ބޮމުގެ ހަމަލާއާ ގުޅޭ ގިނަ ވާހަކަތަކެއް ފަތުރަނީ، ފުލުހުން ކަންބޮޑުވެއްޖެ

ބޮމުގެ ހަމަލާއާ ގުޅޭ ގިނަ ވާހަކަތަކެއް ފަތުރަނީ، ފުލުހުން ކަންބޮޑުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގަނިކޮށް، ހަމަލާގެ މަގްސަދާއި އެކަން ކުރި ބަޔަކާ ގުޅުވައި ސޯޝަލްމީޑިއާގައި ގިނަ ވާހަކަތަކެއް ފަތުރަމުންދާތީ ފުލުހުން ކަންބޮޑުވެއްޖެ އެވެ.

ފުލުހުންގެ އިލްތިމާސަކީ އެކަން އެގޮތަށް ނުކުރުމެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމަލާގޭ ތަހުގީގު ކުރިއަށް ގެންދަނީ ވަރަށް އިންތިޒާމުވެ ބޭރުގެ މާހިރުންގެ ފަންނީ ލަފައާ އެކުގައި ކަަމަށެވެ. އަދި މިފަދަ މައްސަލައެއްގައި ހިމެނޭނެ ހުރިހާ ކަމެއް ތަހުގީގުގެ ތެރެއިން ބަލަމުން އަންނަ ކަމުގެ ޔަގީންކަން ދެއްވި އެވެ.

Advertisement

"މި ހަމަލާއާ ގުޅޭ ކުޑަ މައުލޫމާތެއް ވިޔަސް ވަރަށް ގިނަ މައުލޫމާތު ވިޔަސް އެއްވެސް ފަރާތަކަށް އެނގިވަޑައިގެންފައިވާ ނަމަ ފުލުހުންނާއި ސީދާ ހިއްސާކޮށްދެއްވުމަށް އިލްތިމާސްކުރަން. މިފަދަ މައްސަލައެއްގެ ތަހުގީގަށް ހުރަސްއެޅިދާނެ ފަދަ އަދި ތަހުގީގުގެ އިތުބާރަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ނުކުރެއްވުން އެދެން،" ހަމީދު ވިދާޅުވި އެވެ.

ތަހުގީގަށް ބުރޫއަރާފާނެ ފަދަ އެއްވެސް މައުލޫމާތެއް ނުފަތުރަން ފުލުހުން އިލްތިމާސްކޮށްފައި މިވަނީ، މި ހަމަލާއާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގުން މިހާރު ހޯދާފައިވާ ކުރިއެރުންތަކާ މެދު ސުވާލު އުފައްދައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވެސް ޓުވީޓްކުރައްވަމުން ދަނިކޮށެވެ.

ނީލޯފަރު ހިނގުމުގައި ބޮމެއް ގޮއްވާލައިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ހަތަރު މީހެކެވެ. އެއީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32ގެ އިތުރުން ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ހޯދުނު ގޮތުގައި އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ އަމަލުތަކަށް އަރައިގަންނަ ފިކުރާ އެ މީހުންނާ ގުޅުން އެބައޮތެވެ. މި ހަތަރު މީހުންނާ ގުޅޭ ގޮތުން މިހާތަނަށް އާއްމުވި މައުލޫމާތަށް ބަލާއިރު ވެސް މި މީހުންނަކީ ހަނގުރާމައަށް ސީރިއާއަށް ދިއުމާއި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން ފަދަ ކަންކަމަށް ތަބާވެ ތިބި ބައެކެވެ.

އަނދުން ހުސެއިންގެ ބޮޑު ތުހުމަތެއް!

ފުލުހުންގެ ތަހުގީގުން މި ހަމަލާގެ މިސްރާބު ހަރުކަށި ފިކުރުގެ މީހުންނާ ދިމާލަށް ޖަހާފައިވާތަން ފެނުނަސް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގަބޫލުކުރައްވާ ގޮތް ތަފާތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މިސްރާބު ފެންނާތީ ކަންބޮޑުވުން އެބައޮތެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ނަޝީދަށް ދިން ހަމަލާއަކީ ހަރުކަށި ފިކުރުގެ ހަމަލާއެއް ކަމަށް އަސްލު ބެލުމަކީ ކަންބޮޑުވާ ކަމެކެވެ.

"އެހެން އެތައް ކަމެއް ވަށައިގެން އެބަ ތިލަވޭ،" އޭނާ ތުހުމަތު ކުރެއްވި އެވެ.

އޭނާ އެގޮތަށް ވިދާޅުވީ ވެށިން ލިބޭ މައުލޫމާތަށް ބަލައިގެން ކަމަށާއި އެއީ "ވަރަށް ވާހަކަ" ކަމަށް ބުނެ އާއްމުންނަށް ހަމަލާއާ ގުޅޭ ނުތަނަވަސްކަން ޓުވީޓުގައި ދޫކޮށްލެއްވި އެވެ.

މި ޓުވީޓު، ނަޝީދުގެ ގިނަ ވާހަކަތަކެއް އާއްމުންނާ ހިއްސާކުރާ އެލެކްސް އަހުމަދުގެ ޓުވިޓާ އެކައުންޓުން ވަނީ ރިޓުވީޓްކޮށްފަ އެވެ.

އެ އެކައުންޓުން އިއްޔެ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ "ބޮން ގޮއްވާލާ އަޅުގަނޑު މަރާލަން އުޅުމުގައި ފައިސާ ހަރަދުކުރި މީހުން ހޯދުމުގައި އެންސީޓީސީ އިން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށް އަޅުގަނޑަށް ހަބަރު އެބަލިބޭ" ކަމަށެވެ.

މި ތުހުމަތު ކުރެއްވިއިރު، ނަޝީދުގެ ސަޕޯޓަރުން ދަނީ އެމަނިކުފާނު އަވަހާރަކޮށްލަން ފަންޑުކުރި މީހުން ކޮބައިތޯ ސުވާލު އުފައްދައި އެ މީހުން ހޯދުން ލަސްވެފައިވާ ކަމަށް ބުނަމުންނެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ހަމަލާއަށް ފަންޑު ކުރި މީހުން ހޯދުމަށް ބޭރުގެ އެހީތެރިކަމާއެކު ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

"މި މައްސަލައިގައި ފައިނޭންސިން ސައިޑުން ކުރާ ތަހުގީގަކީ އަޅުގަނޑުމެން ވަރަށް އިސްކަމެއް ދީގެން ކުރާ ތަހުގީގެއް. އެކަމަކަށްޓަކައި އަޅުގަނޑުމެންނަށް މިހާރު ވެސް ލިބެމުންދާ ބޭރުގެ އެހީތެރިކަމުގެ އިތުރުން އަދި ވެސް ބައެއް އިތުރު ގައުމުތަކުން އެހީތެރިކަން ހޯދުމަށްޓަކައި މިހާރު ވެސް ހަމަޖެހިފައި އެބަހުރި އަދި އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން އެބަދަން،" ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ނަޝީދަށް ދިން ހަމަލާއާ ގުޅޭ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ވެސް ވަނީ ހޯދިފަ އެވެ. އެ ތަހުގީގަށް ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް ވެސް އަންނަނީ ބޭނުންކުރަމުންނެވެ.

މިއާއެކު ވެސް ހަމަލާއާ ގުޅޭ ގޮތުން ސުވާލު އުފައްދާނެ ޖާގަ ލިބިފައިވާ ސަބަބުތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި، ރާއްޖޭގެ އެންމެ ހައި ރިސްކް ބޭފުޅާއަށް ދިން ހަމަލާއާ ގުޅޭ އިންޓެލިޖެންސް މައުލޫމާތު ލިބިފައި ނުވާ ކަމަށް ފުލުހުންނާއި ސިފައިން ބުނުމާއި އޭގެ ފަހުން ހަމަލާއެއް ދީފާނެ ކަމަށް ލިބިވަޑައިގަތް މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ހިއްސާކުރެއްވި ކަަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވުމާއި ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދަވަން ނަޝީދު އޭޑީކޭގައި އޮންނަވަނިކޮށް އެތަނުގެ ފާހާނާއެއްގެ ތެރެއިން ފިސްތޯލައެއް ފެނުން ފަދަ މައްސަލަތައް ހިމެނެ އެވެ.

ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ފުން ޒަހަމްތަކެއް ލިބިވަޑައިގަތެވެ. އޭޑީކޭގައި ގިނަ ސާޖަރީތަކެއް ކުރެއްވުމަށް ފަހު ޖަރުމަނުން ވެސް ވަނީ ފަރުވާ ހޯއްދަވައިފަ އެވެ. ފަރުވާއަށް ވަޑައިގެންނެވި ގޮތަށް ނަޝީދު އަދި ހުންނެވީ އެ ގައުމުގަ އެވެ.

ފުލުހުން ދޭ ޔަގީންކަމަކީ ތަހުގީގުގައި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި މި ހަމަލާއާ ގުޅުން ހުރި އެންމެން ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކުރުމެވެ. އެހެންކަމުން ހަމަލާއާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ތަފާތު ވާހަކަތައް ނުފަތުރަން ފުލުހުން އިލްތިމާސްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox