ލަމްޕާޑަށް ޕެލެސްގެ ހުށަހެޅުމެއް ލިބިއްޖެ: ރިޕޯޓް

May 13, 2021, 5:15 PM
ޕެލެސްގެ ކޯޗު ހޮޖްސަން (ވ) އާއި ޗެލްސީގެ ކުރީގެ ކޯޗު ލަމްޕާޑް.-- ފޮޓޯ: ގެޓީއިމޭޖަސް

ޕެލެސްގެ ކޯޗު ހޮޖްސަން (ވ) އާއި ޗެލްސީގެ ކުރީގެ ކޯޗު ލަމްޕާޑް.-- ފޮޓޯ: ގެޓީއިމޭޖަސް

ލަންޑަން (މެއި 13) - ޗެލްސީގެ ކޯޗުކަމުން މިދިޔަ ޖެނުއަރީ މަހު ވަކިކުރި ފްރޭންކް ލަމްޕާޑަށް މި ސީޒަނަށް ފަހު ކްރިސްޓަލް ޕެލަސްއާ ހަވާލުވާން ހުށަހެޅުމެއް ލިބިފައިވާ ކަމަށް އިނގިރޭސި މީޑިއާ ތަކުން ރިޕޯޓްކޮށްފި އެވެ.

ޗެލްސީ ކޯޗުކަމާ ހަވާލުވިތާ 17 މަސް ފަހުން ލަމްޕާޑް މަގާމުން ވަކިކުރީ މިދިިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. ލަމްޕާޑް އޭރު ވަނީ ރަނގަޅު ޕްރޮޖެކްޓެއް ލިބިއްޖެނަމަ ވަރަށް އަވަހަށް ކޯޗިން އަށް އެނބުރި އަންނާނެ ކަމަށް ބުނެފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލަމްޕާޑާ ޕެލެސް ހަވާލުކުރަން އެ ކްލަބްގެ މެނޭޖްމަންޓުން ޝައުގުވެރިވެ އެވެ. އަދި އެކަން މިހާރު ލަމްޕާޑަށް ވެސް ވަނީ ހިއްސާކޮށްފަ އެވެ. ލަންޑަނަށް ނިސްބަތްވާ ޕެލެސްއާ ހަވާލުވުމާ މެދު ލަމްޕާޑް ގޮތެއް ނިންމާނީ މި ވަގުތު އެ ޓީމުގައި ހުރި ކޯޗު ރޯއީ ހޮޖްސަންއާ މެދު ޕެލެސްގެ މެނޭޖްމަންޓުން ރަނގަޅު ގޮތެއް ނިންމުމުންނެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައިި ލަމްޕާޑް ބޭނުންވަނީ ހޮޖްސަން އަމިއްލަ ރުހުމުގައި ޕެެލެސް ދޫކޮށްލައިފިނަމަ އެ ޓީމާ ހަވާލުވާށެވެ. ހޮޖްސަން ގަދަކަމުން މަގާމުން ދުރުކޮށްފިނަމަ އެ ޓީމާ ހަވާލުވާން ލަމްޕާޑް ބޭނުމެއް ނުވެ އެވެ. ކުރިން މަޝްހޫރު ގިނަ ކްލަބްތަކަށް ކޯޗުކޮށްދީފައިވާ ހޮޖްސަންގެ ކޯޗުކަމުގައި ލަމްޕާޑް ވަނީ އިންގްލެންޑްގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ޑާބީ ކައުންޓީން 2018 ވަނަ އަހަރު ކޯޗިން ކެރިއަރު ފަށައި ފަހުން 2019 ވަަނަ އަހަރު ޗެލްސީއާ ހަވާލުވެ، ލަމްޕާޑް ފުރަތަމަ ސީޒަން ކަމަށްވާ މިދިޔަ ސީޒަނުގައި އެއްވެސް ކުޅުންތެރިއަކު ސޮއިނުކުރެ އެވެ. އެއީ އޭރު ކުޅުންތެރިން ނުގެނެވޭގޮތަށް ފީފާ އިން ޗެލްސީ އަށް އަދަބުދީފައި އޮތުމުންނެވެ. ތިބި ޒުވާން ކުޅުންތެރިން ލައިގެން ލަމްޕާޑް ވަނީ ފުރަތަމަ ސީޒަނުގައި ރަނގަޅު މަސައްކަތްތަކެއް ކޮށް ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ނިންމައި އެފްއޭ ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ.

ބޮޑު ހަރަދުތަކެއް ކޮށްގެން އާ ކުޅުންތެރިންތަކެއް ގަނެ، މި ސީޒަން ފެށިގެން ޗެލްސީން ރަނގަޅު ރެކޯޑެއް ދަމަހައްޓަމުން އަ އެވެ. ޗެލްސީގެ ފޯމަށް އަސަރުކުރީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެ ހިސާބުން ލަމްޕާޑް އަތުން ޓީމުގެ ފުރިހަމަ ކޮންޓްރޯލް ގެއްލި އެންމެ ފަހުން ގާތްގާތުގައި ގިނަ މެޗުތަކަކުން ބަލިވެ ޕްރެޝަރު ބޮޑުވުމުން ލަމްޕާޑް މަގާމުން ވަކިކުރީ އެވެ.

ލަމްޕާޑަށް ސްކޮޓްލެންޑްގެ ސެލްޓިކްގެ ކޯޗުކަން ވެސް ލިބުނު ކަމަށް އިނގިރޭސި މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު ސްކޮޓްލެންޑްގެ އޮފިޝަލަކު ވަނީ އެ ގައުމުގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެ ކްލަބުން ލަމްޕާޑާ އަދި މިހާތަނަށް އެއްވެސް ވާހަކައެއް ދައްކާފައިނުވާނެ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox