މެގުއާ އަށް ކުރި ހުކުމަށް ލުޔެއް

Mar 5, 2026, 10:25 AM
މެގުއާ އަށް ކުރި ހުކުމަށް ލުޔެއް

އެތަންސް، ގްރީސް (މާޗް 5) - މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު، ހެރީ މެގުއާ އަށް ގްރީސް ކޯޓަކުން ކޮށްފައިވާ ސަސްޕެންޑެޑް ހުކުމެއް އިސްތިއުނާފް ކުރުމުން ލުޔެއް ލިބިއްޖެ އެވެ.

ގްރީކުގެ ޓޫރިސްޓް މަންޒިލް މައިކޯނޯސްގައި، 2020 ވަނަ އަހަރު ޗުއްޓީ ހޭދަކުރިއިރު ހިނގާދިޔަ މާރާމާރީގައި މެގުއާ މައްޗަށް ކުށް ސާބިތުވެ، އޭނާ އަށް ދިނީ 21 މަހާއި 10 ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެކެވެ. މާނަ އަކީ ހުކުމް ތަންފީޒުކުރަން ޖެހޭނީ އެ ފަދަ ކުށެއް ތަކުރާރުކޮށްފިނަމަ އެވެ.

މި މައްސަލަ ސީރޯސް ކޯޓުން ބެލިއިރު، މެގުއާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ސަރުކާރުގެ އޮފިޝަލަކާ މާރާމާރީ ހިންގުމުގެ އިތުރުން ރިޝްވަތު ދޭން އުޅުން ހިމެނެ އެވެ.

ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު ބާ އަށް ދިޔަ ފުލުހުން ވަނީ ހާއްސަކޮށް މެގުއާއާ ދެކޮޅަށް ގިނަ ހެކި ހުށަހަޅައިފަ އެވެ. އެއް ފުލުހަކު ވަނީ މެގުއާ ޕޮލިސް ސްޓޭޝަނަށް ގެނައުމުން އޭނާ ދެއްކި ވާހަކަތައް ކޯޓުގައި ކިޔައިދީފަ އެވެ. އެ ގޮތުން، މެގުއާ ވަނީ އޭނާ އަކީ ކާކުކަން ނޭނގެނީތޯ ފުލުހުން ގާތުގައި އަހައިފަ އެވެ. އަދި، އޭނާ އަކީ ޔުނައިޓެޑްގެ ކެޕްޓަން ކަމަށާއި އޭނާ އަތުގައި ވަރަށް ބައިވަރު ފައިސާ އެބަހުރި ކަމަށާއި މައްސަލަ ނުޖައްސައި ދޫކޮށްލާނަމަ ބޭނުންވަރަކަށް ފައިސާ ދޭން ތައްޔާރަށް ހުރި ކަމަށް މެގުއާ ބުނެފައިވާ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

މެގުއާގެ ވަކީލު ވަނީ މި ހުރިހާ ވާހަކަތަކަށް ދެކޮޅު ހަދައިފަ އެވެ. އޭނާ ބުނީ މައްސަލަ ގޯސްވީ ބާ ތެރޭގައި ތިބި ބަޔަކު މެގުއާގެ ކޮއްކޮއާ ދިމާކޮށް އޭނާ އަށް އަނިޔާކުރުމުން ކަމަށެވެ. އަދި، ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުމުގައި ފުލުހުން ވަނީ ގަސްދުގައި މެގުއާގެ ފަޔަށް އަނިޔާކޮށްފައި ކަމަށް ވަކީލު ބުނެފައިވެ އެވެ. އަދި މި މައްސަލައިގައި ފުލުހުންގެ ފަރާތުން ފެނުނީ ވަރަށް ޕްރޮފެޝަނަލް އުސޫލުތަކާ ހިލާފު އަމަލުތަކެއްކަން މެގުއާގެ ވަކީލު ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ފުލުހަކު ވަނީ މެގުއާ އަށް ދެން ފުޓްބޯޅަ ނުކުޅެވޭ ވަރު ކުރާނެ ކަމަށް ބުނެ އޭނާ ފައިގައި ވަރަށް ގިނައިން ޖަހާފައި ކަމަށް ވަކީލު ބުނެ އެވެ.

މި މައްސަލަ އިސްތިއުނާފު މަރުހަލާގައި، ހަތަރު ފަހަރު ކޯޓުގައި ތާވަލުކުރިއިރު، އެންމެ ފަހުން މައްސަލަ ނިމުނީ ދާދި ފަހުން، ފުރިހަަމަ ތަހުގީގެއް ހިންގުމަށްފަހު އެވެ. އަދި، މެގުއާގެ މައްޗަށް ސާބިތުވި ކުށް މަދުވުމާ އެކު، ހުކުމްގެ މުއްދަތު 15 މަހަށް ވަނީ ކުޑަކޮށްފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން، މެގުއާގެ ގާނޫނީ ޓީމުން މިހާރު ނިންމާފައި އޮތީ މި މައްސަލަ ސުޕްރީމް ކޯޓަށް ގެންގޮސް، އެއްވެސް ކުށެއް ނުކުރާ މީހެއްގެ ގޮތުގައި މި ކަމުން ސަލާމަތްވުމަށެވެ. މި މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން ތަކުރާރުކޮށް، އެކި ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެ ގޮތަށް މެގުއާ ބޭނުމެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox