ހަމަލާއެއްގެ މައުލޫމާތެއް އޮވެ ހާމަނުކުރުމަކީ ކުށެއް!

ސިފައިންގެ މީހެއް މާލޭގެ ސެކިއުރިޓީ ބަލަހައްޓަނީ: ޓެރަރިޒަމްގެ އަމަލެއް އޮވެ، ހިއްސާ ނުކުރުމަކީ ކުށެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ސިފައިންގެ މީހެއް މާލޭގެ ސެކިއުރިޓީ ބަލަހައްޓަނީ: ޓެރަރިޒަމްގެ އަމަލެއް އޮވެ، ހިއްސާ ނުކުރުމަކީ ކުށެއް - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދިނީ ސެކިއުރިޓީންނާ އެކުގައި ހުންނަވަނިކޮށެވެ. ފުރާނަ ކިރިޔާ ސަލާމަތްވި އެ ހަމަލާ އެކު އެންމެންގެ ސުވާލަކަށް ވީ އިންޓެލިޖެންސް ފޭލްވީ ހެއްޔެވެ؟ ވަރަށް ބޮޑަށް ޕްލޭންކޮށްގެން ދީފައިވާ އެ ހަމަލާގެ ހިލަމެއް ވެސް ސިފައިންނާ ފުލުހުންނަށް ހަމަ ނުވީ ހެއްޔެވެ؟ މި ސުވާލުތަކުން ދިފާއުވުމުގެ ޖަވާބުތަކަކުން ޕްރެސްކޮންފަރެންސްތައް މެދުކަނޑާލާފައި ވަނިކޮށް، މިކަމުގައި ސުވާލު އުފެދޭ ބޮޑު އިހުމާލެއްގެ މައްސަލަ މިވަނީ ފެންމަތިވެފަ އެވެ.

އެއީ ތިން މިލިއަން ޑޮލަރު ދީގެން ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރޭވި ކަމުގެ މައުލޫމާތެއް ދައުރުވި ކަމެވެ. އާއްމު މީހަކު މި މައުލޫމާތު ހިއްސާކުރީ، މަޖިލީހުގެ 241 ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާ އެވެ. އޭނާ އެކަން ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާ ހަމައަށް ފޯރުކޮށްދެއްވި ކަމަށް ވެ އެވެ.

މި މައުލޫމާތު އާއްމުވުމުގެ ކުރިން މިނިސްޓަރު މާރިޔާ ވިދާޅުވެފައި ވަނީ، ރައީސް ނަޝީދަކީ ރާއްޖޭގެ އެންމެ ހައި ރިސްކު ބޭފުޅާ ކަމަށް ވާތީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ގެންދިޔައީ ވަރަށް ބޮޑަށް ފަރުވާތެރިކަމާ އެކުގަ އެވެ. ލިބޭ ހުރިހާ މައުލޫމާތަކާ ގުޅިގެން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ން ފިޔަވަޅު އަޅައި އެމަނިކުފާނުގެ ރައްކާތެރިކަން ހުރިހާ އިރެއްގައި ވެސް ކަށަވަރުކުރާ ކަމަށް ވިދާޅުވެފައިވެ އެވެ.

Advertisement

އެކަމަކު ފަހުން މި އާއްމުވި (މެމްބަރަކު ހިއްސާކުރެއްވި) މައުލޫމާތާ ގުޅިގެން އެޅުއްވީ ކޮން ފިޔަވަޅެއްތޯ މިނިސްޓަރު މިހާތަނަށް ވިދާޅެއް ނުވެ އެވެ. މިކަމުގައި ސިފައިންގެ ދައުރު އަދާކޮށްފައިވޭތޯ ސުވާލު އުފައްދަމުންދާއިރު އާއްމުންގެ ކަންބޮޑުވުން އެބައޮތެވެ.

ޓެރަރިޒަމްގެ މައުލޫމާތެއް ލިބިއްޖެ ނަމަ ޕޮލިހަށް އަންގަން ޖެހޭ

ޓެރަރިޒަމަކީ ގާނޫނުން އެންމެ ބޮޑެތި އަދަބު ކަނޑައަޅާފައިވާ އެއް ކުށެވެ. މި ކުށުގެ ބާވަތުން، މައުލޫމާތެއް އެނގިއްޖެ ނަމަ އާއްމު މީހަކަށް ވިޔަސް މިނިސްޓަރަކަސް އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް ގާނޫނީ ޒިންމާތަކެއް މަތިކޮށްފައި އެބައޮތެވެ. އެ މައުލޫމާތު ލިބޭ ހިސާބުން އެކަން ފުލުހުންނަށް ރިޕޯޓްކުރުމެވެ.

ޓެރަރިޒަމްގެ ކުށްތަކާއި އެއާ ގުޅިގެން އަމަލު ކުރާނެ ގޮތް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ތަފްސީލްކޮށް ލިޔެފައިވާއިރު، އެއީ ހަރުކަށި އުސޫލުތަކެވެ.

ސިފައިންގެ މީހެއް އަދި ފުލުހެއް: ޓެރަރިޒަމްގެ ގާނޫނު އޮތީ ވަރަށް ފުޅާކޮށް - ހުސެއިން ޝަޔާހު / އަދަދު
ސިފައިންގެ މީހެއް އަދި ފުލުހެއް: ޓެރަރިޒަމްގެ ގާނޫނު އޮތީ ވަރަށް ފުޅާކޮށް - ހުސެއިން ޝަޔާހު / އަދަދު

ސިފައިންގެ މީހެއް އަދި ފުލުހެއް: ޓެރަރިޒަމްގެ ގާނޫނު އޮތީ ވަރަށް ފުޅާކޮށް - ހުސެއިން ޝަޔާހު / އަދަދު

މި ހަރުކަށި އުސޫލްތަކުގެ ތެރެއިން ގާނޫނުގެ ތިންވަނަ ބާބު، މި ދަނޑިވަޅުގައި ފާހަގަކުރުން މުހިންމުވެ އެވެ؛

އެ ބާބުގައިވާ ގޮތުން "ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް، އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ، އެކަން ފުލުހަށް އަންގަންވާނެ އެވެ. އަދި، އެ މައުލޫމާތަކީ އެއްވެސް އިންޓެލިޖެންސް އިދާރާއަކާ ހިއްސާކުރަންޖެހޭ މައުލޫމާތެއް ކަމުގައިވާ ނަމަ އެ މައުލޫމާތެއް ފުލުހުން އެ ފަރާތަކާ ހިއްސާކުރަންވާނެ" ކަމަށް އޮވެ އެވެ.

އެކަން ނުކޮށްފި ނަމަ އަދަބު ކަނޑައަޅާފައިވާ ގާނޫނީ ކުށަކަށް އަރައިގަނެވުނީ އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގައިވާ ގޮތުން ގާނޫނުގައި ބަޔާންކުރާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބުމަށް ފަހު، ކަމާބެހޭ ދައުލަތުގެ އިދާރާއަކާ އެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތު އޮވެ، އެ މައުލޫމާތު ގަސްދުގައި ހިއްސާނުކޮށް ސިއްރުކުރުމަކީ ވެސް ކުށެކެވެ.

މި ކުށް ކޮށްފި މީހެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ވެސް ގާނޫނުގައި އެބަ އޮތެވެ.

ކުށުގެ ތެރެއަށް އިންޓެލިޖެންސް މައުލޫމާތު ދޭންވާ ފަރާތަކަށް ނުދިނުން ވެސް ވަދެ އެވެ.

އެގޮތުން، ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމަށް މުހިންމު މައުލޫމާތެއް، އެ މައުލޫމާތެއް ހިއްސާކުރަން ލާޒިމުކުރާ ފަރާތަކާ ނުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެ ނަމަ، އެފަދައިން މައުލޫމާތު ހާމަނުކުރި ފަރާތުން އެ ކުރަނީ ކުށެއް ކަމަށް ގާނޫނުގައިވެ އެވެ.

ގާނޫނުގައިވާ ގޮތުން ޓެރަރިޒަމާ ގުޅުން ހުރި އިންޓެލިޖެންސް އިދާރާތަކަކީ، އެމްއެންޑީއެފާއި ޕޮލިހާއި ކަސްޓަމްސް ސާވިސް އާއި އިމިގްރޭޝަނާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓެވެ. އެ އިދާރާތަކުގައި މެދުގައި އިންޓެލިޖެންސް މައުލޫމާތު ރައްކާތެރިކަމާ އެކު ބަދަލުކުރުމަށްޓަކައި، ކަމާގުޅޭ އޮނިގަނޑެއް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ.

އަދި، އެ އޮނިގަނޑާ އެއްގޮތަށް ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ބަލައި މޮނިޓާކުރަމަކީ އޭނާގެ ޒިންމާއެކެވެ.

މިނިސްޓަރު މާރިޔާ: ގާނޫނުގެ ދަށުން މިނިސްޓަރަށް ބޮޑު ޒިންމާއެއް އޮވޭ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
މިނިސްޓަރު މާރިޔާ: ގާނޫނުގެ ދަށުން މިނިސްޓަރަށް ބޮޑު ޒިންމާއެއް އޮވޭ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މިނިސްޓަރު މާރިޔާ: ގާނޫނުގެ ދަށުން މިނިސްޓަރަށް ބޮޑު ޒިންމާއެއް އޮވޭ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހަރުކަށި ފިކުރުގެ ވިސްނުން ފުޅާވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ވެރިރަށް މާލޭގައި ވަރުގަދަ ހަމަލާއެއް ދީފައިވާއިރު، އެކަމަށް ހިތްވަރު ލިބޭ ގޮތަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ވެސް ޝުއޫރު އެބަ ފާޅުކުރެ އެވެ. އެކަމަކު، މިއީ ވެސް ބޮޑު އަދަބެއް އައިސްދާނެ ވަރުގެ ބޮޑު ކުށެކެވެ.

ގާނޫނުގެ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ 10 އަހަރާއި 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވޭނެ ކުށެއް ކަމަށް ގާނޫނުގައިވެ އެވެ. މީގެ ތެރޭގައި ޓީވީ، ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުން ވެސް ހިމެނެ އެވެ.

ރައީސް ނަޝީދަށް އަމާޒުވި ހަމަލާއާއެކު، މިފަދަ ކަންކަން ފެންމަތިވެފައިވާއިރު ޓެރަރިޒަމްގެ ގާނޫނުގެ ތެރެއިން އުފުލަން ޖެހޭ ޒިންމާތައް އުފުލާފައިވޭތޯ ބަލަން ޖެހެ އެވެ. އެކަމުގައި އިހުމާލެއް އޮތް ނަމަ ފިޔަވަޅު އަޅަން ޖެހޭ ކަން ގާނޫނުގެ މާއްދާތަކުގައި ކަނޑައަޅާފައިވާ ބޮޑެތި އަދަބުތަކުން ވަރަށް ސާފެވެ.

މައުލޫމާތެއް ލިބިއްޖެ ނަމަ ހާމަނުކުރުން ކުށެއްގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވަނީ މީހުންގެ ފުރާނަ ގެއްލިދާނެ ފަދަ ހަމަލާތަކުން ކިރިޔާވެސް ސަލާމަތްވެވެން އޮތް ގޮތަކުން، އެ ހިމާޔަތާއި ރައްކާތެރިކަން އެ މީހަަކަށް ފޯރުކޮށްދޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox