މެޗަށް ފަހު ފަލަސްތީނު ދިދަ ވިހުރުވާލި ޕޮގްބާ އާއި ޑިއާލޯ އަށް ތައުރީފު!

May 18, 2021, 8:25 PM
ޕޮގްބާ (ވ) އާއި ޑިއާލޯ ފަލަސްތީނުގެ ދިދަ ހިފައިގެން.-

ޕޮގްބާ (ވ) އާއި ޑިއާލޯ ފަލަސްތީނުގެ ދިދަ ހިފައިގެން.-

މެންޗެސްޓާ (މެއި 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފުލަމްއާ 1-1 އިން އެއްވަރުވި މެޗަށް ފަހު މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އާއި އަމަދު ޑިއާލޯ ފަލަސްތީނުގެ ދިދަ އެ ކްލަބްގެ ސަޕޯޓަރުންގެ ކުރިމަތީގައި ވިހުރުވާލުމާ އެކު ގިނަ ބައެއް އެ ދެ ކުޅުންތެރިންނަށް ތައުރީފުކޮށްފި އެވެ.

މި ދުވަސްވަރު އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ގިނަ ފުޓްބޯޅަ ކުޅުންތެރިން އަންނަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

އިނގިރޭސި އެފްއޭ ކަޕް ފައިނަލުގައި ޗެލްސީ ބަލިކޮށް ލެސްޓާ ސިޓީން ބޭއްވި އުފާފާޅުކުރުމުގެ ތެރޭގައި އެ ޓީމުގައި ހިމެނޭ މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ ހަމްޒާ ޗޯދުރީ އާއި ވެސްލީ ފޮފާނާ ފަލަސްތީނުގެ ދިދައެއް ގެންގުޅުނު ނަމަވެސް އެ ކުޅުންތެރިންނަށް އަދަބުނުދޭން އިނގިރޭސި އެފްއޭ އިން ނިންމައިފަ އެވެ.

މިރޭގެ މެޗަކީ މިދިޔަ އަހަރުގެ މާޗް ނުވައެއްގެ ފަހުން ޔުނައިޓެޑް ދަނޑަށް ސަޕޯޓަރުން ވައްދައިގެން ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗަށް ފަހު މުސްލިމް ދެ ކުޅުންތެރިން ކަމަށްވާ ޕޮގްބާ އާއި ޑިއޯލާ އެކުގައި ވަނީ ފަަލަސްތީނުގެ ދިދަ ހިފައިގެން ސަޕޯޓަރުންގެ ކުރިމަތީގައި އެ ދެ ކުޅުންތެރިންގެ ޝުއޫރުފާޅުކޮށްފަ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ކުޅުންތެރިން އަމިއްލަ ވިސްނުމުގައި ދެކޭގޮތް ދައްކުވައިދޭން އެފަދަ ކަންކަން ކުރުމުގެ މިނިވަންކަން އޮންނަން ޖެހޭ ކަމަށާއި އޭގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ޕޮގްބާ އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވަނީ ހަމަނުޖެހުންތަކުން ދުނިޔެ ސަލާމަތްކުރަން މަސައްކަތްކުރުމަށާއި ފަލަސްތީނަށް ހެޔޮދުއާ ކުރުމަށެވެ.

ގިނީގެ ދެމަފިރިއަކަށް ފްރާންސުގައި 1993 ވަނަ އަހަރު އުފަންވި މިހާރު އުމުރުން 28 އަހަރުގެ ޕޮގްބާ އަކީ ދިނީ ކަންކަމަށް ލޯބިކުރާ ކުޅުންތެރިއެކެވެ. ރޯދަ ހިފައިގެން މެޗުތައް ކުޅުމާއި ފުޓްބޯޅަ ސީޒަން ނިންމާލުމަށް ފަހު އުމްރާ އެއް ވުމަށް ސައުދީ އަރަބިއްޔާ އަށް ދިއުމަކީ އާންމުކޮށް ޕޮގްބާ ކުރާ ކަމެކެވެ.

އައިވަރީ ކޯސްޓް ދަރިކޮޅަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޑިއާލޯ ޔުނައިޓެޑަށް ބަދަލުވީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. އެއީ އިޓަލީގެ އެޓަލަންޓާ ދޫކޮށް 25 މިިލިއަން ޔޫރޯ އަށެވެ. ޑިއާލޯ މިރޭގެ މެޗުގައި ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ޔުނައިޓެޑުން މިރޭ ރެލިގޭޓްވެފައިވާ ފުލަމްއާ އެއްވަރުވިއިރު، އެ ޓީމު މި ވަނީ ޖެހިޖެހިގެން ތިން މެޗު އަމިއްލަ ދަނޑުގައި މޮޅެއް ނުލިބި ނިންމާލަން ޖެހިފަ އެވެ. ޔުނައިޓެޑް ވަނީ މިދިޔަ ހަފްތާގައި ލިވަޕޫލާއި ލެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ. ޔުނައިޓެޑް ދެ ވަނައިގައި އޮތީ 37 މެޗުން 71 ޕޮއިންޓާ އެކު އެވެ. މިރޭ ޔުނައިޓެޑްގެ ލަނޑު ޖެހީ ހާފްގެ މެދެއްހާ ހިސާބުން އެޑިންސަން ކަވާނީ އެވެ. ފުލަމް އަށް އެއްވަރުކޮދްދިނީ ޖޯ ބްރަޔަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox