އިންކުއަރީއަށް ފަހު ދިފާއީ ބާރުގެ އިސް ވެރިންނަށް މަގާމުގައި ނުތިބެވޭނެ ކަމުގެ ނުސީދާ އިޝާރާތެއް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަޖިލީހުން ހިންގާ ތަހުގީގެއް ނޫނީ ޕާލިމަންޓްރީ އިންކުއަރީއަށްފަހު ދިފާއީ ބާރުގެ އިސްވެރިންނަށް އިތުބާރު ދެމި އޮންނާނެތޯ އިދިކޮޅުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ސުވާލު އުފައްދައިފި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށް ފަހު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމީ ހަމަލާދިން އިރު ރައީސް ނަޝީދަށް ދެމުންދިޔަ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް، ބޭރުގެ މާހިރުންގެ އެހީތެރިކަމާ އެކު އެންމެ ފުޅާމިނެއްގައި ހެދުމަށެވެ.

އެ ރިޕޯޓު މިއަދުގެ ޖަލްސާގައި ފާސްވުމުން މިރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހެޅި އިގުރާރު ތަޅުމަށް ހުށަހަޅައި ދެއްވަމުން 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މި އިންކުއަރީގެ ބޭނުމަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ކަންކަން ހިނގާދިޔަ ގޮތް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކަމަށެވެ.

އެއާ ގުޅިގެން ކުރިއަށް ދިޔަ ބަހުސްގައި މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދެވުނީ ސެކިޔުރިޓީ ބްރީޗްވެގެން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އެހެންކަމުން އަސްކަރިއްޔާގެ ތެރެއިން އެވަރުގެ ކަމެއް ހިނގައި ދިޔަ އިރު، އެކަން ބަލަންޖެހޭ ކަމަށް އެންމެ ބޮޑަށް ގަބޫލުކުރެވެނީ ޕްރެޒިޑެންޝަލް އިންކުއަރީ އަކުން ނަމަވެސް، އެ މަގުން އެކަން ނުދިޔުމުން ޕާލިމަންޓަރީ އިންކުއަރީއެއް ކޮންމެހެން ހަދަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

hhh
hhh

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

ނަމަވެސް، އެފަދަ އިންކުއަރީއެއް ހެދުމުގެ ކުރިން މެމްބަރުން ސަމާލުވުމަށްޓަކައި ކުރީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ވަނީ ތަޅުމަށް ބައެއް ސުވާލުތައް ހުށަހަޅުއްވައިފަ އެވެ.

މިގޮތުން، އޭނާ ވިދާޅުވި ގޮތުގައި އެ އިންކުއަރީގެ ތެރެއިން ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ސިފައިންގެ އިސްވެރިންނަށް މަސްއޫލިއްޔަތާއި ޒިންމާ އަދާކުރެވުނުތޯ ސާފުކުރުމުން ދެން ނުކުންނާނެ ނަތީޖާތަކާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.

"އެ އިންކުއަރީއަށް ފަހު ދިފާއީ ބާރުގެ އިސްވެރިން އެނބުރި ވަޑައިގެންނެވީމަ ގާނޫނީ ޒިންމާ އަދާކުރަން ހުރަސްތަކެއް ކުރިމަތިވެދާނެތޯ މިއީ ކުރަންޖެހޭ ސުވާލެއް. އެ ބޭފުޅުން އެނބުރި ވަޑައިގެންނެވީމާ ދަށުން ތިއްބެވި އޮފިސަރުންނާއި ރައްޔިތުން ކުރިން ކުރަމުން ދިޔަ އިތުބާރު ދެމި އޮންނާނެތޯ،" އާދަމް ޝަރީފް އެއްސެވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ދިފާއީ ބާރުގެ އިސްވެރިންނަށް އިތުބާރު ގެއްލޭ ހިސާބަށް ސުވާލުތަކެއް ކުރުމަށް ފަހު، ކުރިއަށް އޮތް ތަނުގައި އެ ބޭފުޅުންގެ އަމުރު މައުރޫފު ހިނގުމާއި ގާނޫނީ ވާޖިބު އަދާކުރެވޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެހެން ނަމަވެސް، އެ އިގުރާރަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވި އެވެ. އާދަމް ޝަރީފް ނުސީދާ ގޮތުން އިޝާރާތް ކުރެއްވީ އިންކުއަރީއަށް ފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ދިފާއީގެ ބާރު އިސްވެރިން އިސްތިއުފާ ދެއްވަން ނޫނީ މަގާމުން ދުރުކުރަންޖެހޭ ހާލަތަކަށެވެ.

މިރޭގެ ޖަލްސާގައި އެ އިންކުއަރީ ހެދުމަށް ހުށަހެޅުނު އިގުރާރު ފާސްވީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

އިންކުއަރީއެއް ހަދަން މަޖިލީހުން އިސްނަގާފައި މިވަނީ ރައީސް ނަޝީދަށް އެ ހަމަލާ ދެވުނީ އިންޓެލިޖެންސް ފެއިލްވެ، އެމަނިކުފާނަށް ދެމުންދިޔަ ސެކިޔުރިޓީގެ ދޯހަޅިކަމުން ކަމަށް ބުނެ ސަލާމަތީ ބާރުތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އަދި ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާ ހިއްސާ ކުރެއްވި ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހާމަކުރެއްވުމުން ފާޑުކިޔުންތައް ވަނީ ބޮޑުވެފަ އެވެ.

އިލްޔާސް ލަބީބް އެކަން ހާމަކުރައްވާފައިވަނީ، ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުންގެ އިތުރުން އެމްއެންޑީއެފުން ވެސް ބުނެފައިވަނިކޮށެވެ.

ރާއްޖޭގެ ތާރިހުގައި ފުރަތަމަ ޕާލިމަންޓަރީ އިންކުއަރީއެއް ހިންގާއިރު، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އިންޓެލިޖެންސް މައުލޫމާތާގުޅޭ އޮޑިޓު ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުވަލާލެއްވި ހާއްސަ ކޮމިޓީން ދަނީ އެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox