ފާޑުކިއުންތައް އޮހޭއިރު ވެސް ސިފައިން ހިމޭނުން!

ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އަދި ސިފައިންގެ ބައެއް އިސް ވެރިން: ހަމަލާއާ ގުޅިގެންއެ މުއައްސަސާއަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް އަދި ސިފައިންގެ ބައެއް އިސް ވެރިން: ހަމަލާއާ ގުޅިގެންއެ މުއައްސަސާއަށް ވަރަށް ގިނަ ފާޑުކިޔުން އަމާޒުވޭ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީއާ ހިއްސާކުރެއްވުމުން ފިޔަވަޅު އެޅުއްވި ހެއްޔެވެ؟

ރައްޔިތުންނަކަށް ޖަވާބު ސާފެއް ނޫނެވެ؛ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވި ގޮތުން ނަމަ ނަޝީދަށް ހަމަލާއެއް ދޭން އުޅުނު ކަމަށް ލިބިވަޑައިގަތް މައުލޫމާތާ ގުޅިގެން މިނިސްޓަރާ ވާހަކަ ދެއްކެވި އެވެ.

ސެކިއުރިޓީންނާ އެކު ނަޝީދު ހުންނަވަނިކޮށް އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ފެންމަތިވި މި ވާހަކައިން މިނިސްޓަރުގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް އެޅިއްޖެ އެވެ. ވެރިކަން ހިންގާ ޕާޓީގެ އެތެރެއިންނާއި ބޭރުން މާރިޔާގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ. އެކަމަކު އެއްޗެއް ވިދާޅު ނުވެ ހިމޭނުން ހުންނެވުމުން މިނިސްޓަރާއި މުޅި މުއައްސަސާއަށް އަމާޒުވާ ފާޑުކިއުންތައް ދަނީ އިތުރުވަމުންނެވެ.

ނަޝީދަށް އަމާޒުކޮށް ސައިކަލެއްގައި ހަރުކޮށްގެން ބޮމެއް ގޮއްވާލާފައި ވަނީ މި މެއި މަހުގެ ހަ ވަނަ ދުވަހެވެ. ހަމަލާއަށްފަހު ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރި އެވެ. މިހާރު އެމަނިކުފާނު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގަ އެވެ.

ބޮން ގޮއްވުމުގެ ކުރިންނާއި ފަހުން ސިފައިން އަމަލުކޮށްފައިވާ ގޮތުން އެ މުއައްސަސާއަށް ގިނަ ފާޑުކިއުންތަކެއް އާންމުންނާއި ސިޔާސީ އެކި މީހުންގެ ފަރާތްތަކުން އަމާޒުވި އެވެ. އެ ފާޑުކިއުންތަކުން މުއައްސަސާގެ އަގު ހިފެހެއްޓޭވަރުގެ ދިފާއުތަކެއް ހާމާނުކުރުމުން ތުހުމަތުތައް ދަނީ ބޮޑުވަމުންނެވެ.

ފާޑުކިޔާ ފަރާތްތަކަށް އެންމެ ބޮޑު މައްސަލައަކަށްވީ ނަޝީދަށް ބަޔަކު ހަމަލާދޭން އުޅޭކަން ރައްޔިތުން މަޖިލީހުގެ މެމްބަރު އިލްޔާސް ލަބީބް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާ ކުރައްވާފައި އޮތް ނަމަވެސް ހަމަލާ ނުހުއްޓުވުމުންނެވެ.

ގިނަ ބައެއްގެ ސުވާލަކީ ނަޝީދުގެ ސަލާމަތީ ކަންކަން ބަލާ އެމްއެންޑީއެފުން، އެ ހަމަލާގެ މައުލޫމާތު ލިބުމުން އެޅީ ކޮން ފިޔަވަޅެއްތޯ އެވެ؟ ނުވަތަ މައުލޫމާތާ ގުޅިގެން ފިޔަވަޅެއް އެޅިތޯ އެވެ؟

ހަމަލާގެ މައުލޫމާތު މިނިސްޓަރާ ހިއްސާކޮށްފައި އޮތް ކަން ހާމަވުމުގެ ކުރިން ސިފައިން ބުނަމުންދިޔައީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އަބަދުވެސް ނަޝީދަށް އޮތް ތުރެޓުތަކުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި އެވެ.

އެމަނިކފާނަކީ ރާއްޖޭގެ އެންމެ ހައި ރިސްކު ބޭފުޅާކަން ވެސް އެ ރޭ ސިފައިން އާއްމުކުރި އެވެ.

ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ރާވަމުންދާކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް އެރުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވުމުން އާންމުންގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދުނެވެ. އެންމެ ބޮޑު ސުވާލަކީ އެވަރުގެ މައުލޫމާތެއް އެނގެތިބެމެ ވެސް ހަމަލާ ނުހުއްޓުވުނީ ކީއްވެތޯ އެވެ؟ މި ސުވާލަށް ޖަވާބު ނުލިބުމުން ގިނަ މީހުން ދެން އުފައްދާ ސުވާލަކީ ސިފައިން މިފަދަ މަސައްކަތްތައް ކުރުމަށް ސިފައިން ގާބިލްތޯ އެވެ؟

ފާޑުކިއުން އިތުރަށް އަމާޒުވާން މެދުވެރިވި ސަބަބަކީ ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގައި އޮއްވާ އެތަނުގެ ފާހަނާއެއް ތެރެއިން ބަޑިއެއް ފެނުމެވެ. ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އެކަން ހާމަކުރީ ނޫސްވެރިއެކެވެ.

ސިފައިން ފަހުން ބުނެފައި ވަނީ ފާހަނާ ތެރެއިން ފެނުނު ފިސްތޯލަކީ ސިފައިންގެ މީހެއްގެ ބަޑިއެއް ކަމަށެވެ. އަދި ބަޑި އެތަނުގައި ބަޑި ބޭއްވި ސިފައިންގެ މީހާ މަސައްކަތުން އެކަހެރިކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އެކަމަކު، ޓެރަރިސްޓު ހަމަލާއެއްގައި ޒަހަމްވެވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ފުރާނަ ސަލާމަތް ކުރުމަށް އޭޑީކޭގައި ފަރުވާ ދެމުންދިޔައިރު، ހޮސްޕިޓަލުގެ މުވައްޒަފަކަށް ފާހަނާ ތެރެއިން ބަޑިއެއް ފެނުމަކީ ކުޑަ މައްސަލައެއް ނޫނެވެ.

އެހެންކަމުން ބަޑި ފެނުނު މައްސަލައިގައި ސިފައިން އިސް ނަގައިގެން އެކަން އާންމުންނާ ހިއްސާ ނުކުރުމުން އާންމުންގެ ފަރާތުން ގިނަ ފާޑުކިޔުން އަމާޒުވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވި ފަހުން ސިފައިން ނޫސްވެރިންނާ ބައްދަލު ކުރީ އެންމެ ފަހަރަކު މެއި، 7، ގަ އެވެ. އެ ބައްދަލުވުމުގައި ވެސް ނޫސްވެރިންގެ ސުވާލުތަކަށް އެކަށީގެންވާ ޖަވާބު ނުދެއްވައި ސިފައިންގެ ލީޑާޝިފުން ވިދާޅުވާން މަސައްކަތްކުރީ ނަޝީދުގެ ސަލާމަތަށް އެ މުއައްސަސާ އިން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމެވެ. މުއައްސަސާގެ ޒިންމާ ފުރިހަމަ ގޮތުގައި އަދާވިތޯ ކަށަވަރުކުރަން ނޫސްވެރިންނަށް އިތުރު ސުވާލުކުރާނެ ފުރުސަތު ނުދީ ވަކި ހިސާބަކުން ނިންމާލީ އެވެ. އޭރު ސުވާލުކުރުމުގެ އެންމެ ފުރުސަތެއް ނުލިބޭ ނޫސްވެރިން ވެސް ތިއްބެވެ.

އެ ޝަކުވާ ކުރުމުން، ނޫސްވެރިންގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް ޝަމާލް ވިދާޅުވީ ފަހުން އިތުރު ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވާނެ ކަމަށާއި ބޭނުންވާ ހުރިހާ ސުވާލުތަކެއް ކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ނަމަވެސް އޭގެ ފަހުން މިހާތަނަށް ސިފައިން ރަސްމީ ސިފައެއްގައި ނޫސްވެރިންނާ ބައްދަލު ނުކުރާއިރު އެތަނުގެ ރަސްމީ ތަރުޖަމާނު ވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ. ހަމައެކަނި ޖަވާބެއް ދެއްވީ ބަޑި ފެނުނު މައްސަލަ އާންމުންނާ ހަމައަށް ތިލަވުމުން އެކަމުގައި ނޫސްވެރިންނަށް ފޮނުވި ކުޑަކުޑަ ސްޓޭޓްމަންޓެކެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލާފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނާ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ސައިކަލެއްގަ ބޮން ހަރުކޮށްގެނެވެ. ހަމަލާގެ ސަބަބުން ނަޝީދު ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި އެވެ.

ބެއަރިން ބޯލްސްތަކެއް އަޅައިގެން ވަރަށް ބާރުގަދަކޮށް ހަދާފައިވާ ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ އެމަނިކުފާނު ބޮމާ އެންމެ ކައިރިވެވަޑައިގެންނެވި ވަގުތު ބެލުމަށްފަހު އެވެ.

އޭޑީކޭގެ ޑޮކްޓަރުން ނަޝީދުގެ ހަށިކޮޅުގައި ގާތްގަނޑަކަށް 16 ގަޑިއިރުގެ ސާޖަރީތަކެއް ހެދި އެވެ. ބޮމުގެ ތެރެއަށް އަޅާފައި އޮތް 10 ބެއަރިން ބޯލްސް އެމަނިކުފާނުގެ ހަށިކޮޅުން ނެގި އެވެ. އަދި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕްލާސްޓިކު އެތިކޮޅެއް ވެސް ހަށިގަނޑުން ފެނުނެވެ.

ބޮން ގޮއްވާލި މައްސަލައިގައި މިހާތަނަށް ފުލުހުން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފަ އެވެ. އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އަދި ދަރަވަންދޫއިން ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު، 23، އެވެ.

އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާ އެވެ. ތަހުމީނަކީ ސައިކަލުގެ ވެރި މީހާ އެވެ. ދެން ތިބި މީހުން ހަމަލާއާ ގުޅެނީ ކޮން ގޮތަކުންކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox