މިހާރު ރާއްޖެއަށް ގިނަ ޓޫރިސްޓުން އަންނަނީ އިރުމަތީ ޔޫރަޕުން

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް އެއާޕޯޓުގައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އިރުމަތީ ޔޫރަޕުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުވެ މެދު އަދި އިރުމަތީ ޔޫރަޕް ގައުމުތަކުން ރެކޯޑް އަދަދަކަށް ޓޫރިސްޓުން އަންނަން ފަށައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނަނީ މެދު އަދި އިރުމަތީ ޔޫރަޕުގެ ގައުމުތަކުންނެވެ.

މިގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދިހަ ގައުމުގެ ތެރެއިން ފަސް ގައުމަކީ މި ސަރަހައްދުގެ ގައުމުތަކެވެ.

އެއާއެކު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިރުމަތީ ޔޫރަޕުގެ ގައުމުތަކަކީ ރަޝިއާ، ޔޫކްރެއިން، ކަޒަކްސްތާން، ރުމޭނިއާ އަދި ޗެކް ރިޕަބްލިކެވެ.

ޕެންޑެމިކްގެ ކުރިއަށް ވުރެ އެރައިވަލްސް މާ ރަނގަޅު

އިރުމަތީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން ރަޝިއާ ފިޔަވާ އެހެން ގައުމުތަކުގެ މާކެޓްތަކުން ރާއްޖެއަށް މީގެ ކުރިން މިހާ ގިނަ އަދަދަކަށް ޓޫރިސްޓުން އައިސްފައެއް ނުވެ އެވެ. ޔޫކްރެއިން، ރުމޭނިއާ، ކަޒަކްސްތާން އަދި ޗެކް ރިޕަބްލިޕަކީ ރާއްޖޭގެ ޓޮޕް ސޯސް މާކެޓް ލިސްޓަށް މުޅިން އާ ނަންތަކެވެ.

ތަފާސްހިސާބުތަކުން ފާހަގަވާ ގޮތުގައި ކޮވިޑް-19 ބަލިމަޑުކަމުގެ ހާލަތުގެ ކުރިއަށް ވުރެ މި މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރެވެ.

ރެކޯޑްތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ރާއްޖެއަށް އިރުމަތީ އަދި ސެންޓްރަލް ޔޫރަޕުން އައީ 80،509 ޓޫރިސްޓުންނެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެކަނިވެސް މި އަދަދުގެ ދެ ގުނައަށް އެ ސަރަހައްދުން ޓޫރިސްޓުން އައިސްފި އެވެ. އަދި، މެއި 12 ވަނަ ދުވަހުގެ ނިޔަލަށް މި އަދަދު ހުރީ 191،738 ގައެވެ.

މެއި 12، 2021 ގެ ނިޔަލަށް އެކި ސަރަހައްދުތަކުން ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު -- މަސްދަރު: ޓޫރިޒަމް މިނިސްޓްރީ
މެއި 12، 2021 ގެ ނިޔަލަށް އެކި ސަރަހައްދުތަކުން ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު -- މަސްދަރު: ޓޫރިޒަމް މިނިސްޓްރީ

މެއި 12، 2021 ގެ ނިޔަލަށް އެކި ސަރަހައްދުތަކުން ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު -- މަސްދަރު: ޓޫރިޒަމް މިނިސްޓްރީ

އިރުމަތީ ޔޫރަޕުގެ އިތުރުން، ހުޅަނގު ޔޫރަޕާއި އުތުރު މެޑިޓްރޭނިއަން ސަރަހައްދަށް ނިސްބަތްވާ ޔޫރަޕުގެ ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ވެސް ރަނގަޅެވެ. ވަކި ބައްރުތަކަށް ބަލާނަމަ، ފެށުނީއްސުރެން ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ޔޫރަޕުންނެވެ.

މަގުބޫލުކަން އިތުރުވީ ވަރުގަދައަށް ޕްރޮމޯޓްކޮށްގެން

މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާލި ފަހުން އިރުމަތީ ޔޫރަޕުން ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަން ފެށި އެވެ. އަދި ދަނޑިވަޅުގެ ފައިދާ ފުރިހަމައަށް ހިފުމަށް އެކިއެކި ފަރާތްތަކުން ރާއްޖެ ޕްރޮމޯޓްކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ.

އޭގެ ތެރޭގައި އެމްއެމްޕީއާރްސީން ހިންގި ހަރަކާތްތަކާއި އަމިއްލަ އިސްނެގުމުގައި ވިޔަފާރިވެރިން ހިންގި ހަރަކާތްތައް ފާހަގަކުރެވެ އެވެ. އޭގެ އިތުރުން އެކްސްޕޯތަކާއި އެއާލައިންތަކުން ވެސް ރާއްޖެ ޕްރޮމޯޓްކުރަން މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

މި އަހަރު ވެސް މި ސަރަހައްދުގެ ގައުމުތަކަށް އަމާޒުކޮށްގެން ބާއްވާ ބޮޑެތި އެކްސްޕޯތަކާއި ޕްރޮމޯޝަނަލް އިވެންޓުތަކުގެ އެމްއެމްޕީއާރްސީ އާއި ވިޔަފާރިތަކުން ބައިވެރިވާނެ އެވެ. އަދި ބަލްގޭރިއާ، ޕޮލެންޑް، ޗެކް ރިޕަބްލިކް އަދި ރުމޭނިއާގައި ރޯޑްޝޯތަކެއް ބޭއްވުމަށް ވަނީ ރާވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox