ކޮމިޓީގެ ކޯރަމް ހަމަނުވެގެން އީސަ ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވުނު

މަޖިލީހުގެ ޖަލްސާއެއްގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ގެވެށި އަނިޔާގެ މައްސަލައެއްގެ ހިޔަނި އެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކި ކުރަން މިއަދު ތާވަލުކުރި މައްސަލަ ކޯރަމް ހަމަނުވެގެން ކުރިއަށް ނުގެންދެވި، ބައްދަލުވުން ނިންމާލައިފި އެވެ.

އީސަގެ ގެވެށި އަނިޔާގެ މައްސަލައެއް އަންގާރަ ދުވަހުގެ ދަންވަރު 1:30 ހާއިރު ހުށަހަޅާފައި ވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ.

"އަދަދު" އާ ދައްކަވަމުން ޖެންޑާ ކޮމެޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވީ އީސަގެ މައްސަލައަކީ ހައިޕްރޮފައިލް މައްސަލައަކަށްވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަންގަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ބަލަންޖެހޭ އިދާރާތަކުން ބަލައިގެން އެކަން ކޮންފާމް ކުރަމުން މި ދަނީ އެއީ ހިނގާފައި އޮތް ކަމެއްތޯ. އަދި މިކަމުގައި އަޅުގަނޑުމެންގެ މެންޑޭޓަކަށް ވަނީ މިއީ ހައިޕްރޮފައިލް ކޭސްއަކަށްވާތީ ސަރުކާރުގެ އިދާރާތަކުން ފަހަތުފަޔަށް ބުރަނުވެ މިކަން ސީރިއަސްކަމާއެކު ބަލަމުންދާކަން ކަށަވަރުކުރުން،" ޖީހާން ވިދާޅުވި އެވެ.

އޭގެ ފަހުން އިޖުތިމާއީ ކޮމިޓީގެ ތިން މެމްބަރުންގެ ސޮއި އާއެކު މުގައްރިރުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި ސޮއި ކުރައްވާފައިވަނީ ޖީހާންގެ އިތުރުން ކޮމިޓީގެ ނައިބު މުގައްރިރު އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނާއި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި އެ ކޮމިޓީގެ ކުއްލި ބައްދަލުވުމެއްގައި ފިރުޝާން ވިދާޅުވީ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވަނީ މެމްބަރުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ ބާވަތަކީ މަޖިލީހަށާއި ކޮމިޓީއަށް ބަލައިގަނެވޭނެ ފަދަ ތުހުމަތަކަށް ނުވާތީ ކަމަށެވެ.

އަދި އެ މައްސަލާގައި ބަހުސްނުކޮށް އޮތީ ގޮތެއް ނިންމުން ކަމަށް އޭނާ އިއުލާނުކުރެއްވި އެވެ.

އެއާއެކު ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ގިނަ އިރުތަކަކަށް ބައްދަލުވުން މެދުކަނޑާލުމަށްފަހު، އަލުން ބައްދަލުވުން ފެށުމާއެކު ރިޔާސަތުގައި އިންނެވި ފިރުޝާން ވިދާޅުވީ އެ ވޯޓު ކުރިއަށް ގެންދަން ބޭނުންވާ ވަރަށް ބައްދަލުވުމުގެ ކޯރަމް ހަމަނުވާ ކަމަށެވެ.

ފިރުޝާން ވިދާޅުވި ގޮތުގައި ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީގައި މި ބާވަތުގެ މައްސަލައެއް ކުރިއަށް ގެންދަން މުގައްރިރު ނުހިމަނައި މަދުވެގެން ފަސް މެމްބަރުން ތިއްބަވަން ޖެހޭ ކަމަށެވެ.

މިއަދުގެ ބައްދަލުވުމަށް ވަޑައިގެންނެވި މެމްބަރުން

  1. މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު
  2. ފަރެސްމާތޮޑަ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް
  3. ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު
  4. މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

"އަޅުގަނޑުމެން ވަރަށް މަސައްކަތް ކޮށްފިން ބާކީ ތިބި ތިން މެމްބަރުންނާ ގުޅައިގެން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭތޯ ބެލުމަށް. އެކަމަކު ކާމިޔާބުވާ ގޮތެއް ނުވި،" އޭނާ ވިދާޅުވި އެވެ.

ދެން އެ ކޮމިޓީގައި ތިއްބަވަނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ އިތުރުން ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދެވެ.

އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އީސަ ވަކި ކުރުމުގެ މައްސަލަ މިއަދު ކުރިއަށް ގެންދެވިފައިނުވާއިރު، ގެވެށި އަނިޔާގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓަށް ހާޒިރުވެ އަސްރާ އިއްޔެގެ ވަގުތެއްގައި ބަޔާނެއް ވަނީ ދެއްވާފަ އެވެ.

އީސަ ހައްޔަރުކުރަން ކޯޓު އަމުރު ހޯދުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.

ގެވެށި އަނިޔާގެ މައްސަލައެއްގައި އީސަ ހައްޔަރުކުރިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމުގެ ލިސްޓު ނެރުނުއިރު ވެސް އީސަގެ ނަން އޮތެވެ. ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގުގައި އެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox