ކައިވެނި ހަފުތާގައި ފާތިހު ހައްޔަރުކުރުމުން ދެ އާއިލާއަށް ބޮޑު ޝޮކެއް!

ފާތިހް: ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި.

ފާތިހް: ނަޝީދަށް ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައި.

ކޮވިޑާ އެކު ދަތުރުފަތުރު މަދުވެ ބ. ދަރަވަންދުއަށް ވެރިފައި އޮތް ހިމޭންކަމުގައި ކުއްލިއަކަށް ފުލުހުންގެ ޓީމެއް ޓެކްޓިކަލް ގިއަރުގައި އެރުމުން މުޅި ރަށަށް ލިބުނީ ކުއްލި ސިހުމެކެވެ. ފުލުހުންގެ ޓީމަކުން ރަށަށް އެރިގޮތަށް މިސްރާބު ޖެހި ގޭތެރެއަށް ވަދެގެން ހިންގީ ވަރުގަދަ އޮޕަރޭޝަނެކެވެ. އެ ގޭގެ ބޭރުގައި ވެހިކަލް ބާއްވައިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ގިނަ އަދަދެއްގެ ފުލުހުން އުޅުނު ގޮތުން ރައްޔިތުން ވެސް ކަންބޮޑުވި އެވެ.

އެ ވަރުގެ ކަމެއް އެ ރަށުގައި ހިނގާފައި ނެތުމުންނެވެ؛

ދެ ގަޑިއެއްހާ އިރުގެ އޮޕަރޭޝަނަށް ފަހު ފެނުނީ ފިރިހެނަކު ނެރެގެން ވެހިކަލަށް އެރުވި ތަނެވެ. އެންމެންނަށް ފުރަތަމަ އެނގުނު މިންވަރަކީ އެއީ އެ ގޭގެ މީހަކާ ކައިވެނިކުރަން ހަފުތާއެއްހާ ދުވަސް ކުރި އެ ރަށަށް ގޮސް އުޅުނު ލ. ގަން، ދުންފިނި އުފާ، އަހްމަދު ފާތިހް ކަމެވެ.

އޭނާ ހައްޔަރުކުރިތާ ގިނައިރުތަކެއް ނުވަނީސް އަޑުއިވުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ އޭނާއާ ގުޅުން އޮތް ކަމެވެ. މާލޭގައި މި ފަހުން ހިނގި ވަރުގަދަ ޓެރަރިސްޓު ހަމަލާއާ ގުޅުން ހުރި މީހަކު އެ ރަށުން ހައްޔަރުކުރުމުން އުފެދުނު ނުތަނަވަސްކަން ބޮޑެވެ.

މިކަމުގެ ތެރޭގައި، އެންމެ ބޮޑު ޝޮކެއް ލިބުނީ ދެ ފަރާތު އާއިލާ އަށެވެ. ފާތިހުއާ އެ ހަމަލާއާ ގުޅުން އޮވެދާނެ ކަމަކަށް އަންހެން މީހާގެ އާއިލާއަށް އަދިވެސް ގަބޫލެއް ނުކުރެވެ އެވެ. އާއިލާ އަށް ލިބުނު އުފާވެރިކަމުގެ ތެރެއަށް ބިރުވެރި ތުހުމަތުތަކެއް ވެރިވެ ތިބީ ޝޮކެއްގަ އެވެ.

"ގަބޫލުކުރަން ވަރަށް ދަތި އޭނަ އެ ކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް،" އަންހެން މީހާގެ ބޭބެއަކު "އަދަދު"އަށް ބުންޏެވެ.

އެކަމަކު ފާތިހު ހައްޔަރުކުރީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކަން ފުލުހުން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފަ އެވެ. ހަމަލައާ ގުޅިގެން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވެފައިވާ ގޮތުގައި ފާތިހު ހިމެނެނީ ނަޝީދަށް ހަމާލާދީގެން ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގަ އެވެ.

ފާތިހު ކުއްލި ގޮތަކަށް ދަރަވަންދުއަށް ދިޔައީ ހަމަލާއާ ގުޅިގެން ފިލަން ކަމުގެ ތުހުމަތު ވެސް އޭނާ ހައްޔަރުކުރުމާ އެކު ދަނީ ކުރަމުންނެވެ. އެކަމަކު މި ތުހުމަތު އާއިލާ އިން ދޮގު ކުރާ ސަބަބުތަކެއް އެބަހުއްޓެވެ.

ކައިވެނި ރާވާތާ އެތައް ދުވަހެއް

ރޯދަ ނިމެން އުޅެނިކޮށް ފާތިހު ދަރަވަންދު އަށް ދިޔައީ ކައިވެންޏަށެވެ. ކޮވިޑާ ހެދި އެޗްޕީއޭ އިން ކަނޑައަޅާފައި އޮތް އުސޫލާ އެއްގޮތަށް އޭނާ ހުރީ 14 ދުވަހުގެ ކަރަންޓީނުގަ އެވެ. ރަށު ތެރޭގައި ނުކުމެ ނޫޅުނަސް އެ ގޭގައި ކައިވެންޏެއް އޮތް ކަން ރަށުގެ ގިނަ ބައަކަށް އެނގެ އެވެ.

އާއިލާ އިން ބުނީ ބުދަދުވަހުގެ ރޭ ފާތިހު ހައްޔަރުކުރިއިރު އޮންލައިންކޮށް ކައިވެނިކޮށްފައިވާ ކަމަށެވެ. އެ ކައިވެނީ އޮތީ އާއިލާ އިން ބުނިގޮތުގައި މި މަހުގެ 13ގަ އެވެ. އެއީ، ފިތުރު އީދު ދުވަހެވެ.

އަންހެން މީހާ އާއިލާ އިން ކިޔައިދިން ގޮތުގައި އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ ކައިވެނި ރާވަމުން އަންނަތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.

"ލަސްވާތީ ފާތިހު ބޭނުންވީ މާލޭގައި ކައިވެނިކުރަން. އެކަމަކު ބައްޕަ އެކަމަށް އެއްބަސްނުވީ. އެއީ ކައިވެނި ނުކޮށް ކޮއްކޮ އެއްވެސް ތަނަކަށް ފޮނުވަން ބޭނުން ނުވާތީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އެ މީހުން ނިންމައިގެން ތިބީ ފާތިހު ދިރިއުޅޭ ރަށް، ގަމަށް ބަދަލުވާށެވެ. އެހެންވެ ކައިވެންޏަށް، ފާތިހު ދިރިއުޅޭ ގޭގައި ކޮޓަރި ވެސް ހަދާފައިވާ ކަމަށް ވެ އެވެ.

"ކޮވިޑާ ހެދި ކައިވެނި ޑިލޭވާތީ، ދެން ކައިވެނި އިތުރަށް ޑިލޭ ނުކުރަންވެގެން އެންމެ ފަހުން ފާތިހު މިކޮޅަށް އައީ،" އޭނާ ކިޔައިދިނެވެ.

ހަމަޖައްސާފައި އޮތީ، ފާތިހުގެ އާއިލާގެ މީހުން ވެސް ކައިވެންޏަށް ދަރަވަންދުއަށް އަންނަ ގޮތަށެވެ. އެ ދަތުރު ހަމަޖައްސާފައި އޮތީ އޭދަފުށިން ގަމަށް ދަތުރުކުރާ ލޯންޗުންނެވެ.

ނަމަވެސް، އެ މީހުންނަށް ނާދެވުނީ، ކޮވިޑުގެ ހާލަތު ގޯސްވެ އޭދަފުށި ލޮކްޑައުން ކުރުމުން ކަމަށް އޭނާ ބުންޏެވެ. ކައިވެންޏަށް ފަހު ފާތިހުގެ ދެމަފިރިން ދަރަވަންދޫގައި ތިބީ ކަރަންޓީން މުއްދަތު ހަމަވަންދެންނެވެ. އޭގެ ފަހުން އެ މީހުން ނިންމާފައި އޮތީ، ދިރިއުޅުން ގަމުގައި ފަށާށެވެ.

"ކުއްލި ޝޮކެއް، ފިލުވަން މަސައްކަތް ނުކުރޭ"

އެކަމަކު ފާތިހު ހައްޔަރުކުރުމާ އެކު އާއިލާ ތިބީ ވީ ގޮތް މުޅިން ސާފު ނުވެފަ އެވެ.

އާއިލާ އިން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ފުލުހުން އައިސް އެ ގެއަށް ވަދެ ގަތުމާ އެކު މުޅި އާއިލާއަށް ލިބުނީ ޝޮކެކެވެ. ހައްދުފަހަނާޅާފައިވާ ފިކުރެއްގެ ތެރެއިން މީހެއްގެ ފުރާނަ ދުއްވާލަން ޖެހިލުން ނުވާ ފަދަ ވިސްނުމެއް ފާތިހު ގެންގުޅޭ ކަމުގެ އެއްވެސް ހިލަމެއް ވެސް އިޝާރާތެއް ވެސް ދެ އާއިލާއަށް ވެސް ލިބިފައި ނެތެވެ.

އެފަދަ ރަހުމުކުޑަ އަމަލެއްގައި ފާތިހުގެ އަތެއް އޮތް ކަމަށް ބުންޏަސް، އެކަން ގަބޫލުކުރަން އާއިލާއަށް އަދިވެސް ދަތި ވަނީ އެހެންވީމަ އެވެ.

"އެހާ ކުރިން ރާވާފައިއޮތް ކައިވެންޏެއް އެއީ. ދެން މި ރަށަށް ފާތިހު އައީ ކުއްލިއަކަށް ފިލަންވެގެންނޭ މި ކިޔަނީ. އަޅުގަނޑުމެން އޭނަ ފިލުވާކަށް އެއްވެސް ކަމެއް ނުކުރަން،" އޭނާ ބުންޏެވެ.

ފާތިހު ހައްޔަރުކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން އެރޭ ބުނެފައިވާ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދޭތީ އާއިލާގެ ކަންބޮޑުވުންވަނީ އިތުރުވެފަ އެވެ.

އަދި އާއްމުންގެ އިތުރުން މީޑިއާގައި ވެސް އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ އެކަމާމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

"އަޅުގަނޑުމެން އެކި ގޮތް ގޮތަށް މަސައްކަތް ކޮށްފިން މައުލޫމާތެއް ލިބޭތޯ. އެކަމަކު އެއްވެސް ގޮތަކުން އެ މައުލޫމާތު ސާފުކޮށްނުދޭ،" އޭނާ ބުންޏެވެ.

ފާތިހުގެ އަނބިމިހާ އާއި މަންމަ ވެސް އަދިވެސް ލިބުނު ޝޮކުން އަރައިނުގަނެވި، މާޔޫސްވެފައި ތިބިކަމަށް އޭނާ ބުންޏެވެ.

އަންހެންކުއްޖާގެ ފަރާތުން ދެއްކި ވާހަކަތަކަށް ބާރުދީ، އެ ރަށުން "އަދަދު"އާ ވާހަކަ ދެއްކި މީހަކު ވެސް ބުނި ގޮތުގައި، ފާތިހު އެ ރަށަށް ދިޔައީ ކައިވެނިކުރާށެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް އޭނާ ވެސް ބުންޏެވެ.

ފާތިހުއާ ގުޅޭ މާ ގިނަ މައުލޫމާތެއް ލިބިފައިނެތް ނަމަވެސް، އޭނާ ކައިވެނިކުރި އަންހެންކުއްޖާ އާއި އެ އާއިލާއަކީ ވެސް އެފަދަ ކަމަކަށް ހިތްވަރުދޭނެ ބަޔެއް ނޫން ކަމަށް ޔަގީންކަމާ އެކު އޭނާ ބުންޏެވެ.

"އެ އާއިލާއަކީ އެ ކަހަލަ ފިކުރެއް ގެންގުޅޭ ބައެއް ނޫން. އެ ކަހަލަ ކަމެއް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައިއެއް ވެސް ނެތް. އަޅުގަނޑަށް ހަމަ 100 ޕަސަންޓު ޔަގީން އެ ކަހަލަ ކަމެއްގައި އެ މީހުންގެ ބައިވެރުވުމެއް ވެސް އަދި ހިތްވަރެއް ވެސް ނުދޭނެކަން."

ފުލުހުންގެ ވަޒީފާއިން ވަކިވީ ވަރަށް ފަހުން، ކެބިން ކްރޫއަކަށް އުޅުނު

ހައްދުފަހަނާޅައި ދިއުމުގެ ފިކުރާ ފާތިހުއާ ގުޅުވާނެ ސަބަބެއް ދެ އާއިލާ އަށް ނުވިސްނެނީ އޭނާ އުޅެމުން އައި ރަނގަޅު ދިރިއުޅުމުންނެވެ. ވަޒީފާތަކަށް ގޮސް ދިރިއުޅެމުން އައީ އެހެން މީހަަކަށް ބަރޯސާނުވެ އަމިއްލަައަށެވެ. މި ފަހުން ހިންގީ އަމިއްލަ ވިޔަފާރިއެކެވެ.

އަންހެން މީހާގެ އާއިލާ އިން އެކަން ކަށަވަރުކޮށްދެ އެވެ.

ޓެރަރިޒަމްގެ ކުށެއްގައި ފާތިހު ހައްޔަރުކުރިއިރު އޭނާ ވަނީ ފުލުހުންގެ ވަޒީފާގައި އުޅެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މަސައްކަތް ކުރީ ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގަ އެވެ. ފުލުހުން ބުނާގޮތުގައި ފާތިހު ވަކިވީ އަމިއްލަ އަށް މި އަހަރުގެ ތެރޭގަ އެވެ.

ފާތިހު ކެބިންކްރޫއެއްގެ ވަޒީފާ ވެސް އަދާކުރި ކަމަށް ވެ އެވެ. އޭނާއާ ގުޅޭ ގޮތުން މައުލޫމާތު ދިން ބައެއް މީހުން ބުނާގޮތުގައި، އޭނާގެ އުޅުމާއި ވިސްނުމަށް ބަދަލު އަންނަން ފެށި ހިސާބުން އެ ވަޒީފާ އިން ވަކިވީ އެވެ. އެކަމަކު ސީދާ ތާރީހެއް އެކަމުގައި "އަދަދު"އާ ވާހަކަ ދެއްކި މީހުންނަކަށް ސާފެއް ނުވެ އެވެ.

މި އުޅުމުގައި ފެންނަ ފާތިހަށް ނުރައްކާތެރި ހަމަލާއެއްގެ ތުހުމަތު އަމާޒުވުމުން އާއިލާ އިން އެއީ ތެދެއް ކަމަށް ގަބޫލެއް ނުކުރެ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ތަފްސީލްކޮށް އޭނާގެ ކުށް މިހާތަނަށް ފުލުހުން ބުނެދީފައި ނުވުމުންނެވެ.

"އެހެންވީމަ އޭނަ ހައްޔަރުކުރި ސަބަބާ މެދު ޝައްކު އުފެދޭ، ތުހުމަތުތައް ތެދުކަމަށް ގަބޫލުކުރަން ވެސް ދަތި."

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox