އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ރާއްޖޭން ބިޑް ނުކުރާނެ

މި މަހު ކުރީކޮޅުގައި ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.

މި މަހު ކުރީކޮޅުގައި ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް (ކ) އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް.

ރާއްޖޭގައި މި މަހު ބާއްވަން ނިންމައި ފަހު ވަގުތު ފަސްކުރަން ޖެހުނު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް އަލުން ސެންޓްރަލައިޒްކޮށް ކުޅޭނެ ތަނެއް ކަނޑައެޅުމަށް އޭއެފްސީން ބިޑަށް ހުޅުވާލި ނަމަވެސް ރާއްޖޭން މި ފަހަރު ބިޑްނުކުރާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

މި މަހުގެ 11 ވަނަ ދުވަހު މާލޭގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފް މެޗުގައި ކުޅެން އޮތީ އިންޑިއާގެ ބެންގަލޫރާއި ރާއްޖޭގެ އީގަލްސް އެވެ. އަދި އެ މެޗުން މޮޅުވާ ޓީމެއް ހިމެނިގެން ކުޅޭ ދެކުނު އޭޝިއާ އަށް ހާއްސަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ރޭވިފައި އޮތީ މި މަހު 14 އިން 20 އަށް މާލޭގައި ކުޅުމަށެވެ. އެ ގްރޫޕްގައި އޮތީ ރާއްޖޭގެ މާޒިޔާ، އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. ދެން އެ ގްރޫޕަށް ވަންނާނީ އީގަލްސް ނޫނީ ބެންގަލޫރު ތެރެއިން މޮޅުވާ ޓީމެކެވެ.

ރާއްޖޭގައި ކުޅެން މެޗުތައް ފަސްކުރަން ޖެހުނީ ބެންގަލޫރުގެ ކުޅުންތެރިން ޕްރޮޓޮކޯލާ ހިލާފުވެ, މަގުމައްޗަށް ނުކުތުމުން އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވެ, ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ބެންގަލޫރު ޓީމު އެނބުރި ގައުމަށް ދާން އެންގެވި ހިސާބުންނެވެ. އޭއެފްސީއާ މާ ބޮޑު މަޝްވަރާއެއް ކުރުމެއް ނެތި މުބާރާތް ކުއްލިއަކަށް ފަސްކުރަން ނިންމުމާ އެކު އޭއެފްސީގެ އަދަބެއް އެފްއޭއެމަށް އަށް އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިހާރު އެފްއޭއެމާއި ބެންގަލޫރުގެ މައްސަަލައެއް އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ ބަލަމުންނެވެ.

ކްލަބްތަކަށް މިހާރު އަންގާފައިވާ ގޮތުގައި އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު ތާވަލުކޮށްފައިވަނީ ޖޫން 27 ވަނަ ދުވަހަށެވެ. އޭގެ ފަހުން ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ ޖޫން 30، ޖުލައި 3 އަދި ޖުލައި 6 ގަ އެވެ. އޭއެފްސީން ވަނީ މި މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނެ ގައުމެއް ކަނޑައަޅަން ބިޑަށް ހުޅުވާލައިފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ރޭ "އަދަދު" އަށް ވިދާޅުވީ މިހާރު އޮތް ހާލަތުގައި ރާއްޖޭން މެޗުތައް ކުޅެން ބިޑް ނުކުރަން ނިންމާފައިވާ ކަމަށެވެ.

"މިހާރު މި އޮތް ހާލަތުގައި މި ވަގުތު އޭއެފްސީން އެ ދީފައިވާ ތާރީހުތަކުގައި އަޅުގަނޑުމެން ބިޑް ކުރާކަށް ބޭނުމެއް ނޫން،" ބައްސާމް ވިދާޅުވި އެވެ.

ރާއްޖޭން ވަނީ މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން ހުޅުވާލި ބިޑާއި މި ފަހަރުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ ބިޑް ކާމިޔާބުކޮށްފަ އެވެ. މި ފަހަރު ފުރަތަމަ ބިޑަށް ހުޅުވާލުމުން ރާއްޖޭން ހޯސްޓްކުރުމުގެ ފުރުސަތު ހޯދީ އިންޑިއާ ފަހަތަށް ޖައްސާލައިފަ އެވެ.

އެކަމަކު ބިޑް ކާމިޔާބުކޮށް ރާއްޖޭގައި މެޗުތައް ބޭއްވޭގޮތް ނުވެ، ފަސްކުރަން ޖެހުމުން މިހާރު އަލުން ބިޑް ކާމިޔާބުކޮށްގެން މެޗުތައް ހޯސްޓްކުރުމުގެ ފުރުސަތު ބޮޑީ އިންޑިއާގަ އެވެ. އިންޑިއާ އިން ބޭނުންވަނީ ދާދި ފަހުން އޭއެފްސީ ޗެމްޕިއަންސް ލީގު މެޗުތައް ހޯސްޓްކުރި ގޯއާގައި މެޗުތައް ކުޅޭށެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިން އަށް ގައުމީ ފުޓްބޯޅަ ޓީމު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕްކޮށްފައި ހަފްތާއެއް ވަންދެން ތިބިއިރު ވެސް ޕްރެކްޓިސް ކުރަން ދަނޑެއް ނުލިބުނެވެ.

މިިދިޔަ ހަފްތާގައި ގައުމީ ޓީމުން ވަނީ ދުބާއީ އަށް ކުރު ޓްރެއިނިން ކޭމްޕަކަށް ގޮސްފަ އެވެ. މިހާރު ދުބާއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކުރަމުން އަންނައިރު، ކޮލިފައިން މެޗުތަކަށް ޗައިނާ އަށް ދާނީ އާދިއްތަ ދުވަހު އެވެ.

ކޮލިފައިންގައި ގައުމީ ޓީމަށް އޮތީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާ މެޗުގެ އިތުރުން 15 ވަނަ ދުވަހު ފިލިޕީންސާ ކުޅޭ މެޗެވެ.

ރާއްޖެ ޓީވީ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ދާދި ފަހުން ވިދާޅުވީ އޭނާގެ އަމިއްލަ ވިސްނުމުގައި ވާހަކަ ދައްކާނަމަ މިހާރު ބެލެވޭގޮތުގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުނުވެ، ދިގުލައިދާނަމަ ވިސްނުމަކީ ލީގުގެ ތިން ވަނަ ބުރު ނުކުޅެ ދެ ވަނަ ބުރާ ހަމައިން ނިންމާލުމަށް ކަމަށެވެ. ލީގު ކުރުކޮށްލުމަށް ފަހު ދެން ޕްރެޒިޑެންޓްސް ކަޕް ފަދަ މުބާރާތެއް ބޭއްވުން އެއީ ވިސްނުމެއް ކަމަށާއި އެކަަމަކު ކޮންމެ ގޮތެއް ވެސް ނިންމާނީ ކްލަބްތަކާއި އެފްއޭއެމްގެ ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހު ކަމަށް ބައްސާމް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox