ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން ވެސް ފަސްކުރަން އަމުރުކޮށްފި

May 16, 2021, 11:21 AM
ކައުންސިލް އިންތިހާބުގެ ތެރެއިން: ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން މަޑުޖައްސާލުމަށް ވަނީ އަމުރުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކައުންސިލް އިންތިހާބުގެ ތެރެއިން: ފިއްލަދޫ ކައުންސިލްގެ ރައީސް ހުވާކުރުން މަޑުޖައްސާލުމަށް ވަނީ އަމުރުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހއ. ފިއްލަދޫ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާ ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް އަމުރުކޮށްފައިވަނީ އެ އިންތިހާބާ ގުޅިގެން އެ ކޯޓަށް ހުށަހަޅާފައިވާ އިންތިހާބީ ޝަކުވާއަކާ ގުޅިގެންނެވެ.

ފިއްލަދޫގެ އިންތިހާބުގައި ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން، ވާދަވެރި ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުގެ މައްޗަށް ކުރި ހޯދާފައިވަނީ އެންމެ ވޯޓަކުންނެވެ.

އިންތިހާބީ ޝަކުވާ ހައިކޯޓަށް ހުށަހަޅާފައިވަނީ އިރުޝާދުގެ ފަރާތުންނެވެ.

މީގެކުރިން ހައިކޯޓުން ވަނީ ގއ. ކޮނޑޭ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރުމަށް ވެސް އަމުރުކޮށްފަ އެވެ.

ހުވާކުރުން ފަސްކުރަން އަމުރުކޮށްފައިވަނީ އިންތިހާބީ ޝަކުވާއާ މެދު އެ ކޯޓުން ގޮތެއް ކަނޑައެޅެންދެނެވެ.

"އިންތިހާބީ ޝަކުވާގެ މައްސަލަ ނިމުމުގެ ކުރިން ކައުންސިލް ރައީސްގެ މަގާމުގެ ގާނޫނީ ހުވާކުރުމަކީ އެ ވޯޓާ ގުޅިގެން މައްސަލަ ހުށަހަޅާފައިވާ ފަރާތާއި އިންތިހާބުގައި ވާދަކުރި އެހެން ފަރާތްތަކުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމެއް ކަމަށް ބެލެވޭ،" އަމުރުގައިވެ އެވެ.

އޭޕްރީލް މަހު ބޭއްވި އިންތިހާބުން އިންތިހާބުވި ކައުންސިލަރުން ހުވާކުރުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ހައިކޯޓުގައި އިންތިހާބީ ހަތް ޝަކުވާއެއްގެ މައްސަލަ ކުރިއަށްދެ އެވެ. އެއީ، ކޮނޑޭ އަދި ފިއްލަދޫގެ އިތުރުން ލ. މާވަށު، ކ. ތުލުސްދޫ، ލ. މާބައިދޫ، ށ. ބިލެއްފަހި އަދި ތ. ކަނޑޫދޫ ދާއިރާއާ ގުޅޭ އެއް އިންތިހާބީ ޝަކުވާތަކެވެ.

ގާނޫނުގައިވާ ގޮތުން، އިންތިހާބީ ޝަކުވާތައް ހައިކޯޓާ ހަަމައަށް ދަނީ އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެވެ.

ކައުންސިލް އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ގިނަ ޝަކުވާތައް އެ ކޮމިޝަނުން ބަލައިގެންފައެއް ނުވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox