ޓޯކިޔޯ މެޑިކަލް ގްރޫޕަކުން އޮލިމްޕިކްސް ކެންސަލްކުރަން އެދިއްޖެ

May 19, 2021, 9:51 AM
އޮލިމްޕިކްސް ކެންސަލްކުރަން ގޮވާލާއި ޖަޕާނުގެ މީހަކު ބޯޑެއް ހިފައިގެން.--

އޮލިމްޕިކްސް ކެންސަލްކުރަން ގޮވާލާއި ޖަޕާނުގެ މީހަކު ބޯޑެއް ހިފައިގެން.--

ޓޯކިޔޯ (މެއި 19) - ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ހިމެނޭގޮތަށް 6000 އަށް ވުރެ ގިނަ މީހުން ތަމްސީލުކުރާ މެޑިކަލް ގްރޫޕަކުން މި އަހަރުގެ ޓޯކިޔޯ އޮލިމްޕިކް ކެންސަލްކުރަން ޖަޕާނުގެ ސަރުކާރު ކިބައިން އެދިއްޖެ އެވެ.

މި މަހު 14 ވަނަ ދުވަހު މެޑިކަލް ގްރޫޕުން ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑޭ ސޫގާ އަށް ފޮނުވި ހުޅުވާލެވިފައިވާ ސިޓީގައި ބުނެފައިވަނީ އަންނަ ޖުލައި މަހު އޮލިމްޕިކްސް ހޯސްޓްކުރަން ހަމަޖެހިފައިވާ ސިޓީ ކަމަށްވާ ޓޯކިޔޯގެ މި ވަގުތުގެ ހާލަތަކީ ކޮވިޑް-19ގެ ސަބަބުން ހޮސްޕިޓަލްތަކަށް ނުކަތާ ފަދަ ވަގުތެއް ކަމަށެވެ. އަމުދުން މި ފަދަ ބޮޑު ބަލިމަޑުކަމެއްގެ ނުރައްކާތެރި ހާލަތަކުން އަރައިގުނަވިގެން އުޅޭއިރު ގޭމްސް އަކަށް ގިނަ ބަޔަކު ގެނެސްގެން ހާލަތު ގޯސްވެދާނެ ފަދަ ރިސްކެއް ނެގެން ނެތް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

"އަހަރެމެން ވަރަށް ބޮޑަށް ބާރު އަޅަން ކަމާބެހޭ ފަރާތްތަކަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އާ މަޝްވަރާ ކުރުުމަށް ފަހު މި ފަހަރުގެ އޮލިމްޕިކްސް ކެންސަލްކުރަން،" މެޑިކަލް ގްރޫޕުން ފޮނުވި ސިޓީގައިވެ އެވެ.

ޖަޕާނުގެ ސަރުކާރުން މިދިޔަ ހުކުރު ދުވަހު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ ނިޔަލަށް ދައްމާލައިފަ އެވެ. ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ ޖަޕާނުގެ މީހުންގެ އަދަދު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެ ގައުމުގެ މީޑިއާތަކުން ބުނީ މި ގޮތަށް ކަންތައް ދިމާވި އެންމެ ބޮޑު ސަބަބަކީ ވެކްސިން ދިނުމުގައި ސަރުކާރުން ގެންގުޅުނު ސިޔާސަތު ހަރުދަނާނުވުމުން ކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދިޔަ ނަމަވެސް ޖަޕާނުގެ ބޮޑުވަޒީރު ސޫގާގެ އެދިލެއްވުމާ އެކު ޖަޕާނުގެ އޮލިމްޕިކް ކޮމިޓީން މަސައްކަތް ކުރަމުން އަންނަނީ ސަލާމަތީ ކަންތައްތައް ވަރަށް ވަރުގަދަ ކުރުމަށް ފަހު ޝެޑިއުލްގައިވާ ގޮތަށް އޮލިމްޕިކްސް ކުރިއަށްގެންދިއުމަށެވެ.

އޮލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ ޖުލައި 25 އިން އޮގަސްޓް ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ފަހުން ޖަޕާނުގެ މީހުންގެ މެދުގައި ނެގުނު އޮންލައިން ޕޯލެއްގެ ނަތީޖާތައް ދައްކާގޮތުގައި އާންމުންގެ ތެރެއިން 40 ޕަސެންޓް މީހުން ބޭނުންވަނީ އޮލިމްޕިކްސް ކެންސަލްކުރާށެވެ. އަދި އޮލިމްޕިކްސް ކެންސަލްކުރަން އޮންލައިން ޕެޓިޝަނެއްގައި ބައިވެރިވި މީހުންގެ އަދަދު ވަނީ 350،000 އަށް އަރައިފަ އެވެ.

މި އަހަރު ބާއްވަން މަސައްކަތް ކުރަމުން އަންނަ އޮލިމްޕިކްސް އަކީ ހަގީގަތުގައި މިދިޔަ އަހަރަށް ޝެޑިއުލްކުރެވިފައި އޮތް ގޭމްސް އެކެވެ. އެކަމަކު މިދިޔަ އަހަރު ކޮވިޑްގެ ހާލަތު މުޅި ދުނިޔޭގައި ވެސް އިންތިހާ އަށް އިތުރުވެފައިވާތީ ޖެހުނީ އިތުރު ގޮތެއް ނެތިގެން މި އަހަރަށް ފަސްކުރާށެވެ. އަނެއްކާ މި ފަހަރު ގޭމްސް ނުބާއްވައި ކެންސަލްކޮށްފިނަމަ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ޓޯކިޔޯ އޮލިމްޕިކްސްގެ އޮގަނައިޒިން ކޮމިޓީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox