ހަރުކަށި "ބޮޑެއް" ހޯދަން ނުބައި ގެއަކަށް ވަން މައްސަލަ ހުށަހަޅައިފި

ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ދަނީ: ހުޅުމާލޭ ގެއަކަށް ރޭ ފުލުހުން ވަދެ އަމަލުކުރި ގޮތުގެ މައްސަލައެއް ވަނީ ފެންމަތިވެފައި. -- ފޮޓޯ/ އަދަދު

ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ދަނީ: ހުޅުމާލޭ ގެއަކަށް ރޭ ފުލުހުން ވަދެ އަމަލުކުރި ގޮތުގެ މައްސަލައެއް ވަނީ ފެންމަތިވެފައި. -- ފޮޓޯ/ އަދަދު

އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރު ފަތުރާ "ބޮޑެއް" ހޯދަން ކަމަށް ބުނެ ކޯޓު އަމުރަކާ އެކު ގެއަކަށް ފުލުހުންތަކެއް ވަދެ ރޭ އަމަލުކުރި ގޮތް ބަލައިދޭން އެ ގޭގައި ދިރިއުޅޭ ފަރާތުން މައްސަލަ ހުށަހަޅައިފި އެވެ.

މި މައްސަލަ "ޝަކުވާއެއްގެ ގޮތުގައި ހުށަހަޅާފައި އެބައޮތް" ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ކަށަވަރުކޮށްދެއްވި އެވެ. އިތުރަށް ބެލުމަށް ފަހު ތަފްސީލް ދެއްވާނެ ކަަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ހަމަލާ، ހައްދުފަހަނާޅާފައިވާ ފިކުރާ ގުޅޭތީ، އެކަމުގައި އުޅޭ މީހުންނަށް އަމާޒުކޮށްގެން ފުލުހުން ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ. އައިސިސްއާ ގުޅުން ހުރި ބަޔަކު އައްޑޫން ހައްޔަރުކުރުމަށް ފަހު، މާލޭގައި އެ ފިކުރު ފަތުރައި ހަނގުރާމައަށް މީހުން ފޮނުވުމުގައި އިސްކޮށް އުޅޭ އަބްދުﷲ އަލީ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދަށް މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ހޯދަން ބޭނުންވާ ހައްދުފަހަނާޅައިދިއުމުގެ ބޮޑުން ހައްޔަރުކުރުމުގެ ތެރޭގައި ނުބައި ގެއަކަށް ވަދެ އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އަމަލުކޮށް ނަފްސާނީ ގޮތުން ބިރުވެރިކަމަކަށް ވެއްޓުނު ކަމަށް އާއިލާއަކުން ދަނީ ޝަކުވާ ކުރަމުންނެވެ. މާލެ އިން އަބްދުﷲ އަލީ ހައްޔަރުކުރި ގޭގެ އިތުރުން ދެން ފުލުހުން ރޭ ވަނީ ހުޅުމާލެ ފްލެޓެއްގެ އެޕާޓްމެންޓަކަށެވެ.

އެ ގެއިން ވާހަކަ ދެއްކި މަރިޔަމް ނިޝާ "އަދަދު"އަށް ބުނީ ހަތް އަހަރުގެ ދަރިފުޅާ އެކު ސިޓިންރޫމްގައި ކާން އިންދައި ދޮރުގައި ޓަކި ޖެހުމުން ނުހުޅުވި އުޅެނިކޮށް ގާތްގަނޑަކަށް ފަސް ފިރިހެނުން ގޭތެރެއަށް ވަދެގަތީ ކަަމަށެވެ. ބުރުގާ ނާޅައި ކުރު ހެދުމެއްގައި ހުރުމުން، ޓަކި ޖެހުމާ އެކު ވެސް ބުރުގާ އަޅަންދެން މަޑުކުރަން އެދުމުން އެ ފުރުސަތު ނުދީ ކުއްލިއަކަށް ދޮރުހުޅުވީ ކަމަށް ބުނެ އޭނާ ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ.

ޕީޕީއީގައި، ވަން އިރު ފުރަތަމަ އެއީ ފުލުހުން ކަމެއް ވެސް ނޭނގެ އެވެ. ކޮން ބައެއްކަން އެނގުނީ ޕޮލިސް ކާޑާއި ކޯޓު އަމުރު ދެއްކުމުން ކަމަށާއި އެ ގެއަށް ފުލުހުން އެގޮތަށް ވަންނަން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ތަކުރާރުކުރަމުން ދިޔަ ކަަމަށް ނިޝާ ބުންޏެވެ.

އެ ކޯޓު އަމުރުގައި އޮތީ، ނިޝާ ބުނިގޮތުގައި، އެ އެޕާޓްމެންޓުގެ އެޑްރެހެވެ. އޭނާގެ ދަރިފުޅުގެ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރި ފާސްކުރުމަށް ފަހު، އެ މީހުން ހޯދަނީ ނުރައްކާތެރި މީހެއް ކަމަށް ބުނެ ފޮޓޯއެއް ދައްކައި އޭނާ އެ ގޭގައި އުޅޭތޯ ސުވާލުކުރި ކަމަށް ނިޝާ ބުންޏެވެ.

"އެއީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ބުނެ ފޮޓޯ ދެއްކި. އެކަމަކު އެ ބުނި މީހަކީ މިގޭގައި އުޅޭ މީހެއް ނޫން. ދަންނަ މީހެއް ވެސް ނޫން،" ނިޝާ ކިޔައިދިނެވެ.

ފިރިމީހާ އަށް ގުޅުމުން ފުލުހުން އެކަން ހުއްޓުވައި ފޯނު ކަނޑާލީ ކަމަށާއި އަލުން ފިރިމީހާ ގުޅުމުން ފުލުހުން ލައްވައި ވާހަކަ ދެއްކުވި ކަމަށް ނިޝާ ބުންޏެވެ.

"އިރުކޮޅަކު ތިބެފައި ސޮރީއޭ ކިޔާފައި ނުކުމެގެން ދިޔައީ."

ފުލުހުން އަމަލުކުރި ގޮތުން އޭނާ އާއި ހަތް އަހަރުގެ ދަރިފުޅު ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުނު ކަމަށް ނިޝާ ބުންޏެވެ. މީގެ ހަތަރު މަސްކުރިން ބަދަލުވި އެ އެގެއަކީ ފުލުހަކަށް ނިސްބަތްވާ ގެއެއް ކަމަށާއި ހަރުކަށި ފިކުރުގެ ނަމުގައި މީހުން ހޯދަން ވަދެގަންނަން ވާނީ، ރަނގަޅަށް މައުލޫމާތު އޮޅުންފިލުވައިގެން ކަމަށް ބުނެ ނިޝާ ޝަކުވާ ކުރި އެވެ.

"މީގައި ފުލުސް އޮފީހުގައި މައްސަލަ ޖައްސައިގެން ވެސް ވާނެ ވަކި ފައިދާއެއް ނެތް ކަން އެނގޭ. އެކަމަކު އެހެން މީހަކަށް މިގޮތަށް ދިމާނުވާނެ ބޭނުންވީ." ފޭސްބުކްގައި އެ ހާދިސާ އޭނާގެ ފިރިމީހާ ތަފްސީލްކޮށްދިން ސަބަބު ކިޔައިދެމުން ނިޝާ ބުންޏެވެ.

ފުލުހުން "އަދަދު"އަށް މި މައްސަލައިގައި ކޮމެންޓް ކުރުމުގެ ކުރިން މި ޝަކުވާ ފުލުހުންގެ މީޑިއާ ގްރޫޕްގައި ކުރުމުން، ފުލުހުން ހިއްސާކުރި މެސެއްޖައި ބުނެފައި ވަނީ "ކޯޓު އަމުރެއްގައި މައްސަލައެއް އުޅެގެން ރޭ ހިންގި އޮޕަރޭޝަނެއްގެ ގޮތުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާ" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox