ސެކިއުރިޓީ ވަރަށް ވަރުގަދަ، ބޭސްފަރުވާއަށް ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފި

May 13, 2021, 5:26 AM
ކުރީގެ ރައީސް ނަޝީދު އެމްބިއުލެންސްގައި އެއާޕޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ކުރީގެ ރައީސް ނަޝީދު އެމްބިއުލެންސްގައި އެއާޕޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ލިބިވަޑައިގަތް ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް އެމަނިކުފާނު މިއަދު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

ނަޝީދު ޖަރުމަނަށް ފުރާވަޑައިގަތީ އެއާ އެމްބިއުލެންސެއްގަ އެވެ.

އެމަނިކުފާނު ހޮސްޕިޓަލުން އެއާޕޯޓަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ގަޑީގެ މާ ކުރިން ސިފައިންނާއި ފުލުހުން ވަނީ މާލެތެރެ ބެލެހެއްޓުން ވަރުގަދަކޮށް ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. އޭޑީކޭ ކައިރި ވެސް އޮތީ ސެކިއުރިޓީ ވެހިކަލްތަކުން ފުރާލައިފަ އެވެ.

ބައެއް މަގުތައް ބަންދުކޮށް، ބްރިޖް ސަރަހައްދާއި ހުޅުލޭގެ ސެކިއުރިޓީ ވެސް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. ހަތިޔާރާ އެކު ސިފައިން ދިޔައީ އެކި މަގުތަކުގައި ހަރަކާތްތެރިވަމުންނެވެ. އެސްއޯ ފުލުހުން ދިޔައީ މަގުތަކުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގެ އިސްވެރިއަކަށް މި ލެވެލަށް ސެކިއުރިޓީ ވަރުގަދަކޮށްފައިވާ މަންޒަރެއް ނުފެނެ އެވެ.

ރައީސް ނަޝީދު ފުރާވަޑައިގަންނަވާތީ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ރައީސް ނަޝީދު ފުރާވަޑައިގަންނަވާތީ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ރައީސް ނަޝީދު ފުރާވަޑައިގަންނަވާތީ ސެކިއުރިޓީ އޮތީ ވަރަށް ވަރުގަދަކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ނަޝީދަށް ހަމަލާދިނީ މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގައި ޕާކުކުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އެމަނިކުފާނު ސެކިއުރިޓީންނާ އެކު ހިންގަވާފައި ވަޑައިގެން ކާރުކޮޅާ އަރާ ހަމަވުމާ އެކު ބިން ގޮއްވާލުމުން އޭގެތެރޭގައި ހުރި ރޭޒަ ފުއްޓަށް ހަށިކޮޅު ފޫއަޅުވާލި އެވެ.

ނަޝީދާ ގާތް ނުވެވޭވަރަށް ސަލާމަތީ ކަންކަން މި ވަރުގަދަކުރީ އެ ހަމަލާއާ ގުޅިގެންނެވެ.

ބޮން ގޮއްވާލުމުން ހޮސްޕިޓަލަށް ގެންދިޔަ އިރު ހާލުކޮޅު ކްރިޓިކަލް އެވެ. އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.

ހައި ސެކިއުރިޓީގައި ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ހައި ސެކިއުރިޓީގައި ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ހައި ސެކިއުރިޓީގައި ރައީސް ނަޝީދު އެއާޕޯޓަށް ވަޑައިގަންނަވަނީ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ފުރާނައަށް ނުރައްކާވާ މިންވަރަށް ހަށިގަނޑަށް ވަދެފައި ހުރި ރޭޒާ ފުއްތައް ނެގުމަށް 16 ގަޑިއިރުގެ އޮޕަރޭޝަންތައް ކުރަން ޖެހުނެވެ. ޑޮކްޓަރުން ކުރިން ތައްޔާރުވެފައި ނުވާ ހާލަތަކަށް ނަޝީދަށް ނުރައްކާވެފައި އޮތުމުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންނަށް ކުރިމަތިވި ގޮންޖެހުން ވެސް ބޮޑެވެ.

ރައީސް ނަޝީދު ފުރާވަޑައިގެންނެވި ޖެޓް: ސެކިއުރިޓީ ވަރަށް ވަރުގަދަ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ރައީސް ނަޝީދު ފުރާވަޑައިގެންނެވި ޖެޓް: ސެކިއުރިޓީ ވަރަށް ވަރުގަދަ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައީސް ނަޝީދު ފުރާވަޑައިގެންނެވި ޖެޓް: ސެކިއުރިޓީ ވަރަށް ވަރުގަދަ - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އާއިލާ އިން ބުނިގޮތުގައި، ފަރުވާއަށް ބޭރަށް ވަޑައިގަންނަވަނީ ވީހާވެސް އަވަހަކަށް ޒަހަމްތަކުން ފަސޭހަވުމަށެވެ. މިކޮޅުގައި ނަޝީދަށް ފަރުވާ ކުރެއްވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް އާއިލާ އިން ވަނީ ބުނެފަ އެވެ.

ނަޝީދަށް ހަމަލާދިން ކަމުގެ ތުހުމަތަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ މީހުންނާ ދީނީ ހަރުކަށި ފިކުރާ ގުޅުން އޮތް ކަން ވެސް ތަހުގީގުގެ ބައެއް މައުލޫމާތުން ވަނީ ހޯދިފަ އެވެ.

އެމްއެންޑީއެފްގެ މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވާ ގޮތުގައި ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން ގޮއްވާލި އައިއީޑީގައި ރޭޒާ ފުއްތައް ބޭނުންކޮށްފައި ވަނީ ގެއްލުން ބޮޑުކުރާށެވެ. ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި ބޭނުންކޮށްގެން މި އައިއީޑީ ހަދާފައި އޮތް އިރު 2007ގައި ސަލްޓަންޕާކުގައި ޓޫރިސްޓުންތަކަކަށް އަމާޒުކުރި ހަމަލާގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ނަޝީދަށް އަމާޒުކުރި އައިޑީގެ ބާރުގަދަ، ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox