އަންހެނުން ދޮގު ހަދާފާނެ، ގާނޫނު އޮތީ ހައްދެއް ނެތް މިންވަރަށް އަންހެނުންގެ ކޮޅަށް: ގާސިމް

ގާސިމް: އީސަގެ މައްސަލަ ތަހުގީގު ކުރަން ވާނީ ހައްޔަރުނުކޮށް ބަހައްޓައިގެން ކަަމަށް ވިދާޅުވި. -- ފޮޓޯ / މަޖިލިސް

ގާސިމް: އީސަގެ މައްސަލަ ތަހުގީގު ކުރަން ވާނީ ހައްޔަރުނުކޮށް ބަހައްޓައިގެން ކަަމަށް ވިދާޅުވި. -- ފޮޓޯ / މަޖިލިސް

އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ ކަމަށާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު ވެސް އޮތީ ހައްދެއް ނެތް މިންވަރަށް އަންހެނުން ހިމާޔަތްކޮށްދީފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް މިގޮތަށް ވިދާޅުވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއަށް ކުރާ ގެވެށި އަނިޔާގެ މައްސަލައިގެ ތުހުމަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގަ އެވެ.

އެއީ ގާސިމްގެ މެސެޖެއް ކަން "އަދަދު"އަށް ވަނީ ކަށަވަރުވެފަ އެވެ.

އީސައާ ދެކޮޅަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ އަނބިކަބަލުން އަސްރާ ނަސީމެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު އަސްރާ ފޭސްބުކްގައި ލިއުއްވި ގޮތުގައި އަނިޔާގެ އެ ތަޖުރިބާއަކީ ދުވަހަކު ވެސް ކުރިމަތިވެދާނެ ކަމަށް ހީކުރެއްވި ކަމެއް ނޫން ކަަމަށެވެ.

އޭނާ އާއި ދެ އަހަރު ނުވާ ދަރިފުޅަށް އަނިޔާކުރި ކަމަށް ވަނީ އިއްޔެ ރޭ ދަންވަރެވެ. މި މައްސަލަ ފުލުހުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.

އީސައާ ގުޅޭ ގޮތުން ގާސިމް ވާހަކަ ދައްކަވަން ފެއްޓެވީ އީސަ، ދަރިފުޅާ އެކު ހުންނެވި ފޮޓޯއެއް އެ ގްރޫޕަށް ފޮނުއްވުމަށް ފަހު އެވެ.

ގާސިމް ވިދާޅުވީ "މިފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި" ކަމަށެވެ. މިގޮތަށް މި ވިދާޅުވީ އަނބިކަނބަލުން ނަސްރާ ނަސީމަށް އީސަ އަނިޔާކުރިއިރު ދަރިފުޅަށް ވެސް އަނިޔާ ދޭން އުޅުނު ކަމަށް ތުހުމަތު ކުރަނިކޮށެވެ.

ގާސިމް ވިދާޅުވި ގޮތުގައި "އަންހެނަކު ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ" އެވެ. މިހެން ވިދާޅުވުމަށް ފަހު ބްރެކެޓުގައި އަދި ފިރިހެނުން ވެސް ޖަހާފައިވެ އެވެ.

އެހެންވެ މައްސަލަ ތަހުގީގު ކުރަން ޖެހޭނީ ވަރަށް އިންސާފުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގެވެށި އަނިޔާގެ ގާނޫނު އެވަނީ ހައްދެއް ނެތް މިންވަރަށް އަންހެން ބޭފުޅުން ހިމާޔަތްވާ ގޮތަށް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހަކު ހައްޔަރުކުރެވޭނީ ހަތަރު ކަމެއް ފުރިހަމަވެގެން ކަމަށެވެ. ނޫން ނަމަ ގާނޫނުއަސާސީއާ ހިލާފުވާނެ ކަަމަށެވެ.

"މީހަކު ބުނާހާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ. އެއީ އިންސާފުން ބޭރުން އެއްފަރާތަކަށް ދެވޭ ބޮޑު އަނިޔާއެއް ވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ތަހުގީގު ކުރެވެން ވާނީ ހަމަ އެކަކު ވެސް ބަންދުނުކޮށް ބަހައްޓައިގެން އަދުލުވެރިކަމާ އެކު،" ގާސިމް ވިދާޅުވި އެވެ.

ގާސިމް މިގޮތަށް ވާހަކަ ދެއްކެވިއިރު އީސަގެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅައިފަ އެވެ. އިޖުތިމާއީ ކޮމިޓީން އީސަ ވަކިކުރަން ކޮމިޓީ ވެސް ބޭއްވި އެވެ. އެކަމަކު ކޯރަމް ހަމަނުވެގެން އޭނާ ވަކިނުވީ އެވެ.

އެކަމަކު ކޮމިޓީގެ ފަހުން އީސަ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox