ބަންދު ދެ ދުވަހު ވެސް ބީއެމްއެލްގެ އަސާސީ ތިން ހިދުމަތެއް ލިބޭނެ

ބީއެމްއެލްގެ އޭޓީއެމް ސެންޓަރަކުން ހިދުމަތް ހޯދި މީހެއް: މިހާރު ބޭންކު ހުޅުވައިގެން ހިދުމަތް ދެނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ބީއެމްއެލްގެ އޭޓީއެމް ސެންޓަރަކުން ހިދުމަތް ހޯދި މީހެއް: މިހާރު ބޭންކު ހުޅުވައިގެން ހިދުމަތް ދެނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

އެމްއެމްއޭއިން އަންގާފައިވާ ގޮތަށް ބޭންކު ހުޅުވައިގެން ތިން ދުވަހު ހިދުމަތް ދިން ނަމަވެސް، ހަފުތާ ބަންދު ނޫން އަނެއް ދެ ދުވަހު ބޭންކުގެ އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފި އެވެ.

މި ހިނގާ ހަފުތާގެ ނިޔަލަށް ބޭންކު ހުޅުވައިގެން ހިދުމަތް ދޭނީ ހޯމަ، އަންގާރަ އަދި ބުރާސްފަތީގަ އެވެ. މި ދުވަސްތަކުގައި ބޭންކުން ހިދުމަތްދޭ ގަޑިތަކަކީ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:30 އަށެވެ. މިއީ އެހެން ބޭންކުތަކަށް ވުރެ ބައި ގަޑި އިރު އިތުރެވެ.

ހަފުތާގެ ތެރޭގައި ބޭންކުން ދޭ އަސާސީ ހިދުމަތްތަކަކީ:

  • ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން
  • ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން
  • ޕޭރޯލް ހިދުމަތް

މި ހިދުމަތްތަކަށާއި ލޯކަލް ބޭންކް ޓްރާންސްފާތަކަށް އެ ދުވަހެއްގެ 11:00 ގެ ކުރިން ހުށައަޅައިގެން ދުވަހުން ދުވަހަށް ޕްރޮސެސް ވާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކުގެ މެދުގައި ކުރެވޭ މުއާމަލާތެއް ނަމަ އެ ދުވަހެއްގެ 12:00 ގެ ކުރިން ހުށައެޅުމުން ވާނެ އެވެ.

ބޭންކު ބަންދުކޮށްފައި ހުންނަ ދެ ދުވަހު މި ހިދުމަތްތަކަށް އެދެން ޖެހެނީ ބޭންކުގެ އޮންލައިން ޕޯޓަލްތަކާއި އެޕް މެދުވެރިކޮށެވެ. އަދި ޗެކުތައް އޭޓީއެމްއަށް ޑިޕޮސިޓް ކުރުމުން ޕްރޮސެސްކޮށް ދޭނެ އެވެ.

ބޭންކު ހުޅުވާފައި ހުންނަ ދުވަސްތަކުގައި މި ހިދުމަތްތައް ހޯދަން އޮންލައިން ޓޯކަންއަށް އެދެވޭނެ އެވެ. ބީއެމްއެލްއިން ޓޯކަން ދޫކުރަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އަށެވެ. ޓޯކަން ދޫކުރަނީ ކިއުބީ އެޕުންނެވެ.

ހަފުތާގެ ތެރޭގައި ބޭންކުން މެދުކެނޑުމެއް ނެތި މި ހިދުމަތްތައް ދޭން ނިންމި ސަބަބާ ގުޅޭގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު "އަދަދު" އަށް ވިދާޅުވީ، އެގޮތަށް ނިންމީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި ގުޅޭ ކަންކަން ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ބޭންކުގެ ކަސްޓަމަރުންނަށް ހަމަޖައްސައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ބޭންކުގެ އެހެނިހެން ހިދުމަތްތައް ދެނީ އެޕޮއިންޓްމަންޓު އުސޫލުންނެވެ. މި އެޕޮއިންޓަމްންޓްތަށް ދޫކުރަނީ ބޭންކުގެ ވެބްސައިޓުންނެވެ. އެޕޮއިންޓްމަންޓް އުސޫލުން ބީއެމްއެލްއިން ދޭ ހިދުމަތްތަކަކީ އެކައުންޓް އޯޕެނިން ސެންޓާ، ލޯން ސެންޓާ އަދި ބިޒްނަސް ސެންޓާތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox