ސިޓީ އެއްވަރުވުމުގެ ފައިދާ އާސެނަލުން ނަގައިފި، ނިއުކާސަލް އިން ޔުނައިޓެޑް ބަލިކޮށްފި

Mar 5, 2026, 1:04 AM
ސިޓީ އެއްވަރުވުމުގެ ފައިދާ އާސެނަލުން ނަގައިފި، ނިއުކާސަލް އިން ޔުނައިޓެޑް ބަލިކޮށްފި

މެންޗެސްޓާ (މާޗް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓާ 2-2 އިން މެންޗެސްޓާ ސިޓީ އެއްވަރުވުމުގެ ފައިދާ އާސެނަލުން ނެގިއިރު، އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ނިއުކާސަލް ޔުނައިޓެޑުން 2-1 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ރޭ އާސެނަލުން މެޗުގެ ނުވަ ވަނަ މިނިޓްގައި ބުކާޔޯ ސަކާ ޖެހި ހަމައެކަނި ގޯލުން 1-0 އިން ބްރައިޓަން ދަނޑުގައި މޮޅުވި އެވެ. މި ނަތީޖާއާ އެކު، ސިޓީ އަށް ރޭ މޮޅުނުވެވުމުން، އާސެނަލުން ވަނީ މި ވަގުތަށް އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ.

އާސެނަަލަށް 30 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް 29 މެޗުން ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑަށް 29 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް އެސްޓަން ވިލާ އަށް 29 މެޗުން 51 ޕޮއިންޓް ލިބިފައިވެ އެވެ. ފަސް ވަނައިގައި އޮތީ ރޭ އެސްޓަން ވިލާ އަތުން 4-1 އިން މޮޅުވި ޗެލްސީ އެވެ. ފަސް ވަނައިގައި އޮތް ޗެލްސީ އާއި ހަ ވަނައިގައި އޮތް ލިވަޕޫލަށް 29 މެޗުން ލިބިފައިވަނީ 48 ޕޮއިންޓެވެ.

ސިޓީން ރޭގެ މެޗުގައި ލީޑުނެގީ އެންޓޮއިން ސެމެންޔޯ ޖެހި ގޯލުންނެވެ. ދެ ވަނަ ހާފުގައި މޯގަން ގިބްސް-ވައިޓް ޖެހި ލަނޑުން ފޮރެސްޓުން ފުރަތަމަ އެއްވަރުކުރިއިރު، ރޮޑްރީ ވަނީ ސިޓީ އަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، އޭރިއާބޭރުން އެލިއަޓް އެންޑަސަން ޖެހި ޝޮޓަކުން ވައްދާލި ލަނޑާ އެކު ފޮރެސްޓުން އެއްވަރުކުރީ އެވެ. ސިޓީން ފަހު ވަގުތާ ހަމައަށް ވެސް ގޯލެއް ޖަހައި، މޮޅުވެވޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަަތަމަ މިނިޓްގައި، ނިއުކާސަލްގެ ޖޭކަބް ރަމްސޭ، ޕެނަލްޓީ ހޯދަން ޑައިވްއެއް ކުރުމުން، އޭނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތެއް ދެއްކި އެވެ. އެކަމަކު، އޭގެ ހަތަރު މިނިޓް ފަހުން، ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އެ ޓީމުގެ އޭރިއާތެރެއިން، ނިއުކާސަލްގެ އެންތަނީ ގޯޑަން އަށް ކުރި ފައުލަށް ދިން ޕެނަލްޓީ ވައްދާލައި، އެ ޓީމަށް ލީޑުނަގައިދިނެވެ. ނިއުކާސަލުން ލީޑުނެގި ނަމަވެސް، ކުރީގައި އޮވެގެން ހާފު ނިންމައިނުލެވުނެވެ. ހިލޭ ޖެހުމަކުން ފެނާންޑޭސް ނެގި ހުރަހެއް ކަސެމީރޯ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި އެ ޓީމަށް އެއްވަރުކޮށްދިނެވެ.

މެޗުން ނިއުކާސަލް މޮޅުވި ލަނޑަކީ، ވިލިއަމް އޮސޫލާ ޖެހި އިންޑިވިޖުއަލީ މޮޅު ލަނޑެކެވެ. އަރިމަތިން ލިބުނު ބޯޅައެއް އޮސޫލާ ވަނީ ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ. މިއީ ވަގުތީ ކޯޗު، މައިކަލް ކެރިކް ހަވާލުވި ފަހުން އެ ޓީމު ކުޅުނު އަށް މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ.

އެސްޓަން ވިލާގެ ޑަގްލަސް ލުއީޒް، މެޗުގެ ދެ ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިން ނަމަވެސް، ޗެލްސީން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މޮޅުވެފަ އެވެ. އޭގެ ތެރެއިން ތިން ލަނޑު ޖަހައި، ޗެލްސީގެ ޖޮއާއޯ ޕެޑްރޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ ކޯލް ޕާމާ އެވެ.

ލީގުގައި ރޭ ފުލަމް ދަނޑުގައި ވެސްޓް ހޭމް ވަނީ 1-0 އިން މުހިންމު މޮޅެއް ހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox