ބޮމުގެ ހަމަލާއާ ގުޅުން ހުރި ފާތިހު ފުލުހުންގެ ވަޒީފާއިން ވަކިވީ އަމިއްލައަށް!

ފާތިހު: އޭނާ ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހާފައި.

ފާތިހު: އޭނާ ހައްޔަރުކޮށް ބަންދަށް ވަނީ 15 ދުވަސް ޖަހާފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ބ. ދަރަވަންދޫން މިިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހު ފުލުހުންގެ ވަޒީފާގައި އުޅުނުކަން އެ މުއައައްސަސާ އިން މިއަދު ކަށަވަރުކޮށްދީފި އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި އޭނާ މަސައްކަތް ކުރީ ފުލުހުންގެ އިންޓެލިޖެންސްގަ އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފާތިހު ފުލުހުންގެ ވަޒީފާގައި މަސައްކަތް ކުރި ކަމަށެވެ. އެކަމަކު މަސައްކަތް ކުރި ޑިޕާޓްމެންޓެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.

Advertisement
މި އަހަރުގެ ތެރޭގައި އޭނާ ވަޒީފާއިން ވަކިވީ އަމިއްލައަށް، -- ފުލުހުންގެ އޮފިޝަލް

އޭނާ ފުލުހުންގެ ހިދުމަތާ ގުޅުނު ތާރީހެއް އަދި ސާފެއް ނުވެ އެވެ.

ފާތިހު ކެބިން ކްރޫއެއްގެ ވަޒީފާގައި ވެސް އުޅުނެވެ. އެ ވަޒީފާއިން ވަކިވީ ހަރުކަށި ފިކުރުގެ މީހުންނާ އެކު އުޅެން ފަށައި، ބަދަލުވާން ފެށި ވިސްނުމާއެކުގައި ކަމަށް ވެ އެވެ.

ދަރަވަންދުއަށް ގޮސްއުޅެނިކޮށް ހައްޔަރުކުރި ފާތިހުގެ ބަންދަށް 15 ދުވަސް ޖަހައި އޭނާ ވަނީ މާލެ ގެނެސްފަ އެވެ.

އޭނާ އަކީ އެނގިފައިވާ ގޮތުގައި، ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލި ސައިކަލާ ގުޅުން ހުރި މީހެކެވެ. ނީލޯފަރު ހިނގުމުގައި ބޮން ގޮއްވާލީ ކެނެރީގެއިން ނުކުމެވަޑައިގެން ނަޝީދު ހިންގަވާފައި ކާރުކޮޅާ އަރާ ހަމަވިތަނުންނެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފާތިހު ހިމެނޭ ގޮތުން ޖުމްލަ ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

އެއީ ބޮންގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.

އޭގެ ތެރެއިން ތަހުމީނަކީ ސައިކަލުގެ ވެރި މީހާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެނގިފައިވާ ގޮތުގައި، ސީރިއާއަށް ދާން ޖެހޭ ކަަމަށް ފާޅުގައި ވާހަކަ ދައްކާ ތަހުމީން ވަނީ ނަޝީދަށް އޮންނަ ރުޅިވެރިކަން އޭނާގެ ގާތްމީހުންގެ ގާތުގައި ހާމަކޮށްފަ އެވެ.

އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox