ފޮޓޯ: އެޗްއީއޯސީ
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ، ޝަނާޒް މުހައްމަދު-- ފޮޓޯ: އެޗްއީއޯސީ

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފާއި އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ، ޝަނާޒް މުހައްމަދު-- ފޮޓޯ: އެޗްއީއޯސީ

ޕާމިޓް ހޯދަން އެދޭއިރު ކަރަންޓް މީޓަރުގެ ނަމްބަރު ޖަހަން ޖެހޭއިރު ފެން މީޓަރުގެ ނަމްބަރު ޖަހައިގެން ވެސް ފޮނުވާފައި އެބަހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ބައެއް ގޭގެއިން ދެ މީހުންނަށް ވުރެން އިތުރަށް މީހުން ޕާމިޓަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހައުސް ހޯލްޑް ފާސް ހިފައިގެން ހުޅުމާލެއިން މާލެއަށް ނާދެވޭނެކަން އަންގާފައި ވީނަމަވެސް އެ ފާހުގައި ބައެއް މީހުން މާލެ އަންނަން މަސައްކަތް ކުރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. އަދި އެކަން ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ވިޔަފާރިތަކަށް ވަކި ނިސްބަތަކުން ފުލުހުން ވެސް ފާސް ދޫކުރެ އެވެ. ވިޔަފާރިތަކަށް ފުލުހުން ދޫކުރާ ހުއްދައިގެ އިތުރުން އެހެން ހުއްދައަށް އެދެން ޖެހެނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށެވެ. އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދިނުމުން ފުލުހުން ޕާމިޓް ދޫކުރެ އެވެ.

މިއަދު ހެނދުނު ގިނަ ވިޔަފާރިތަކާއި އޮފީސްތައް ނުހުޅުވިފައި ތިބީ ޕޯޓަލް ތެރެއިން ދޭން ޖެހޭ ހުއްދަތައް ނުލިބިގެންނެވެ. އިކޮނޮމިކް މިނިސްޓްރީގެ އެޕްރޫވަލް ލިބުމަށް ފަހު ވެސް ޕޮލިސް ޕޯޓަލްގެ ތެރެއިން މުވައްޒަފުންނަށް ބޭނުންވާ ޕާމިޓް ނުލިބެ އެވެ. މި މައްސަލަ ބޮޑަށް ދިމާވީ ގިނަ މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ، ޝަނާޒް މުހައްމަދު ވިދާޅުވީ މިރޭގެ 6:00 އާ ހަމައަށް 6،000 މީހުންނަށް ޕާސް ހައްދަން އެދިފައިވާ ކަމަށެވެ. އޭގެ ތެރެއިން 5،600 މީހުންނަށް ހުއްދަ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުދި ވިޔަފާރިތަކުގެ އިތުރުން ބޮޑެތި ވިޔަފާރިތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިބަލަނީ އަޅުގަނޑުމެންގެ ވޯކް ފޯސްއަށް ބަލާއިރު މާދަމާ ހެނދުނުގެ ވަގުތެއްގައި މި ހުރިހާ ޕާމިޓްތައް ޕްރޮސެސް ކުރެވިގެން އިޝޫ ކުރެވިދާނެ ކަމަށް،" ޝަނާޒް ވިދާޅުވި އެވެ.

ވިޔަފާރިތަކަށް ހުއްދަ ދޫކުރަމުން ދަނީ އެދޭ މީހުންނަށް ވަކިވަކިން ބެލުމަށް ފަހުގައި ކަމަށް ޝަނާޒް ވިދާޅުވި އެވެ. މިހާރު ވިޔަފާރި ހުއްދަ ދޫކުރާއިރު ވެހިކަލަށް ވަކިން ހުއްދަ ދިނުމުގެ ބަދަލުގައި ހުއްދަ ދެނީ މީހާއަށް ކަމަށާއި އޭރުން އެ މީހަކު ދުއްވާ ވެހިކަލްއަށް ވެސް ހުއްދަ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައްޔާރީތަކާ މެދު ކުރާ ޝަކުވާތަކާ ގުޅިގެން ފުލުހުންގެ ފަރާތުން ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ޝަރީފް ވިދާޅުވީ ހުރިހާ ފިޔަވަޅުތަކެއް ވެސް އަޅާފައިވަނީ ކުރިއާލާ ތައްޔާރު ވެގެން ކަމަށެވެ. ޕާމިޓް ދޫކުރުން ފަދަ ކަންކަމަށް އިތުރު ސުޓާފުން ނަގައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox