ރޮނާލްޑޯ ގެންދަން ޔުނައިޓެޑުން މަސައްކަތް ކުރަނީ: ރިޕޯޓް

May 23, 2021, 5:23 AM
ރޮނާލްޑޯ ގެންދަން ޔުނައިޓެޑުން މަސައްކަތް ކުރަނީ: ރިޕޯޓް

ލަންޑަން (މެއި 23) - ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދަން އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޒުވާން އުމުރުގައި ޔުނައިޓެޑަށް ބަދަލުވެ ރޮނާލްޑޯ ވަނީ އެ ޓީމަށް ހަ އަހަރު ކުޅެފަ އެވެ. ޔުނައިޓެޑާ އެކު ނުވަ ތަށި ހޯދި ރޮނާލްޑޯ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފަ އެވެ. އަދި އެ ޓީމުގައި ހުރެ 2008 ވަނަ އަހަރު ބެލޮންޑިއޯ ކާމިޔާބުކުރި އެވެ. ޔުނައިޓެޑް ދޫކޮށް 2009 ވަަނަ އަހަރު ރެއާލް މެޑްރިޑަށް ބަދަލުވި ރޮނާލްޑޯ އެނބުރި ޔުނައިޓެޑަށް އަންނަން އުޅޭ ކަމަށް މީޑިއާގައި އެކި ފަހަރު މަތިން ވަނީ ވާހަކަ ދެކެވިފަ އެވެ.

މި ފަހަރު އިޓާލިއަން ލީގުގެ ގަދަ ހަތަރަކުން ޔުވެންޓަސް އަށް ފުރުސަތު ނުލިބިއްޖެނަމަ ރޮނާލްޑޯ އެ ޓީމުގައި މަޑުނުކުރާނެ ކަމަށް ދި އެތުލެޓިކް ނޫހުން ކަށަވަރުކޮށްދެ އެވެ. ޕޯޗުގީސް ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރޮނާލްޑޯ ދެން ބަދަލުވާނީ އޭނާ ކުރިން ކުޅުނު ޓީމަކަށެވެ. އެއީ ސްޕޯޓިން ލިޒްބަން އާއި ޔުނައިޓެޑް ނޫނީ ރެއާލް އަށެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ ހޯދަން ޔުނައިޓެޑުން ޝައުގުވެރިވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ރޮނާލްޑޯއާ ގާތްގުޅުމެއް އޮންނަ ކަަމަށާއި މީގެ ކުރިން ޔުނައިޓެޑަށް ކުރިން ކުޅެފައި ހުރި ކުޅުންތެރިން އެނބުރި އެ ކްލަބަށް އައިސް ކުޅެފައިވާތީ އަބަދު ވެސް ރޮނާލްޑޯގެ ވާހަކަތައް ދެކެވޭނެ ކަމަށެވެ.

ދާދި ފަހުން އީއެސްޕީއެން އާޖެންޓީނާ އާއި ފޮކްސް ސްޕޯޓްސް އާޖެންޓީނާ އިން ރިޕޯޓްކުރި ގޮތުގައި ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ކޮންމެ އަހަރަކު ވެސް ކުރެ އެވެ. އެކަމަކު މައްސަލަ އަކަށްވަނީ މުސާރަ ކުޑަކުރަން ރޮނާލްޑޯ އެއްބަސްނުވާތީ ކަމަށް އެ ރިޕޯޓްތަކުގައިވެ އެވެ. ރޮނާލްޑޯ މި ވަގުތު ޔުވެންޓަސްގައި ހުރީ އަހަރަކު 30 މިލިއަން ޔޫރޯ ލިބޭ މުސާރައެއްގަ އެވެ.

ފްރާންްސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ރޮނާލްޑޯ ހޯދަން ޕީއެސްޖީ އާއި ޔުނައިޓެޑުން މަސައްކަތްކުރާނީ އޭނާ މިހާރު ކުޅެމުން އަންނަ މުސާރަ ކުޑަކުރާނަމަ އެވެ. ޔުނައިޓެޑުން އަންނަނީ އިޝްތިހާރު ޑީލްތަަކެއްގެ ތެރެއިން ރޮނާލްޑޯގެ ފުލް މުސާރަ ހަމަޖައްސައިދޭ ގޮތަށް އޭނާ ގެންނަން މަސައްކަތް ކުރަމުންނެވެ.

މި ސީޒަނުގައި ހުރިހާ މުބާރާތެއްގައި ޔުވެންޓަސްގެ 44 މެޗުން ރޮނާލްޑޯ ވަނީ 36 ގޯލު ޖަހައިފަ އެވެ. ރޮނާލްޑޯ އަށް އަދިވެސް އެންމެ މަތީ ލެވަލްގައި ދެތިން އަހަރު ކުޅެވޭނެ ކަމަށް ފުޓްބޯޅަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.

ރޮނާލްޑޯގެ މުސްތަގުބަލާ ގުޅޭގޮތުން ގިނަ ކަންތައްތަކެއް ސާފުވާނީ މިރޭ އިޓާލިއަން ލީގުގެ މެޗުތައް ނިމޭ ގޮތަކުންނެވެ. ޔުވެންޓަސް މި ވަގުތު ފަސް ވަނައިގައި އޮތްއިރު ގަދަ ހަތަރެއްގައި ނިންމުމުގެ އަމިއްލަ ބާރެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox