ފާތިހުގެ ދެމަފިރިންގެ ފޯނު ފުލުހުން އަތުލައިފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ފާތިހު. -ފޮޓޯ: ޕޮލިސް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ ފާތިހު. -ފޮޓޯ: ޕޮލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫން މިިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހުގެ އިތުރުން އޭނާގެ އަންހެނުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ދަރަވަންދޫން ފާތިހު ހައްޔަރުކުރީ އެ ރަށު މީހަކާ ކައިވެނިކުރަން އެ ރަށަށް ގޮސްހުއްޓަ އެވެ.

އަންހެނުންގެ އާއިލާގެ ފަރާތުން "އަދަދު"އަށް ކިޔައިދީފައިވާ ގޮތުގައި ދަރަވަންދޫއަށް ދިޔުމުން ކަރަންޓީނުވާންޖެހޭތީ ފާތިހު އޮންލައިންކޮށް ކައިވެނިކޮށްފައިވަނީ ހައްޔަރުކުރުމުގެ ފަސް ދުވަސް ކުރިން، މި މަހުގެ 13 ވަނަ ދުވަހެވެ.

Advertisement

ހައްޔަރުކުރިއިރު އެ ދެމަފިރިން ވެސް ތިބީ އަންހެންމީހާގެ ގޭގައި ކަރަންޓީނުގައި ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.

އަންހެންމީހާގެ ބޭބެއަކު މިއަދު "އަދަދު"އަށް ބުނި ގޮތުގައި ފުލުހުން އިއްޔެ ވަނީ ފާތިހުގެ ފޯނު ތަހުގީގަށް ކަމަށް ބުނެ ގެންގޮސްފަ އެވެ.

ފާތިހުގެ ފޯނުގެ އިތުރުން އޭނާގެ އަންހެނުންގެ ފޯނު ވެސް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.

އަދި އެ އަންހެންމިހާއާ ފުލުހުން ކޮންމެ ވެސް ވަރަކަށް ސުވާލު ކުރި ކަމަށް ވެސް ބުންޏެވެ.

"ދެ މީހުންގެ ފޯނު ވެސް ގެންދިޔަ. ހީވަނީ ކޮއްކޮގެ ފޯނު ގެންދިޔައީ ފާތިހު އޭނާގެ ފޯނުން ވެސް ފޯނު ކޮށްފަ އޮވެދާނެތީ ކަމަށް. ފޯނު ގެންދަން އައިއިރު ފުލުހުން ކޮއްކޮ އާ ކޮންމެ ވެސް ވަރަކަށް ސުވާލު ކުރި،" އޭނާ ކިޔައިދިނެވެ.

ނަމަވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ މިވަގުތު ކަރަންޓީނުގައި ހުރުމުން ފުލުހުން އޭނާއާ ދެއްކި ވާހަކަތައް މާބޮޑަށް ސާފުނުވާ ކަމަށް ބުންޏެވެ.

އޭނާ ހައްޔަރުކުރުމަށްފަހު ފުލުހުން ފާތިހު ވެސް ކޮވިޑަށް ޓެސްޓުކުރި ކަމަށާއި، އޭނާގެ ނަތީޖާ ވެސް ޕޮޒިޓިވް ކަމަށް އޭނާ ބުންޏެވެ.

ދަރަވަންދޫން ފާތިހު ހައްޔަރުކުރުމަށްފަހު، އެ އަތޮޅު އޭދަފުއްޓަށް ގެންދިޔުމަށްފަހު ބަންދަށް 15 ދުވަސް ޖަހައި އޭނާ ވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނު މާލެ ގެނެސްފަ އެވެ.

ކުރިން ފުލުހުންގެ ވަޒީފާގައި އުޅުނު ފާތިހުއަކީ އެނގިފައިވާ ގޮތުގައި، ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ސައިކަލާ ގުޅުން ހުރި މީހެކެވެ. ނީލޯފަރު ހިނގުމުގައި ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން ނަޝީދު ހިންގަވާފައި ކާރުކޮޅާ އަރާ ހަމަވިތަނުންނެވެ.

ފުލުހުންގެ ވަޒީފާގެ އިތުރުން ފާތިހު ކެބިން ކްރޫއެއްގެ ވަޒީފާގައި ވެސް އުޅުނެވެ. އެ ވަޒީފާއިން ވަކިވީ ހަރުކަށި ފިކުރުގެ މީހުންނާ އެކު އުޅެން ފަށައި، ބަދަލުވާން ފެށި ވިސްނުމާއެކުގައި ކަމަށް ވެ އެވެ.

ލ. ގަމުގައި ދިރިއުޅޭ ފާތިހު ކައިވެނިކުރަން ކަމަށް ބުނެ ދަރަވަންދޫއަށް ދިޔައީ ހަމަލާއަށްފަހު ފިލަން ކަމަށް އަޑުތައް ފެތުރިފައި އޮތް ނަމަވެސް، އެކަން އާއިލާއިން ވަނީ ދޮގުކޮށްފަ އެވެ.

އަންހެން މީހާ އާއިލާ އިން ކިޔައިދިން ގޮތުގައި އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ ކައިވެނި ރާވަމުން އަންނަތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

އަދި ފާތިހު އަށް ފުލުހުން ކުރާ ތުހުމަތުތައް ގަބޫލުކުރަން ދަތިކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފާތިހު ހިމެނޭ ގޮތުން ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެއީ ބޮންގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

އޭގެ ތެރެއިން ތަހުމީނަކީ ސައިކަލުގެ ވެރި މީހާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެނގިފައިވާ ގޮތުގައި، ސީރިއާއަށް ދާން ޖެހޭ ކަަމަށް ފާޅުގައި ވާހަކަ ދައްކާ ތަހުމީން ވަނީ ނަޝީދަށް އޮންނަ ރުޅިވެރިކަން އޭނާގެ ގާތްމީހުންގެ ގާތުގައި ހާމަކޮށްފަ އެވެ.

އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox