ތަހުގީގު ބޭނުމަށް ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ

ޕީޖީ ޝަމީމް، ފުލުހުންގެ އިސްބޭފުޅުންނާއެކު: ފުލުހުންގެ ތަހުގީގު ބޭނުމަށް މީހުން ހައްޔަރުކުރުމަށް ޝަމީމް ވެސް ދެކޮޅު - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޕީޖީ ޝަމީމް، ފުލުހުންގެ އިސްބޭފުޅުންނާއެކު: ފުލުހުންގެ ތަހުގީގު ބޭނުމަށް މީހުން ހައްޔަރުކުރުމަށް ޝަމީމް ވެސް ދެކޮޅު - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޝަމީމް މިހެން ވިދާޅުވީ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައަށް އަމާޒުވެފައިވާ ގެވެށި އަނިޔާގެ މައްސަލާގެ ތަހުގީގަށް އޭނާ ހައްޔަރުކުރުމަށް ކުރިމިނަލް ކޯޓުގައި އެދި، އެ މައްސަލަ ނާކާމިޔާބުވެފައިވަނިކޮށެވެ.

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އީސަ ހައްޔަރުކޮށްދޭން ޕްރޮސިކިއުޓާ ޖެނަރަލް ހުށަހެޅީ، ފުލުހުން އެގޮތަށް އެދުމުންނެވެ. މަޖިލިސް މެންބަރުން ހައްޔަރުކުރުމަށް އަމުރަށް ފުލުހުންނަށް އެދެވޭނީ ޕްރޮސިކިއުޓާ ޖެނަރަލް މެދުވެރިކޮށެވެ.

Advertisement

ނަމަވެސް، ކްރިމިނަލް ކޯޓުން އަމުރު ނެރެނުދޭން ނިންމާ ބުނެފައިވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެ ތެރޭގައި ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުން ނުހިމެނޭ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީގެ އެ ނިންމެވުމަށް ތާއިދު ކުރައްވަމުން ޝަމީމް، އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ތަހުގީގަށް ބަންދު ކުރުމެއް ގާނޫނުގައި ނެތް ކަމާއި ގާނޫނު އަސާސީ ލިޔެފައިވަނީ ތުހުމަތުވާ މީހުންގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް ކަމަށެވެ.

"ހައްޔަރުކުރުން ހުއްދަ ސަބަބުތައް ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ‘ތަހުގީގުގެ ބޭނުމަށް’ ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން، ނަމަވެސް، ގާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް އަދިވެސް ހީވެފައި އޮންނަނީ، ތަހުގީގު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށް، އެއީ، ތަހުގީގު ކުރަން ފަސޭހަވާނެ ކަމެއް،" ޝަމީމް ވިދާޅުވި އެވެ.

"ނަމަވެސް، މިކަމުގެ ތާރީހީ ހަގީގަތްތައް ހުރި ގޮތުން، ގާނޫނު އަސާސީ ލިޔުނު މީހުން އޮތީ، އެވިސްނުމާ ދުރަށް، ތުހުމަތު ކުރެވޭ މީހާގެ ހައްގުތައް ހިމާޔަތް ކުރެވޭ ގޮތަކަށް ގާނޫނު ލިޔެފައި،" ޝަމީމް ވިދާޅުވި އެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބެއް ކަމަށް ފުލުހުން ދެކުނީ ހެކިބަސް ދޭން ތިބި މީހުންގެ ތެރެއިން މިވަގުތު ބަޔާން ނުނެގި ތިބި ހެކިންނަށް އީސަ ނުފޫޒު ފޯރުވަދާނެތީ އެވެ. ނަމަވެސް، ކޯޓުގެ ނިންމުމުގައި ބުނީ އީސާގެ ކިބައިން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ސިޓީގައި ބަޔާންކޮށްފައި އޮތް އޮތުން ފިޔަވައި އެކަން ދަލާލަތުކޮށްދޭ ނުވަތަ އެ ބުނުމަށް ބާރު ލިވޭ އިތުރު އެއްވެސް އެއްޗެއް ޕްރޮސިކިއުޓާ ޖެނަރަލް ހުށަހަޅާފައިނުވާ ކަމަށެވެ.

ކޯޓުގެ ނިންމުމުގައި ބުނީ އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ހިމެނޭ މައްސަލައެއްގައި، މީހަކު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ނުވަތަ ޕީޖީ އޮފީހުގެ ފަރާތުން 2019، 2020 އަދި 2021 ވަނަ އަހަރުގެ ތެރޭގައި ވެސް މިހާތަނަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

"މި ހާލަތުގައި އީސަ ހައްޔަރުކުރުމަށް ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އެދިފައިވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާނެ މީހެއް ކަމަށް އޮންނަ އޮތުމާ ހިލާފަށް ކަމަށް ޝަރީއަތަށް ބުރަވެވޭ،" ނިންމުމުގައިވެ އެވެ.

އެހެންވެ، ގާޒީ ދީބާނާޒް ނިންމެވީ އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ފަދަ ސަބަބުތަކެއް ހުރި ކަމުގައިވީ ނަމަވެސް، އޭނާ ހައްޔަރުކުރަން އަމުރެއް ނެރޭނެ ގާނޫނީ ބިނާއެއް ޕްރޮސިކިއުޓާ ޖެނަރަލަށް ދެއްކިފައި ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox