އިމާރާތަކުން މީހުން ވެއްޓުމުގެ ދެ ހާދިސާއެއް؛ ތަހުގީގު ކުރަނީ

May 21, 2021, 9:46 PM
ރޭ ގެސްޓްހައުސެއްގެ މަތިން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ: މިރޭ ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައި

ރޭ ގެސްޓްހައުސެއްގެ މަތިން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަނީ: މިރޭ ވެސް ވަނީ އެފަދަ ހާދިސާއެއް ހިނގާފައި

އިމާރާތަކުން މީހަކު ވެއްޓުމުގެ ދެ ހާދިސާއެއް ކައިރިކައިރީގައި ހިނގައިފި އެވެ.

ފުރަތަމަ ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު، 3:00 ހާއިރު ހުޅުމާލޭ ނިރޮޅުމަގުހެ ހަވަނަ ނަންބަރު ގޯޅީގަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ގޯޅީގައި ޒަހަމްތަކާއެކު މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން އެޓެންޑްވި ކަމަށެވެ.

އުމުރުން 21 އަހަރުގެ އެ މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު، ހޮސްޕިޓަލަށް ގެންދިޔައިރު އެމީހާގެ ހޭވެރިކަން ނެތް ކަމަށް ފުލުހުން ބުންޏެވެ.

އެމީހާ ވެއްޓިފައި އޮތް މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭގެން ފެންނަ ގޮތުން އޭނާ އޮތީ ބޮކްސާ ފިޔަވައި އިތުރު އެއްޗެއް ގަޔަށް ލައިގެނެއް ނޫނެވެ. ގިނަ ޒަހަމްތަކެއް ލިބިފައިވާ ކަމަށް ބެލެވޭއިރު ގިނަ އަދަދެއްގެ ލޭ ފައިބާ ހުއްޓެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ ހަރަކާތްކުރެ އެވެ. އަދި، އަޅަމުންދިޔަ ވޭންތަކަށް ކެތްނުކުރެވިގެން އުޅޭ މަންޒަރު ފެނެ އެވެ.

އޭނާ ވެއްޓިފައިވަނީ ގެސްޓްހައުސްއެއްގެ ތިންވަނަ ބުރިން ކަމަށް މައުލޫމާތު ލިބޭއިރު އެ ގެސްޓްހައުސްގެ ޓެރެސްގައި ވެސް ލޭހުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ދެވަނަ ހާދިސާ ހިނގާފައިވަނީ، މާލޭގެ އިތާ ގޯޅިގަ އެވެ. ފުލުހުން ބުނި ގޮތުގައި އެ ގޯޅިއަށް ވެއްޓިފައި އޮތް މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ފަށާފައިވާ ކަމަށެވެ. މިރޭ 1:00 ގައި ހިނގާފައިވާ އެ ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަގުމައްޗަށް އެމީހާ ވެއްޓިފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެއާ ޖެހިގެން ހުންނަ އެންދެރިކުރި ގެއިންނެވެ. އެމީހާ ވެއްޓުނު ގޮތެއް ސާފު ނުވާއިރު، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ލޭ ފައިބާފައި ހުއްޓެވެ. ވެއްޓި އަނިޔާވެފައިވަނީ 33 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ދެ މައްސަލާގެ ތަހުގީގު ހިންގަމުންދާއިރު، އިތުރު މައުލޫމާތެއް ހާމަކުރެވޭނީ ތަހުގީގަށްފަހު ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox